Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޑްރޯން ހަމަލާ ތަކެއް އަމާޒުވެ، ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް

ރަސް ތަނޫރާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ، ސައުދީ އަރަމްކޯގެ މުހިންމު އޮޕަރޭޝަން ތަކެއް ހިންގާ ސަރަހައްދެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 09:29
ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުން ދުން ތަކެއް އަރަނީ

ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުން ދުން ތަކެއް އަރަނީ | ރޮއިޓާސް

ސައުދީ އަރަބިއްޔާގެ އިރުމަތީގައި އޮންނަ ރަސް ތަނޫރާ ސިޓީގައި ހުންނަ ތެޔޮ ރައްކާ ކުރާ މަރުކަޒަކުން ބޮޑެތި ދުން ގަނޑު ތަކެއް އަރަން ފަށާފައިވާއިރު، އެ ތަނުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ. 

އަލް ޖަޒީރާ އިން ކަށަވަރު ކޮށްފައިވާ މި ވީޑިއޯ ފުޓޭޖު ތަކުން ފެންނަ ގޮތުގައި، އެ ސިޓީގައި ހުންނަ ތެޔޮ ފެސެލިޓީ އިން ކަޅު ދުން ތަކެއް އަރަމުން ދާ މަންޒަރު ފެނެ އެވެ. މި ހާދިސާ ހިނގާފައި ވަނީ ސައުދީގެ އިރުމަތީ ސަރަހައްދުގައި ކަމަށްވާއިރު، މިއީ އެ ޤައުމުގެ ތެލުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާ ކުރާ ސަރަހައްދެކެވެ. 

އެކަމާ ގުޅިގެން ސައުދީ އިން ބުނެފައި ވަނީ ތެޔޮ ސާފު ކުރާ ކާރުޚާނާ އަކަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެ ޑްރޯންތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ ޑްރޯންގެ ބައި ތަކެއް ވެއްޓުމުގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ ގެއްލުން ތަކެއްވެ، އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ބުނެފައިވެ އެވެ. 

ނަމަވެސް، މި ހާދިސާގައި އެއްވެސް އާންމު މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސައުދީ އިން ބުނެފައިވެ އެވެ.

ރަސް ތަނޫރާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ، ސައުދީ އަރަމްކޯގެ މުހިންމު އޮޕަރޭޝަން ތަކެއް ހިންގާ ސަރަހައްދަކެވެ. މީގެ ކުރިން ވެސް ސައުދީގެ ތެޔޮ ފެސިލިޓީ ތަކަށް އަމާޒުކޮށް އެކި ފަހަރު މަތިން ހަމަލާތައް ދީފައިވާކަން ފާހަގަ ކުރެވެ އެވެ. 

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބައިނަލްއަޤުވާމީ މީޑިއާ ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ތެޔތޮ އުފެއްދުމުގެ މަސައްކަތަށް އެއްވެސް ބުރޫއެއް އަރާފައިވޭތޯ ބެލުމަށް ވެސް ގިނަ ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

ރަސް ތަނޫރާސައުދީ އަރަމްކޯއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ

މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ

02 މާރިޗު 2026
އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

02 މާރިޗު 2026
ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު