Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ވުޒާރާ

އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި މެޗުތައް ކުޅެވޭނެ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 07:46
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ރައީސް މުޢިއްޒުގެ އަރިހުގައި ކުޅިވަރު ވަޒީރު ރާފިޢު

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ރައީސް މުޢިއްޒުގެ އަރިހުގައި ކުޅިވަރު ވަޒީރު ރާފިޢު | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ، ފުޓުބޯޅަ އާއި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ބޭނުންވާ ބިން ހަވާލު ކުރިތާ ދެ އަހަރު ދުވަސް ފަހުން، މި ހިނގާ މާޗު މަހުގެ ތެރޭގައި އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. 

ރައީސް މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ހަފުތާ 14 ގައި ހިމަނާފައި ވަނީ ބައިނަލްއަޤުވާމީ މިންގަނޑާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ ފުޓްސަލް ކޮމްޕްލެކްސްއެއް ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމު ކުރުމަށެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑަށް ފަރުމާ ކުރެވިފައިވާ ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައަޅާފައި ވަނީ ފޭސް އެކެކެވެ. 

އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ވަނީ، ހުޅުމާލޭގައި ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ބޭނުންވާ ބިން ހަވާލު ކޮށްފަ އެވެ. އެ ދުވަހުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއި ކުރެެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އެވެ. 

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ
Raajje.mv

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

ބިން ހަވާލު ކުރިތާ ދެ އަހަރު ދުވަސްވީއިރު އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާއިރު، ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު ވިދާޅުވީ، ފޭސް ދޭއްގައި ޤާއިމު ކުރާ ފުޓްސަލް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. މަސައްކަތް ކުރެވޭނެ ފަރާތެއް ވެސް ހަމަ ޖެހިފައިވާ ކަމަށާއި، މާޗު މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި މެޗުތައް ކުޅެވޭނެ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އެހެންކަމުން، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ދެއްވި ތާރީޚު، އަދި ވަޒީރު ވިދާޅުވި ތާރީޚު ވެސް ދިމާ ނުވެ އެވެ. 

ދެ އަަހަރު ދުވަސް ވެގެން ދިޔައިރު ވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވެ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

02 މާރިޗު 2026
އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު