Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީ އިން ބުނި ގޮތުގައި، އެކަމަނާ އަވަހާރަ ވެފައި ވަނީ ހަމަލާ ތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ކޯމާގައި އޮންނަވަނިކޮށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2026 | ހޯމަ 14:56
ޚާމަނާއީގެ ފޮޓޯއެއް ކައިރިން ބަޔަކު ހިނގާފައި ދަނީ

ޚާމަނާއީގެ ފޮޓޯއެއް ކައިރިން ބަޔަކު ހިނގާފައި ދަނީ | ރޮއިޓާސް

އެމެރިކާ އިން ދިން ހަމަލާތަކެއްގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ވެފައިވާއިރު، އެ ހަމަލާ ތަކުގައި ލިބުނު އަނިޔާ ތަަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޚާމަނާއީގެ އަނބިކަނބަލުން މަންސޫރޭ ޚުޖަސްތޭ ބާގިރުޒާދާ ވެސް އަވަހާރަ ވެއްޖެ އެވެ.

ޚާމަނާއީގެ އަނބިކަނބަލުން އަވަހާރަވެފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އުމުރުފުޅުން 79 އަހަރުގެ މަންސޫރޭ އަވަހާރަވެފައި ވަނީ، ހޮނިހިރު ދުވަހު ލިބުނު ސީރިއަސް އަނިޔާ ތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ބުނި ގޮތުގައި، އެކަމަނާ އަވަހާރަ ވެފައި ވަނީ ހަމަލާއިން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމުން ގެންދަވަނިކޮށް، ކޯމާގައި އޮންނަވަނިކޮށެވެ. 

އެމެރިކާ އާއި އިޒްރޭލް ގުޅިގެން ހޮނިހިރު ދުވަހު އީރާނަށް ދޭން ފެށި މި ހަމަލާ ތަކަކީ އެ ޤައުމުގެ ސިޔާސީ އަދި ދީނީ އިސްވެރިންނަށް އަމާޒުކޮށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާ އެވެ. މި ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ އަވަހާރަވެފައިވާއިރު، ޚާމަނާއީގެ އާއިލާގެ ގިނަ ފަރާތް ތަކެއް ވެސް ވަނީ އަވަހާރަވެފަ އެވެ. މީގެ އިތުރުން އީރާންގެ ޑިފެންސް މިނިސްޓަރުގެ އިތުރުން، އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ތަކެއް ވެސް ވަނީ އަވަހާރަވެފަ އެވެ. 

މަންސޫރޭ ޚުޖަސްތޭ ބާގިރުޒާދާ އަކީ 1964 ވަނަ އަހަރުން ފެށިގެން ޚާމަނާއީގެ އަނބިކަނބަލުންނެވެ. އެކަމަނާ އަވަހާރަވުމާ ގުޅިގެން އީރާންގެ ސަރުކާރުންނާއި، ސަޕޯޓަރުން ދަނީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބަދަލު ހިފުމުގެ ރޫހެއް އުފެދިދާނެ ކަމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. 

މަސްދަރު: އޭއެފްޕީ

އާޔަތުﷲ އަލީ ޚާމަނާއީމަންސޫރޭ ޚުޖަސްތޭ ބާގިރުޒާދާއީރާންއެމެރިކާ-އިޒްރޭލްއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

02 މާރިޗު 2026

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

02 މާރިޗު 2026
އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް
02 މާރިޗު 2026

އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ

02 މާރިޗު 2026
އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ
02 މާރިޗު 2026

ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

02 މާރިޗު 2026
ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި
02 މާރިޗު 2026

ލުބުނާން އިން ހިޒްބުاللهގެ ހަނގުރާމަވެރި ޙަރަކާތްތައް މަނާ ކުރަނީ

02 މާރިޗު 2026
ލުބުނާން އިން ހިޒްބުاللهގެ ހަނގުރާމަވެރި ޙަރަކާތްތައް
މަނާ ކުރަނީ
02 މާރިޗު 2026

ހާމަނާއީ އަވަހާރަކޮށްލުން ރ. އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2026
ހާމަނާއީ އަވަހާރަކޮށްލުން ރ. އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު