Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހާމަނާއީ އަވަހާރަވުން

ހާމަނާއީ އަވަހާރަކޮށްލުން ރ. އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި

އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާއެއް ކަމަށް ފާހަގަކޮށް، ރ. އަތޮޅު ކައުންސިލުން އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. ސިޔާސީ ހިޔާލުތަފާތުވުންތަކަކީ ޝަރުއީ އިމުން ބޭރުން މީހުން މެރުމަށް އޮތް އުޒުރެއް ނޫން ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ސުލްހައަށް ހުރަސްއެޅޭނެ ކަމަށް އެ ކައުންސިލުން ބުނެފައިވޭ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުވައި، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށް އެ ކައުންސިލުން ވަނީ ގޮވާލާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 12:38
ރ. އަތޮޅު ކައުންސިލް މެންބަރުން.

ރ. އަތޮޅު ކައުންސިލް މެންބަރުން. | ރ. އަތޮޅު ކައުންސިލް

އެމެރިކާ އަދި އިސްރޭލުން އީރާނަށް ހަމަލާދީ އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލި ލާއިންސާނީ އަމަލު ރ. އަތޮޅު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ. 

ރ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމީ ޖުމްހޫރިއްޔާ، އީރާނުގެ ރޫހާނީ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލި ހަބަރު ރ. އަތޮޅު ކައުންސިލުން އަޑުއެހީ ނުހަނު ސިހުމާއި ހިތާމައާއެކުގައި ކަމަށެވެ. އަދި މި ލާއިންސާނީ އަމަލު އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ހާމަނާއީގެ އިތުރުން އީރާނުގެ ބައެއް އިސްވެރިން ވެސް ޝަހީދުވި މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، ދައުލަތްތަކުގެ ސިޔާދަތާއި، އިންސާނީ ކަރަމާތުގެ އަސާސީ އުސޫލުތަކާ ހިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އެ ކައުންސިލުގެ ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ހިޔާލުތަފާތުވުންތަކާ ސަރަހައްދީ ނުތަނަވަސްކަމަކީ، ޝަރުއީ އިމުން ބޭރުން މީހުން މެރުމާއި، ހަމަނުޖެހުން އިތުރުވެ ކުށެއް ނެތް އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކުރުމަށް އޮތް އުޒުރެއް ނޫން ކަމަށެވެ. އަދި ދައުލަތްތަކުގެ އިސްވެރިން އަވަހާރަކޮށްލުމަކީ ދުނިޔޭގެ ހަމަޖެހުން ގެއްލި، ބަދަލު ހިފުމުގެ ސިލްސިލާތައް ފެށި، ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ކުރުމަށް އޮތް ފުރުސަތުތަކަށް ހުރަސްއެޅޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެގެ ސުލްހަވެރި އަދި ކެތްތެރި މުޖުތަމައުގެ ބައެއްގެ ގޮތުގައި ތިބެ، ރ. އަތޮޅުގެ ރައްޔިތުން ތިބީ ކޮންމެ ސިފައެއްގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި، ސިޔާސީ އަނިޔާވެރިކަމާއި، އާންމުންނާއި ލީޑަރުންނަށް އަމާޒުކޮށް ހިންގާ އުދުވާނުތަކާ ދެކޮޅަށް ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް މަރްހޫމުންގެ އާއިލާތަކަށް ރ. އަތޮޅުގެ ރައްޔިތުންގެ އިހުލާސްތެރި ތައުޒިޔާ ރައްދުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރުމަށާއި، ބައިނަލްއަގުވާމީ ހަމަތަކަށް އިހުތިރާމް ކުރުމަށާއި، ހާރިޖީ ދާއިރާގެ ތެރެއިން މައްސަލަތައް ހައްލު ކުރުމަށް ގޮވާލާފައިވެ އެވެ. އަދި ސަރަހައްދީ އަދި ދުނިޔޭގެ ދާއިމީ ސުލްހަ ބިނާވެފައި ވަނީ މަޝްވަރާ އާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހްތިރާމާއި، ގާނޫނީ އިމުގެ ތެރެިން ކަންކަން ނިންމުމުގެ މައްޗަށް ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރ. އަތޮޅު ކައުންސިލްއީރާންއާޔަތުﷲ އަލީ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

02 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު