Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

އިޒްރޭލްގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާމް އީޔަލް ޒާމިރު އެކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ، ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލް އިން މިހާރު ވަނީ ހަމަލާ ދިނުމުގެ އައު ކެމްޕެއިނެއް ފަށާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:53
އިޒްރޭލް އިން ލުބުނާން އަށް ދީފައިވާ ހަމަލާ ތަކުގެ ތެރެއިން

އިޒްރޭލް އިން ލުބުނާން އަށް ދީފައިވާ ހަމަލާ ތަކުގެ ތެރެއިން | ރޮއިޓާސް

ލުބުނާންގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ވަރުގަދަ ހަމަލާ ތަކެއް ދިނުމަށް، އޮފެންސިވް ކެމްޕެއިނެއް، ނުވަަތަ އިސްވެ ހަމަލާ ދިނުމުގެ އަަސްކަރީ ޙަރަކާތް ތަކެއް ފަށާފައިވާ ކަމަށް އިޒްރޭލް އިން އިއުލާން ކޮށްފި އެވެ. 

އިޒްރޭލް އިން މިކަން އިއުލާން ކޮށްފައި ވަނީ ހިޒްބުﷲ އިން އިޒްރޭލް އަށް އަމާޒުކޮށް ރޮކެޓު ހަމަލާ ތަކެއް ފޮނުވާލުމާ ގުޅިގެން، އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވެރިން ބޭއްވި މުހިންމު ބައްދަލުވުމަކަށް ފަހު އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާމް އީޔަލް ޒާމިރު އެކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ، ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލް އިން މިހާރު ވަނީ ހަމަލާ ދިނުމުގެ އައު ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ. މި ނިންމުމަކީ ހިޒްބުﷲ އިން ދެމުންދާ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، އެ ޖަމާއަތުގެ އަސްކަރީ ޤާބިލުކަން ކުޑަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ވެސް، އިޒްރޭލްގެ އަސްކަރިއްޔާ އިން މައުލޫމާތި ދީފައިވެ އެވެ. 

އިޒްރޭލް އިން ލުބުނާން އަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ލުބުނާންގެ ކަމާ ބެހޭ އިދާރާ ތަކުން ހާމަ ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، އިޒްރޭލްގެ މި ހަމަލާ ތަކުގައި މިހާތަނަށް މަދުވެގެން 31 މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން 149 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. 

މި ހަމަލާތައް ވަރުގަދަ ވެފައި ވަނީ ހިޒްބުﷲ އިން އިޒްރޭލްގެ އިތުރުގެ ސަރަހައްދު ތަަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ރޮކެޓު ހަމަލާ ތަކެއް ފޮނުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލް އިން ބުނަމުން ދަނީ އެ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ. ނަމަވެސް، އިޒްރޭލްގެ މި އޮޕަރޭޝަންގެ ސަބަބުން މުޅި ސަރަހައްދުގެ މަސްރަހު ވަނީ އިތުރަށް ހޫނުވެ، ބޮޑު ހަނގުރާމަ އަކަށް ބަދަލު ވެދާނެ ކަމުގެ ބިރު ބޮޑުވެފަ އެވެ. 

ލުބުނާާންގެ އެކި ސަރަހައްދު ތަކަށް އިޒްރޭލް އިން ދެމުންދާ ހަަމަލާ ތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދު ތަަކަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން ދާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުން ދަނީ މި ހަމަލާތައް ހުއްޓާލުމަށް ވެސް ގޮވާލަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-ހިޒްބުއްލާލުބުނާންއިޒްރޭލްހިޒްބުﷲއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

02 މާރިޗު 2026
އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު