Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ލުބުނާން އިން ހިޒްބުاللهގެ ހަނގުރާމަވެރި ޙަރަކާތްތައް މަނާ ކުރަނީ

ލުބުނާންގެ ބޮޑު ވަޒީރު ވިދާޅުވީ އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ހިޒްބުﷲ މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2026 | ހޯމަ 14:00
ހިޒްބުالله ޖަމާއަތުގެ ސަޕޯޓަރުން ތަކެއް، އެ ޖަމާއަތުގެ ދިދައާ އެކު

ހިޒްބުالله ޖަމާއަތުގެ ސަޕޯޓަރުން ތަކެއް، އެ ޖަމާއަތުގެ ދިދައާ އެކު | ރޮއިޓާސް

ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރި ޙަރަކާތްތައް މަނާ ކުރަން ނިންމާފަައިވާ ކަމަށް، ލުބުނާންގެ ބޮޑު ވަޒީރު ނަވާފް ސަލާމް ވިދާޅުވެއްޖެ އެވެ.

އެމެރިިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ވެފައި ވަނިކޮށް، ހިޒްބުﷲ އިން ވަނީ އިޒްރޭލް އާއި އެ ޤައުމުގެ ސަރަހައްދު ތަކަށް ހަމަލާ ދޭން ފަށައިފަ އެވެ.

އެއާ އެކު ހިޒްބުﷲއާ ދެކޮޅަށް ވަރުގަދަ ޙަރަކާތެއް އިއުލާންކޮށް، އިޒްރޭލް އިން ގެންދަނީ ލުބުނާންގެ އެކި ސަރަހައްދު ތަކަށް ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި ބެއިރޫތުގެ އެކި ސަރަހައްދުތައް ހިމެނެ އެވެ.

ލުބުނާންގެ ބޮޑު ވަޒީރު ވިދާޅުވީ އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ހިޒްބުﷲ މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ މަޖުބޫރުވެފައިވާ ކަމެއް ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެ ފިޔަވަޅުތައް އަޅާނީ ސަރުކާރަށް ލިބިގެންވާ ބާރު ތަކުގެ ތެރެއިން ކަމަށެވެ.

އިޒްރޭލް އިން ބުނެފައި ވަނީ، ހިޒްބުﷲ ޖަމާއަތުން ދިން ހަމަލާ ތަކުގެ ރައްދުގައި، ލުބުނާންގައި އެ ޖަމާއަތާ ގުޅުން ހުރި ތަންތަނަަށް ހަމަލާ ދީފައިވާ ކަމަށެވެ. އެގޮތުން އެ ޖަމާއަތުން ހަތިޔާރު ރައްކާ ކުރާ ތަންތަނާއި، ހަނގުރާމައިގެ ހަަރަކާތް ތަކަށް ބޭނުން ކުރާ ތަން ތަނަށް ހަމަލާ ދީފައިވާ ކަމަަށް ބުނެފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

ނަވާފް ސަލާމްހިޒްބުﷲލުބުނާންއީރާން-ހިޒްބުއްލާއީރާންއިޒްރޭލް-އިރާން ހަނގުރާމަ އާޔަތުﷲ އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

02 މާރިޗު 2026

ހާމަނާއީ އަވަހާރަކޮށްލުން ރ. އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2026
ހާމަނާއީ އަވަހާރަކޮށްލުން ރ. އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި
02 މާރިޗު 2026

ޑްރޯން ހަމަލާ ތަކެއް އަމާޒުވެ، ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް

02 މާރިޗު 2026
ޑްރޯން ހަމަލާ ތަކެއް އަމާޒުވެ، ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް
02 މާރިޗު 2026

މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ

02 މާރިޗު 2026
މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ
02 މާރިޗު 2026

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

02 މާރިޗު 2026
އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން
02 މާރިޗު 2026

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

02 މާރިޗު 2026
ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު