Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ވުޒާރާ

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުގެ ތެރެއިން، 16 ވަނަ ޓަވަރުގެ ކުރިމަތީގައި އޮންނަ ބިމުގައި. ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑު މިނަކީ 54،992 އަކަ ފޫޓު. އަދި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ޣާޒީ ސްކޫލު ކުރިމަތީގައި އޮންނަ ބިމުގައި ކަމަށްވާއިރު، އެއީ 50،142 އަކަ ފޫޓު ބޮޑު މިނުގެ ބިމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ފެބުރުއަރީ 2026 | ހޯމަ 05:07
ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެސް ޤާއިމު ކުރުމަށް ބޭނުންވާ ބިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ރާފިޢު

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެސް ޤާއިމު ކުރުމަށް ބޭނުންވާ ބިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ރާފިޢު | ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ، ފުޓުބޯޅަ އާއި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމުގެ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގެންދާތީ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ހަފުތާ 14 ގައި ހިމަނާފައި ވަނީ ބައިނަލްއަޤުވާމީ މިންގަނޑާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ ފުޓްސަލް ކޮމްޕްލެކްސްއެއް ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމު ކުރުމަށެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑަށް ފަރުމާ ކުރެވިފައިވާ ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައަޅާފައި ވަނީ ފޭސް އެކެކެވެ. 

އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ވަނީ، ހުޅުމާލޭގައި ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ބޭނުންވާ ބިން ހަވާލު ކޮށްފަ އެވެ. އެ ދުވަހުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއި ކުރެެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އެވެ. 

ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުގެ ތެރެއިން، 16 ވަނަ ޓަވަރުގެ ކުރިމަތީގައި އޮންނަ ބިމުގަ އެވެ. ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑު މިނަކީ 54،992 އަކަ ފޫޓެވެ. އަދި ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ޣާޒީ ސްކޫލު ކުރިމަތީގައި އޮންނަ ބިމުގައި ކަމަށްވާއިރު، އެއީ 50،142 އަކަ ފޫޓު ބޮޑު މިނުގެ ބިމެކެވެ. 

ފުޓްސަލް ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައެޅި ސަަރަހައްދުގައި އެ ކޮމްޕްލެކްސް ޤާއިމު ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ. ނަމަވެސް، މައުލޫމާތު އިނގޭ އިސް ބޭފުޅަކު ވިދާޅުވީ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފެށިފައި ނުވާތީ، އެ ސަރަހައްދުގައި އެޗްޑީސީ އިން މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަަށެވެ.

ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމަށް ކަނޑައަޅާފައިވާ ޣާޒީ ސްކޫލު ކުރިމަތީގައި އޮންނަ ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ. އެ ސަރަހައްދުގައި މިވަގުތު ވެސް ކާރުތަކާއި، ޕިކަޕުތައް ޕާކު ކޮށްފައި ހުރިއިރު، ނެޓުބޯޅަ ކޮމްޕްލެކްސް ޤާއިމު ކުރުމުގެ އެއްވެސް މަސައްކަތެއް އެ ސަރަހައްދުގައި ކުރިއަކަށް ނުދެ އެވެ.

ނެޓުބޯޅަ ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް ހުޅުމާާލޭ ފޭސް އެކެއްގައި ހުންނަ ޣާޒީ ސްކޫލް ކުރިމަތިން ހަމަޖައްސާފައިވާ ބިން

ނެޓުބޯޅަ ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް ހުޅުމާާލޭ ފޭސް އެކެއްގައި ހުންނަ ޣާޒީ ސްކޫލް ކުރިމަތިން ހަމަޖައްސާފައިވާ ބިން

ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށް ނުދާ ސަަބަބެއް ސަރުކާރުން ހާމަ ކޮށްފައި ނުވެ އެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާހުޅުމާލެ ފޭސް 2ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)މުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

28 ޖެނުއަރީ 2026
ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި
28 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ
25 ޖެނުއަރީ 2026

އައު ސްޓޭޑިއަމް އެއް އެޅުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނިކޮށް، ގްރާންޓެއް ނުލިބިގެން ދަނޑު އެޅުމުގެ މަސައްކަތް ނުކުރެވި އޮތް ކަމަށް ވަޒީރު ވިދާޅުވެއްޖެ

25 ޖެނުއަރީ 2026
އައު ސްޓޭޑިއަމް އެއް އެޅުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނިކޮށް، ގްރާންޓެއް ނުލިބިގެން ދަނޑު އެޅުމުގެ މަސައްކަތް ނުކުރެވި އޮތް ކަމަށް ވަޒީރު ވިދާޅުވެއްޖެ
23 ޖެނުއަރީ 2026

މަގާމަށް ކުފޫ ހަމަނުވާ މީހުން ލައިގެން ގައުމު ހިންގަން އުޅުމުން އެ ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

23 ޖެނުއަރީ 2026
މަގާމަށް ކުފޫ ހަމަނުވާ މީހުން ލައިގެން ގައުމު ހިންގަން އުޅުމުން އެ ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟
22 ޖެނުއަރީ 2026

2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް، 2026 ވަނަ އަހަރު

22 ޖެނުއަރީ 2026
2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް، 2026 ވަނަ އަހަރު
22 ޖެނުއަރީ 2026

މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް އެޗްޑީސީ ގެ އުސޫލުތައް ބަދަލު ކޮށްފި

22 ޖެނުއަރީ 2026
މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް އެޗްޑީސީ ގެ އުސޫލުތައް ބަދަލު ކޮށްފި
19 ޖެނުއަރީ 2026

ހުޅުމާލޭގެ އެންމެ ބޮޑު ޕްރިމިއަމް ޕަރފިއުމް ކޮސްމެޓިކްސް ފިހާރަ، "ޕްރިމިއަމް ޓަޗް" ހުޅުވައިފި

19 ޖެނުއަރީ 2026
ހުޅުމާލޭގެ އެންމެ ބޮޑު ޕްރިމިއަމް ޕަރފިއުމް ކޮސްމެޓިކްސް ފިހާރަ، "ޕްރިމިއަމް ޓަޗް" ހުޅުވައިފި
19 ޖެނުއަރީ 2026

ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކޮށްފިނަމަ އެޗްޑީސީ އަށް ވުރެ މާ ރަނގަޅަށް ހިންގާނަން: މޭޔަރު އާޒިމް

19 ޖެނުއަރީ 2026
ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކޮށްފިނަމަ އެޗްޑީސީ އަށް ވުރެ މާ ރަނގަޅަށް ހިންގާނަން: މޭޔަރު އާޒިމް
18 ޖެނުއަރީ 2026

ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

18 ޖެނުއަރީ 2026
ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް
16 ޖެނުއަރީ 2026

މޯލްޑިވްސް 2.0 ގެ ކަންކަން ތަންފީޒު ކުރަން އައު އިދާރާއެއް އުފައްދައިފި

16 ޖެނުއަރީ 2026
މޯލްޑިވްސް 2.0 ގެ ކަންކަން ތަންފީޒު ކުރަން އައު އިދާރާއެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު