Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕިކަޕްޖަލްސާ

ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

މެމްބަރު ވަނީ މި ސަރުކާރުން ވައުދު ފުއްދުމުގެ ބަދަލުގައި ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުންދާކަމަށް ވިދާޅުވެ، އެކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންނަށް ގޮވާލައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މާރިޗު 2026 | އަންގާރަ 06:01
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ | ރާއްޖެ އެމްވީ

މިއަދު ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މެމްބަރު ޣަފޫރު އެފަދައިން ވިދާޅުވީ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީން މިއަދު ކުރަމުންދާ މަސައްކަތަކީ މި ސަރުކާރުން ކަންކަންކުރަމުންދާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުތައް ސަރުކާރަށް ދީގެން ރައްޔިތުންނަށް އެކަމުން ކުރާނީ ގެއްލުން ކަމަށެވެ.

މެމްބަރު ވަނީ އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާއި ގުޅިގެން ބައިދަނޑިއަށް ދިދަ ތިރިކޮށްލަންވެސް މި ސަރުކާރަށް ނުކެރުނުކަން ފާހަގަ ކުރައްވާފައެވެ. ނުވިތާކަށް އެކަން ކުށްވެރިކޮށްލަންވެސް މި ސަރުކާރަށް ނުކެރުނުކަމަށް މެމްބަރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، މިއީ އިސްލާމް ދީން ރައްޔިތުންނަށް ދައްކައިގެން އައި ސަރުކާރުގެ ޙާލަތު މިއަދު އޮތް ގޮތް ކަމަށެވެ.

ހެޔޮ ނުވާނެ  އަޅުގަނޑުމެން މި އަންނަ ދެ އިންތިޚާބުގައި މި ސަރުކާރަށް ވޯޓު ދޭން، އެކަން އަޅުގަނޑުމެންގެ ލޯމައްޗަށް ހާމަވަމުން މި ދަނީ، ލޯކަލް ކައުންސިލް އިންތިޚާބުވެސް ސަރުކާރަށް ދޭން ހަމަ ހެޔޮނުވާނެ،
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މީގެ އިތުރުން، މި ކަންކަން މިއަދު ހިނގަމުންދަނީ ރަނގަޅަށްތޯ ދީނީ ބޭފުޅުންވެސް ވިދާޅުވާންވާނެކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މުސްލިމުންނަށް ޙައްޤު ބަސް ބުނުމުގެ ހިތްވަރު ހުންނަންޖެހޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފެންނަނީ ހަމައެކަނި މަކަރާއި ހީލަތްކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

 މިކަންކަން މިހެން އޮތުމުން އެނގިގެންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން ކަމަށް މެމްބަރު ވިދާޅުވިއެވެ.

 އެ އޮތީ ސުޕްރީމް ކޯޓުން މަރުގެ ޙުކުމް ތަންފީޒުކުރަން ނިންމާފައި، މަރުގެ ޙުކުމް ތަންފީޒު ކުރާކަށްވެސް މި ސަރުކާރަކަށް ނުކެރޭނެ، އެހެންވީމާ ނުކުމެ ރައްޔިތުންގެ ކުރިމަތީގައި ދީނޭ ކިޔައިގެން ގަދަ ބަސް ބުނުމަށްވުރެ މާ ރަނގަޅުވާނެ އަމިއްލަށް ރަޖާ ލައިގެން ގޭގައި އޮތިއްޔާ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެމްބަރު ވަނީ މި ސަރުކާރުން ވައުދު ފުއްދުމުގެ ބަދަލުގައި ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުންދާކަމަށް ވިދާޅުވެ، އެކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މަރުގެ ހުކުމްއަބްދުލްޣަފޫރު މޫސާއެމްޑީޕީ

އިތުރަށް ކިޔާލަން

02 މާރިޗު 2026

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު
02 މާރިޗު 2026

ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."

02 މާރިޗު 2026
ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."
02 މާރިޗު 2026

ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

02 މާރިޗު 2026
ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ
02 މާރިޗު 2026

ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

02 މާރިޗު 2026
ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު
02 މާރިޗު 2026

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް
01 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

01 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"
01 މާރިޗު 2026

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

01 މާރިޗު 2026
މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު
01 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

01 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު
01 މާރިޗު 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

01 މާރިޗު 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި
01 މާރިޗު 2026

ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

01 މާރިޗު 2026
ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް