Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިޚާބު އެއްކުރުން

ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

މި ސަރުކާރަކީ ޑިމޮކްރަސީގެ އުސޫލުތަކަށް އިހުތިރާމްކުރާ ބައެއް ނޫން ކަމަށާއި، ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި ޚުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑުއެހުމުގެ ބަދަލުގައި އަމިއްލަ ބާރުވެރިކަން އިތުރުކުރުމަށް ކަމަށް ފާހަގަކުރައްވައި، މި ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 18:08
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. 02.03.2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. 02.03.2026 | އެމްޑީޕީ

ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހޯމަ ދުވަހު ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ސަރުކާރަށް ނޫނެކޭ ބުނުމަށް ކުރާ މަސައްކަތަކީ ޤައުމީ އަދި ދީނީ މަސައްކަތެއް ކަމަށާއި އެމްޑީޕީ އިން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރުވެރިކަން ކަމަށް ފާހަގަކުރައްވައި ޝާހިދު ވަނީ ރައްޔިތުންނަށް ބާރުވެރިކަން ދިނުމަކީ މި ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ފާހަގަކޮށްފަ އެވެ. ޑިމޮކްރަސީގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް މި ސަރުކާރުން ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތް ނުކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ބާރުވެރިކަމަށް. ޑިމޮކްރަސީގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި އަސް ޑިމޮކްރަސީ ބާރުވެރިކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ. ވަކާލާތު ކުރަނީ ޚުދުމުހުތާރުކަމަށް. ޑިމޮކްރަސީ އަކީ ރައްޔިތުންގެ އަޑު އެހުން. ރައްޔިތުންގެ ބާރު. ރައްޔިތުން އިންތިޚާބު ކުރާ ބަޔަކު ރައްޔިތުންގެ ވެރިކަން ކޮށްދިނުން." ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ އެ ނިޒާމް ފުނޑާލަން މަސައްކަތް ކުރާ ބަޔަކު ޑިމޮކްރަސީ އަށް މަސައްކަތް ކުރާ ބަޔަކަށް ނުވާނެ  ކަމުގަ އެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރާއި ސަރުކާރުގެ ވެރިންނަކީ ޑިމޮކްރަސީ އަށް އިޙުތިރާމް ކުރާ ޑިމޮކްރަސީ އަށް ބޯ ލަނބާ ބައެއް ނޫން ކަމަށެވެ. އިންތިޚާބުތަކަކީ ރައްޔިތުންގެ މުހުތާދުތައް ފުރިހަމަ ކުރަން ލިބޭ ފުރުސަތެއް ކަމަށާއި އެކަން ހަނި ކުރުމަކީ އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން ކަމަށް ޝާހިދު ވަނީ ސިފަކުރައްވާފަ އެވެ. 

"މިއަދުގެ ވެރިކަމަކީ ޚުދުމުހުތާރުކަމަށް މަގު ކޮށަމުންދާ އަނިޔާވެރި ޖައްބާރު ވެރިކަމެއް. ހަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިޚާބު އެއްކޮށްލަން މި އުޅުއްވަނީ. ރައްޔިތުންގެ އަޑު އަހަން ޖެހޭ ވަރު މަދު ކުރަނީ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ސަރުކާރުން އިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

އަބްދުﷲ ޝާހިދުއެމްޑީޕީޑިމޮކްރަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

01 މާރިޗު 2026
މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

01 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

01 މާރިޗު 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު