Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ

ޗައިނާގެ ދައުލަތުގެ މީޑިއާ، ސީސީޓީވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ ޗައިނާ އާއި އީރާނާ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ކަމަށް ޗައިނާ އިން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށް ވިދާޅުވެފައި. އަދި އީރާންގެ ސިޔާދަތާއި، ސަލާމަތް އަދި ސަރަހައްދީ ނަޒާހަތްތެރި ކަމުގެ އިތުރުން ޤައުމީ ކަރާާމާތް ދިފާއު ކުރުމަށް ކުރާ މަސައްކަތްތަކަށް ޗައިނާ އިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 15:03
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ | ރޮއިޓާސް

އިޒްރޭލް އާއި އެމެރިކާ އިން އީރާން އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، އީރާންގެ ސިޔާދަތާއި މިނިވަންކަން ދިފާއު ކުރުމަށް ކުރާ މަސައްކަތް ތަކަށް ފުރިހަމަ އަށް ތާއީދު ކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިހެން ވިދާޅުވީ އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގަ އެވެ. 

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލް އިން އީރާންގެ އެކި ސަރަަހައްދު ތަކަށް ދެމުންދާ ވަރުގަދަ ހަމަލާ ތަކުގައި މިހާތަނަށް އެ ޤައުމުގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. މި ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ގެންދަނީ އިޒްރޭލަށާއި، ގަލްފު ސަރަހައްދުގެ ޤައުމުތަކުގައި ހުންނަ އެމެރިކާގެ މިލްޓްރީ ބޭސްތަކުގެ އިތުރުން، ސައިޕްރަސްގައި ހުންނަ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ހަމަލާތައް ދެމުންނެވެ. 

ޗައިނާގެ ދައުލަތުގެ މީޑިއާ، ސީސީޓީވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ވަންގް ޔީ ވަނީ ޗައިނާ އާއި އީރާންއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ކަމަށް ޗައިނާ އިން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާންގެ ސިޔާދަތާއި، ސަލާމަތް އަދި ސަރަހައްދީ ނަޒާހަތްތެރި ކަމުގެ އިތުރުން ޤައުމީ ކަރާާމާތް ދިފާއު ކުރުމަށް ކުރާ މަސައްކަތްތަކަށް ޗައިނާ އިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ފޮރިން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ. މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލް އިން ކުރިއަށް ގެންދާ އަސްކަރީ ޙަރަކާތްތައް ވަގުތުން ހުއްޓާލުމަށާއި، މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޗައިނާ އިން ވަނީ ގޮވާލައިފަ އެވެ. 

އޭގެ އިތުރުން އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބުސައިދީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައި ވަންގް ޔީ ވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ގަސްދުގައި ހަނގުރާމައެއް ފަށާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި މިއީ އދ.ގެ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށާއި، އދ.ގެ ސަލާމަތީ މަޖިލީހުގެ ތެރެއިން އިންސާފު ޤާއިމުކޮށް، ހަނގުރާމަ ހުއްޓުވައި އަދި ސުލްޙަ ޤާއިމު ކުރުމަށް ޗައިނާ އިން ބިނާ ކުރުވަނިވި ދައުރެއް އަދާ ކުރާނެ ކަމަަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހެންމެ، ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓްއާ ވާހަކަ ދައްކަވަނުން ވަންގް ޔީ ވަނީ، ދުނިޔޭގެ ބޮޑެތި ބާރު ތަކުން އެމީހުންގެ އަސްކަރީ ކުރިއެރުމުގެ ބޭނުން ހިފައިގެން އެހެން ޤައުމު ތަކަށް ހަަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލަ އަށް ސިޔާސީ އަދި ޑިޕްލޮމެޓިކް ޙައްލެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ، 

މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާގެ ހަތަރު މީހަކު މަރުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން އާއެކު ކުރިއަށްދާ މި ހަނގުރާމަ އެތައް ހަފުތާ ތަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އިޒްރޭލްޗައިނާވާންގް ޔީއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ

ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ

02 މާރިޗު 2026
ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

02 މާރިޗު 2026
ލުބުނާން އިން ހިޒްބުاللهގެ ހަނގުރާމަވެރި ޙަރަކާތްތައް
މަނާ ކުރަނީ

ލުބުނާން އިން ހިޒްބުاللهގެ ހަނގުރާމަވެރި ޙަރަކާތްތައް މަނާ ކުރަނީ

02 މާރިޗު 2026
ޑްރޯން ހަމަލާ ތަކެއް އަމާޒުވެ، ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް

ޑްރޯން ހަމަލާ ތަކެއް އަމާޒުވެ، ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް

02 މާރިޗު 2026
މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ

މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ

02 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު