Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ.މުހައްމަދު މުއިއްޒު

އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް 1.27 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ބޭނުންވާ ފައިސާ މިހާރުވެސް ރައްކާކުރެވިފައިވާ ކަމަށް. ސޮވަރިން ޑިވެލޮޕްމަންޓް ފަންޑާއި ޔޫސަބަލް ރިޒާވްގައި ޖުމްލަ 650 މިލިއަން ޑޮލަރު ހުރިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށް ކަމަށް. ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ތަކެތީގެ އަގުބޮޑުވެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ވަނީ އިންތިހާއަށް ބޮޑުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:33
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

ދިވެހިރާއްޖޭގައި އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް ކަމަށާއި، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭ ވަރަށް ފައިސާ އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، 8 އޭޕްރީލް 2026 ގައި ދައްކަން ޖެހޭ ބޭރުގެ ލޯނު ދެއްކޭ ވަރަށް ފައިސާ އެބަހުރި ކަމަށާއި، ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާ ކޮށްފައި އެބަހުރި ކަމަށެވެ. އަދި އޭގެތެރެއިން 320 މިލިއަން ޑޮލަރު ހުރީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް މައްޗަށް ނުދާ މިންވަރަށް ގޮސްފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ،  1.27 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. 

މިއަދު މިހާރު ޕޭ ކުރަން ޖެހުނަސް ޕޭ ކުރެވޭ ވަރަށް ފައިސާ އެބަހުރި. 500 މިލިއަން ޑޮލަރުގެ ސްކޫކު 8 އޭޕްރީލް 2026 ގައި ސަރުކާރުން ދައްކަން ވާނީ ނިންމާފައި. އެއީ ދައްކަން ޖެހޭ ދުވަސް 8 އޭޕްރީލް 2026 ގައި. ދެއްކުމަށްޓަކައި މިހާރު އަޅުގަނޑުމެންގެ އަތުގައި ރައްކާ ކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ. 500 މިލިއަން ޑޮލަރުގެ ސްކޫކު ދައްކާފައި ބާކީ ވެސް އެހެންވީމަ 150 މިލިއަނަށް ވުރެ ގިނައިން ހުންނާނެ. މި 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ފައިސާގެ ތެރެއިން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 320 މިލިއަން ޑޮލަރަށްވުރެ ގިނައިން މިހާރު ވެސް އެބަހުރި ރޭގެ ނިޔަލަށް. ރޭގެ ނިޔަލަށް 320 މިލިއަން ޑޮލަރަށް ވުރެ ގިނައިން ރައްކާ ކޮށްފިން. އަދި ޔޫސަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ އެބަހުރި. އެހެންވީމަ ޖުމްލަ 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މިހާރު ވެސް އެބަހުރި އަޅުގަނޑުމެންގެ އަތުގައި ރައްކާ ކޮށްފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގައި މިވަރަށް ފައިސާ ހުރުމުން މެދުއިރުމަތީ ހިނގަމުންދާ ކަންކަމާ ގުޅިގެން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށާއި، މެނޭޖް ކުރުމަށް ލުއިއަކަށްވާ ކަމަށެވެ. އަދި އިތުރަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތްތައް ވެސް ކާމިޔާބު ކަމަށާއި، ކާމިޔާބު މުއާމަލާތްތަކެއް ކުރެވޭ ކަމަށެވެ. 

ރާއްޖޭގައި އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް ކަމަށާއި، ކުރިއަރަމުން އަންނަ އިގްތިސާދެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ މިހާރު ކޮންމެ ހަފްތާއަކު ކޮންމެވެސް މިންވަރެއް ދޭ ކަމަށާއި، އެގޮތުން މިހަފްތާގައި ވެސް 200 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. އަދި ބޭރުގެ ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިއަހަރުގެ ތެރޭގައި މިދިޔަ މަހުގެ ނިޔަލަށް 116 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ތަކެތީގެ އަގުބޮޑުވެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އަދި ވަގުތުން ސްކޫކު ދެއްކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެސްޑީއެފް އާއި ރިޒާވުގައި ހުރި ފައިސާ ބޭނުންކުރުމަކީ ސަރުކާރުގެ ޕްލޭނެއް ނޫނެވެ. ސަރުކާރުން މަސައްކަތް ކުރީ 500 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އެސްޑީއެފްއިން ދެއްކުމަށް ފަހު ބާކީ 350 މިލިއަން ޑޮލަރު ރީފައިންނޭންސް ކުރުމަށެވެ. ސުކޫކުން ރީފައިނޭންސް ކުރާ ބަޔަށް ފައިސާ ހޯދަން ސަރުކާރުން ލޯނެއް ނަގަން މަސައްކަތް ކުރި ނަމަވެސް އެކަން ފަހުން ވަނީ ދޮގު ކޮށްފަ އެވެ. 

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުސްކޫކްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026
ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން ސަރުކާރާ ދެކޮޅު ފަރާތްތަކުން އިދިކޮޅު ހަދަމުންދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން: ރައީސް މުއިއްޒު

ދެ އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން ސަރުކާރާ ދެކޮޅު ފަރާތްތަކުން އިދިކޮޅު ހަދަމުންދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެއީ ދޮގެއްކަން ސާބިތުވޭ

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު