Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިވަގުތު ސިފައިން ބޭނުން ނުވެދާނެ ކަމަށް ބެލެވުނު ނަމަވެސް، ޒަރޫރީ ޙާލަތެއްގައި އެކަން ކުރައްވާނެ ކަމަަށް ވެސް ޓްރަމްޕް ވަނީ ފާހަގަ ކުރައްވާފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2026 | ހޯމަ 21:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ފަށާފައިވާ ހަނގުރާމައިގައި، އެމެރިކާގެ އެއްގަމު ސިފައިން އީރާން އަށް ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ޓްރަމްޕް ވަނީ އީރާން އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، ބޮޑު ރާޅެއްގެ ގޮތުގައި އެ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. 

ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާ އިން ވަނީ އީރާންއާ ދެކޮޅަށް ހޮނިހިރު ދުވަހު ހަމަލާ ދޭން ފަށައިފަ އެވެ. މިހާތަނަށް ދެމުންދާ ހަމަލާތައް ބިނާ ވެފައި ވަނީ ވައިގެ މަގުންދޭ މިސައިލް އަދި ބޮމުގެ

ހަމަލާ ތަކަށެވެ. ނަމަވެސް، އެއްގަމު ސިފައިން ފޮނުވުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވާން ޓްރަމްޕް ވަނީ އިންކާރު ކުރައްވައިފަ އެވެ. އެއްގަމު ސިފައިން ބޭނުން ކުރުމަކީ ގިނަ އަދަދެއްގެ ސިފައިން މަަރުވުމުގެ ފުރުސަތު ވެސް އޮތް ކަމެކެވެ.

އީރާން އަށް ސިފައިން ފޮނުވުމާ ގުޅޭ ގޮތުން ނިއުޔޯކް ޕޯސްޓަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އެއްގަމު ސިފައިން ބޭނުން ކުރުމާ މެދު އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. ކޮންމެ ރައީސް އަކު ވެސް އެއްގަމު ސިފައިން ބޭނުން ނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ އެފަދަ ވައުދެއް ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ހަމަ އެހެންމެ، މިވަގުތު ސިފައިން ބޭނުން ނުވެދާނެ ކަމަށް ބެލެވުނު ނަމަވެސް، ޒަރޫރީ ޙާލަތެއްގައި އެކަން ކުރައްވާނެ ކަމަަށް ވެސް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ސީއެންއެން އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނަށް ދޭ ހަމަލާތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ. އީރާނަށް އަދި އެންމެ ވަރުގަދަ ހަމަލާތައް ދޭން ނުފަށާ ކަމަށާއި، އެންމެ ބޮޑު ހަމަލާތައް ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ހަމަލާ ތަކުގެ އިތުރު ތަފްސީލެއް އޭނާ ހާމަ ކުރައްވާފައި ނުވެ އެވެ.

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާނަށް ވަނީ މިހާތަނަށް ގިނަ ހަމަލާ ތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އީރާންގެ މިސައިލް ސައިޓުތަކާއި، ކަނޑުގެ ސިފައިންގެ މަރުކަޒުގެ އިތުރުން، ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތައް ވެސް ހިމެނެ އެވެ. 

އެމެރިކާގެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ހަމަލާ ދެމުންނެވެ. އެގޮތުން މެދު އިރުމަތީގައި ހުރި އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދެމުން ގެންދެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއިޒްރޭލްއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

އިތުރަށް ކިޔާލަން

02 މާރިޗު 2026

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

02 މާރިޗު 2026
އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް
02 މާރިޗު 2026

އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ

02 މާރިޗު 2026
އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ
02 މާރިޗު 2026

ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ

02 މާރިޗު 2026
ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ
02 މާރިޗު 2026

ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

02 މާރިޗު 2026
ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި
02 މާރިޗު 2026

ލުބުނާން އިން ހިޒްބުاللهގެ ހަނގުރާމަވެރި ޙަރަކާތްތައް މަނާ ކުރަނީ

02 މާރިޗު 2026
ލުބުނާން އިން ހިޒްބުاللهގެ ހަނގުރާމަވެރި ޙަރަކާތްތައް
މަނާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު