Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް ދަތުރުކުރުމަކީ ކުރީގެ އާދައެއް ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ އިންތިޚާބަކާ ނުގުޅުވައި ރައްޔިތުންގެ ގާތަށް ގޮސް ހާލަތު ބެއްލެވުމަށް ކަމަށް. މުއިއްޒު މިހެން ވިދާޅުވި އިރު އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ބައެއް ރަށްރަށަށް ދެ ފަހަރު ވެސް މުއިއްޒު ވަޑައިގަތް. މިހާރުވެސް މުލީއާގޭގައި ވެސް ކެމްޕޭން ހަރަކާތްތައް ގެންދަވަނީ ހިންގަވަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 11:16
ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ، އެމަނިކުފާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.

ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ، އެމަނިކުފާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. | ޕީއެންސީ

ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގަތީ ގައުމީ ވިސްނުމުގައި ކަމަށާއި، ރައްޔިތުން ހަވާލުކުރި އަމާނާތް ތެދުވެރިކަމާއެކު އަދާ ކުރުމުގެ މަގުސަދުގައި ކަމަށެވެ. 

އެގޮތުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ކަންކަން ބަލައި، އެކަންކަން ކޮށްދެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެއްވެސް ރަކަށް ދިއުމަށް ގަސްތު ނުކުރައްވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މިއީ ކުރީގައި ކަންކަން ހިނގި ގޮތް ނޫން ކަމަށާއި، އިންތިޚާބުތަކާ ދިމާކޮށް ދަތުރުތައް ހަދައިގެން ދަތުރު ކުރާ ކަމަށެވެ. 

ހުރިހާ ރައްޔިތުންގެ ގާތަަށް އަޅުގަނޑު ދާން ބޭނުންވީ އެއަށްވުރެ ވެސް އަވަހަށް. މިދިޔަ އަހަރު ފަހުކޮޅަށް ދަނިކޮށް ނިންމާލެވުނީ. އެކި ކަހަލަ ޒިންމާ ތަކުގައި އަޅުގަނޑު ވައުދުވީ ވަރުން. ހަގީގަތުގައި އަޅުގަނޑު ބޭނުންވީ މިދިޔަ އަހަރުގެ ކުރީކޮޅު ހުރިހާ ދަތުރުތަކެއް ނިންމަން. އިންތިޚާބަކާ ގާތްކޮށް އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން ގާތަށް ދާކަށް. މިހާރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށް. އަޅުގަނޑު ގަސްތެއް ނުކުރަން. އެހެނެއް ނޫން ސަރުކާރުން ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިންމި، އެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ރައްޔިތުން އެދިވަޑައިގެންފިއްޔާ އެރަށަކަށް އަޅުގަނޑު ނުދާނެ ވާހަކަ އެއްނޫން. އެހެނެއް ނޫން. ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު އެއްވެސް ރަށަކަށް ދާކަށް ގަސްތެއް ނުކުރަން. މިއީ ކުރީގައި ރާއްޖޭގައި ކަންކަން ހިނގި ގޮތެއް ނޫން.
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަނީ ވަޑައިގެންފަ އެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ. 

މަޖިލިސް އިންތިޚާބުގެ ކެންޕޭން ދުވަސްވަރު ވެސް ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވީ ސަރުކާރުގެ ބޮޑު ވަފުދަކާ އެވެ. އިންތިޚާބުގެ ކެމްޕޭން އަށް ބައެއް ރަށްރަށަށް ތަކުރާރުކޮށް ޒިޔާރަތް ކުރައްވާފައިވެ އެވެ.

ރަށްރަށަށް ކެމްޕޭނަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ މުލީއާގޭގައި ވެސް ގެންދަވަނީ ސީދާ ކެމްޕޭނާ ގުޅޭ ހަރަކާތްތައް މުއިއްޒު ހިންގަވަމުންނެވެ. އަދި ކެމްޕޭން ކުރުމަށް އަތޮޅުތަކަށް މިނިސްޓަރުންނާއި އެމްޑީން އިންނާއި މަޖިލިސް މެމްބަރުން ގެންދަނީ ދަތުރުތައް ކުރަމުންނެވެ.

ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަށްފަހު، މިގޮތަށް ދަތުރު ކުރައްވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. އަދި މިއީ ދައުލަތުގެ ފައިސާ އިސްރާފު ކުރުން ކަމަށް ގިނަ ރައްޔިތުން ބުނެފައިވެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026ޕީއެންސީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން ސަރުކާރާ ދެކޮޅު ފަރާތްތަކުން އިދިކޮޅު ހަދަމުންދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން: ރައީސް މުއިއްޒު

ދެ އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން ސަރުކާރާ ދެކޮޅު ފަރާތްތަކުން އިދިކޮޅު ހަދަމުންދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެއީ ދޮގެއްކަން ސާބިތުވޭ

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

27 ފެބުރުއަރީ 2026
 ބޭރު ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ، އެތަންތަނުން ޕީއެންސީ އަށް ލިބޭނެ ވޯޓު މަދުވާނެތީ: އެމްޑީޕީ

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ، އެތަންތަނުން ޕީއެންސީ އަށް ލިބޭނެ ވޯޓު މަދުވާނެތީ: އެމްޑީޕީ

26 ފެބުރުއަރީ 2026
އައްޑޫ ސިޓީގައި އަޅަން ވިދާޅުވި ބުރިޖު އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ؟": އަބްދުﷲ ޝާހިދު

އައްޑޫ ސިޓީގައި އަޅަން ވިދާޅުވި ބުރިޖު އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ؟": އަބްދުﷲ ޝާހިދު

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު