Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަފަތަށް ވޯޓު

ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

ކުރިއަށް އޮތް އިންތިޚާބުތަކުގައި އެމްޑީޕީ ނޫން ފިކުރަކަށް ވޯޓު ދީގެން ރައްޔިތުންނަށް ކުރެވުނު ތަޖުރިބާ ހިތްދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް ވިދާޅުވި. އަދި ލާމަރުކަޒީ ނިޒާމަށް ވަކާލާތުކޮށް ބާރުތައް ދޫކޮށްލުމުގެ ހިތްވަރު ހުރީ ހަމައެކަނި އެމްޑީޕީގައި ކަމަށާއި، ޕީއެންސީގެ ވިސްނުމަކީ ބާރުތައް މަރުކަޒުކުރުން ކަމަށް އޭނާ ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 07:34
ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް | ރާއްޖެ އެމްވީ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަދި ފެންނަ ނުފެންނަ ވޯޓުގައި ހެޔޮ ނަތީޖާ އެއް ބޭނުންވާ ނަމަ ތިލަފަތަށް ވޯޓު ދިނުން ނޫން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މި ދަނޑިވަޅަކީ ވަރަށް ހައްސާސް ދަނޑިވަޅެއް ކަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު އަދި ފެންނަ ނުފެންނަ ވޯޓަކީ ވެސް މުހިންމު އިންތިޚާބުތަކެއްކަން ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ. އެ އިންތިޚާބުގައި ޕީއެންސީ އިން އެ ޕާޓީގެ ނިޝާން، ދޫންޏަށް ވޯޓުލާން އެދެމުންދާ އިރު އެމްޑީޕީ އިން ދަނީ ތިލަފަތަށް ވޯޓުދިނުމަށް އެދެމުންނެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި ސަލީމް ވަނީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ހާމަކޮށްދެއްވާފަ އެވެ. އެގޮތުން އެ އިންތިޚާބުގައި އެމްޑީޕީ އަށް ނުވަތަ ތިލަފަތަށް ވޯޓުލުން ނޫން ގޮތެއް ރައްޔިތުންނަށް ނެތް ކަަމަށާއި، އެ ނޫން ގޮތަކަށް ވޯޓުލައިގެން ރައްޔިތުން ކުރި ތަޖުރިބާ ރަނގަޅު ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ސަލީމް ވަނީ ޕީއެންސީ އިން ދޫންޏަށް ވޯޓުލުމަށް އެދެމުން ދާއިރު ފާއިތުވެ ދިޔަ ދެ އަހަރު ބަޔަށް ނަޒަރު ހިންގާލުމުން ދޫނީގެ އުޅުމާއި ގުޅުން ތަޖުރިބާ ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ތަޖުރިބާ އަކީ އެހާ ރަނގަޅު ތަޖުރިބާ އެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

ބައެއް ބާވަތުގެ ދޫންޏަކީ އޭގެ އަހުލާގު ހުންނަ ގޮތުން އިންސާނުންނާއި އެކުގައި އުޅެން އެހާ ފަސޭހަ އެއްޗެއް ނޫންކަން ދިރާސާތަކުން ވެސް ހާމަވާ ކަމަށް ސަލީމް ވިދާޅުވި އެވެ. 

"ދޫނީގެ ވާހަކަ ދައްކާފައި ވޯޓުލާން އެހީމަ ހަނދާނަށް އަންނަނީ ކުރީގެ ހާދިސާތައް. ވަޅު ދާ މަތީގައި ބާއްވާފައިދާ ސައިބޯނި ބުރި އޮންނަ ވަރެއް ނުވޭ ދޫންޏަކާއި ހެދި. އެ ވެސް ދޫންޏެއްގެ އުޅުން ހުރި ގޮތާއި ހެދި. އެ ވެސް ދޫންޏެއްގެ އަހުލާގު ހުރި ގޮތް. ބަދިގޭގައި ރޮށިފަޅި އެއް ނުބޭއްވޭ ދޫންޏާއި ހެދި." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވަނީ ލާމަރުކަޒީ ނިޒާމަށް ވަކާލާތުކުރާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީ ނޫން ފިކުރުގެ މީހުން ވަކާލާތު ކުރަނީ މަރުކަޒީ ވިސްނުމަށް ކަމަށް ސަލީމް ވިދާޅުވި އެވެ. ޔުނިޓަރީ ދައުލަތެއްގެ ވާހަކަ ދައްކައިގެން ލާމަރުކަޒީ ނިޒާމާއި ދެކޮޅު ހެދުމަކީ އެއީ ޕީއެންސީ ފިކުރުގެ ސިފަ އެއް ކަމަށް ސަލީމް ވިދާޅުވި އެވެ. ބާރުތައް ދޫކޮށްލުމުގެ ހިތްވަރު ހުރި ޕާޓީ އަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ނޫން ވެރިކަމެއްގައި އެންމެން ޝާމިލްވާ ގޮތަށް އެކުލަވާލެވުނު ސިޔާސަތެއް ނެތް ކަމަށް ފާހަގަކުރައްވާ ސަލީމް ވަނީ އެމްޑީޕީ އަށް ވޯޓުދީގެން އާއްމުންނަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަހުމަދު ސަލީމްއެމްޑީޕީޕީއެންސީކައުންސިލް އިންތިޚާބުޑަބްލިއުޑީސީލާމަރުކަޒުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
ޚަރަދު ކުޑަކުރުމުގެ ނަމުގައި 65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ކަނޑާލަނީ، މަޖިލީހަށް އެކަމާ ގުޅޭ ބިލު ހުށަހަޅައިފި: ޝަމްހީދު

ޚަރަދު ކުޑަކުރުމުގެ ނަމުގައި 65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ކަނޑާލަނީ، މަޖިލީހަށް އެކަމާ ގުޅޭ ބިލު ހުށަހަޅައިފި: ޝަމްހީދު

03 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

03 މާރިޗު 2026
ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

03 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު