Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

އީރާންގެ މަސްދަރުން ބުނެފައި ވަނީ، އީރާންގެ ލީޑަރުން މަސައްކަތް ކުރަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށުން ކަންކަން ކުރިއަށް ގެންދަން ކަަމަށް. އެއްވެސް ވަރަކަށް ހާސްވެފައި ތިބެން އެ މީހުން ބޭނުން ނުވާ ކަމަށާއި، ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމެއް ކުރަން އެ މީހުން ބޭނުން ނުވާ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:57
އީރާންގެ ރައީސް ޕެޒެޝްކިއާންގެ އިތުރުން، އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު، އަދި ވަގުތީ ކައުންސިލްގެ މެމްބަރުދީނީ އިލްމުވެރިޔާ އަލީރިޒާ އަރާފީ

އީރާންގެ ރައީސް ޕެޒެޝްކިއާންގެ އިތުރުން، އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު، އަދި ވަގުތީ ކައުންސިލްގެ މެމްބަރުދީނީ އިލްމުވެރިޔާ އަލީރިޒާ އަރާފީ | ރޮއިޓާސް

އެމެރިކާ އިން ދިން ހަމަލާއެއްގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާއިރު، އީރާންގެ ވަގުތީ ކައުންސިލް އިން ބޭނުން ވަނީ ޤާނޫނީ އުސޫލުގެ ތެރެއިން ވެރިކަން ކުރިއަށް ގެންދަން ކަމަށް ބުނެފި އެވެ.

އަލް ޖަޒީރާ އަށް މައުލޫމާތު ދެމުން މަސްދަރަކުން ބުނެފައި ވަނީ، ޚާމަނާއީ އަވަހާރަ ވުމަށް ފަހު ވެސް، އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ މަގު އިޚްތިޔާރު ކުރުމަށެވެ. އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ބަދަލުގައި، ޤާނޫނީ އުސޫލު ތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް އެ ފަރާތް ތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

އީރާންގެ މަސްދަރުން ބުނެފައި ވަނީ، އީރާންގެ ލީޑަރުން މަސައްކަތް ކުރަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށުން ކަންކަން ކުރިއަށް ގެންދަން ކަަމަށެވެ. އެއްވެސް ވަރަކަށް ހާސްވެފައި ތިބެން އެ މީހުން ބޭނުން ނުވާ ކަމަށާއި، ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމެއް ކުރަން އެ މީހުން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ކަންކަން އަވަސް ކުރުމަށް ވެސް، ޤާނޫނީ އުސޫލުތައް ދޫކޮށް ނުލާނެކަން އެ މީހުން ދައްކަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. 

މިވަގުތު އީރާން ހަނގުރާމައިގެ ޙާލަތުގައި އޮތްއިރު، އެ ޤައުމުން ރޫހާނީ ލީޑަރަކު އިންތިޚާބު ކުރުމުގެ ބަދަލުގައި، ވަގުތީ ކައުންސިލް އިން ވެރިކަން ކުރިއަށް ގެންދާނީތޯ ވަނީ ސުވާލު އުފެދިފަ އެވެ. އެ ނިންމުން ފަސް ކުރުމަށް ފަހު، ދާއިމީ ގޮތެއްގައި އެ ކައުންސިލްގެ ބެލުމުގެ ދަށުން ވެރިކަން ކުރިއަށް ގެންދާނީތޯ ވެސް ސުވާލު އުފެދިފައިވެ އެވެ. 

މިހާތަނަށް ކަންކަން ވެފައިވާ ގޮތަށް ބަލާއިރު، އީރާންގެ ލީޑަރުން ބޭނުން ވަނީ އެ މީހުންގެ ފުރިހަމަ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންގޮސް، އެންމެ ރަނގަޅު މަގުގައި ނިންމުންތައް ނިންމަން ކަމަށް ވެސް އަލް ޖަޒީރާގައި ބުނެފައިވެ އެވެ. 

އީރާންގެ އެންމެ މަތީ ވެރިޔާ ޚާމާނައީ އަވަހާރަވި ފަހުން އެ ޤައުމުގެ ވެރިކަން ކުރިއަށް ގެންދިޔުމުގައި އެ ޤައުމުގެ ލީޑަރުން ތިބީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެ މީހުން ސާބިތު ކޮށްދޭން ބޭނުން ވަނީ، މި ޙާލަތުގައި ވެސް އީރާންގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށެވެ. 

ހަނގުރާމައިގެ ދަނޑިވަޅެއްގައި ވެރިކަން ކުރިއަށް ގެންދިޔުމަކީ އީރާން އަށް ވަރަށް ބޮޑު ގޮން ޖެހުމަކަށް ވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އެ ޤައުމުން ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް މިހާރު އެކުލަވާލާފައިވާއިރު، އެ ކައުންސިލް އިން ވެސް ކަންކަން ކުރިއަށް ގެންދާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާންއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ އާޔަތުﷲ އަލީ ޚާމަނާއީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

02 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު