Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ކަމަށްވީ ނަމަވެސް، އެޗްޑީސީން އެ ސަރަހައްދު ހިސޯރުކޮށްގެން އުޅުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި. ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުނުވާ ފެއިލްވެފައިވާ ކެންޑިޑޭޓުން ހޮވުމުގެ ބަދަލުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައި. އެޗްޑީސީން ރައްޔިތުންގެ ލާބައަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި، ހުޅުމާލޭގެ ކަންކަން ސިޓީ ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 16:08
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުޅުމާލެ އުތުރުގައި ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަނީ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުޅުމާލެ އުތުރުގައި ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ޕީއެންސީގެ ކެންޑިޑޭޓުންގެ ތެރެއިން މިހާރުވެސް ކައުންސިލް މެންބަރުކަމުގައި ތިބި ކައުންސިލަރުން ކައުންސިލް ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ އުތުރުގައި ބޭއްވި އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ހުޅުމާލެ އުތުރުގައި ހުއްޓި ތިބޭއިރު ފެންނަނީ މުޅިން ވެސް "ގޮނޑު" ކަމަށާއި އެޗްޑީސީއަށް މިކަން ނުވާކަން ފެންނަ ކަމަށެވެ. އެޗްޑީސީ އަކީ ފައިދާއަށް މަސައްކަތްކުރާ ބައެއް ކަމަށާއި ރައްޔިތުންގެ ހެވާލާބައަށް މަސައްކަތްކުރާ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ގާނޫނުއަސާސީ ބުނާ ގޮތަށް ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ކަމުގައި ވާތީވެ މާލެ ސިޓީ ކައުންސިލަށް ހަވާލުކުރަން ޖެހޭ ކަމަށާއި އެހެންނަމަވެސް ހަވާލުނުކޮށް ތިބެ ގާނޫނާ ޚިލާފަށް އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. މިސާލަކަށް އެމްޑީޕީ އިން ވާދަކުރާ މެންބަރު ޒާޔާގެ ޕޯސްޓަރުތަކަށް ހުއްދަ ދޭން ބުނެގެން ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދާއިރާގެ ކެންޑިޑޭޓް ޒާޔާގެ ބޯޑުތަކަށް ހުއްދަދޭން ބުނެގެން ނުދީ ތިބީ. އަޅުގަނޑު ބުނަން އޮތް ވާހަކައަކީ، ޒާޔާގެ ބޯޑު މިތާ ޖެހޭނޭ. ޒާޔާގެ (އިޝްތިހާރު) ބޯޑު ޖަހާށޭ، ނުވެސް ނެގޭނޭ، ޖަހަމުންދާށޭ. އެއީ މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ ހުއްދައެކޭ. އެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދޭނީ. އެ ހުއްދަ ދޭންޖެހޭނީ މާލެ ސިޓީ ކައުންސިލުން. މި ތަނުގެ ދުއްވާ އެއްޗެއްސާއި، މި ތަނުގައި އުޅެންޖެހޭ ގޮތާއި، މި ތަނުގެ ކަންތައްތަކުގެ ހުއްދަތައް ދޭންޖެހޭނީ މާލެ ސިޓީ ކައުންސިލުން. ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް. މާލެ ސިޓީގެ އަވަށެއް. އެހެންވީމާ، މިތާ ކަންތައްތަކުގައި ގާނޫނާ ޚިލާފަށް އެ ބޭފުޅުން މިތަން ހިފަހައްޓައި، ހިސޯރުކޮށްގެން އުޅުމަކީ ސީދާ ޤާނޫނުއަސާސީ ޚިލާފަށް ކުރަމުންދާ ކަމެއް. 
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް 

އެމްޑީޕީގެ ކެންޑިޑޭޓު ހޮވައިފި ނަމަ މި ހުރިހާ ކަންތައްތަކަށް ވަކާލާތުކުރާނެ ކަމަށާއި އެހެންނަމަވެސް އަނެއް ޕާޓީން ކުރިމަތިލާ ބޭފުޅާއަކީ ކައުންސިލުގެ ޖަލްސާއަށް ނާދެވޭ ބޭފުޅެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. ޖަލްސާއެއް ނާދެވޭ ބޭފުޅެއް ކީއްކުރަން ކައުންސިލަށް ހޮވަންވީ ކަމަށް އޭނާ ސުވާލު ކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ މާލޭގެ އަވަށެއް ކަމުގައިވާ ހެންވޭރުގެ ދާއިރާއަކަށް ކުރިމަތިލައިގެން ހޮވިފައި ހުރީމާ ދެން އެތަނުން ނުހޮވޭނެތީވެ މިހާރު ހުޅުމާލެ އުތުރަށް އައި ކަމަށާއި އެތަނުގެ ރައްޔިތުންނަށް ނުފެނޭ ކަމަށެވެ. ސީދާ ފެއިލްވެފައި ތިބޭ ކައުންސިލަރުން ހޮވުމަކީ ރައްޔިތުންނަށް ނުހަނު ގެއްލުންވާނެ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލްސާއަށް ނާދެވޭ ބޭފުޅެއް ކީއްކުރަން މި ތަނަށް ހޮވަންވީ. ކީއްކުރަން ކައުންސިލަށް ހޮވަންވީ. މާލޭގެ އަވަށެއް ކަމަށްވާ ހެންވޭރުގެ ދާއިރާއަކަށް ކުރިމަތިލައިގެން ހޮވިފައި ހުރީމާ އެތަނުން ދެން ނުހޮވޭނެތީވެ، މިހާރު މި ތަނަށް އައިސް އުޅެނީ. އެތަނުގެ ރައްޔިތުންނަށް ނުފެނޭ. ނުފެނިފައި މިއަދު މި ތަނަށް އައިސް، މި ތަނުގެ ރައްޔިތަކަށް އޭނަ ފެންނަނީކީ ނޫން. އެހެންވީމާ، ކީއްކުރަންތޯއޭ މި ވަގުތު ވެސް ރައްޔިތުންގެ ކަންތައްތަކުގެ ނޫޅޭ މީހަކު ހޮވަންވީ. އެހެންވީމާ، ސީދާ ފެއިލްވެފައި ތިބޭ ކައުންސިލަރުން ހޮވުމަކީ ރައްޔިތުންނަށް ނުހަނު ގެއްލުންވާނެ ކަންތައްތައް. 
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް 

މޭޔަރު ވިދާޅުވީ މިހާރު ކުރަމުންދާ ހުރި މެންބަރުން ބާރަ ޖަލްސާތަކެއް އާދެވުނީ ދެ ޖަލްސާއަށް ކަމަށާއި އޭގެތެރެއިން އެއް ޖަލްސާއަށް ބޯ ދިއްކޮށްލި ކަމަށެވެ. މިކަހަލަ ބޭފުޅުން ހޮވައިގެން ގައުމެއް ކުރިއަރުވާނީ ކިހިނެއްތޯ ސުވާލު ކުރެއްވި އެވެ.

މޭޔަރު އެދިވަޑައިގަތީ ހުޅުމާލެ އުތުރު ދާއިރާގެ ޒާޔާއާއި ހުޅުމާލެ މެދު ދާއިރާގެ ސަފާތާއި ހުޅުމާލެ ދެކުނު ދާއިރާގެ ގާލިބު ހޮވައިދިނުމަށެވެ. އެ ބޭފުޅުން ހޮވައިދީފި ނަމަ ހުޅުމާލޭގައި ހިރަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކެނޑިނޭޅި ވަކާލާތުކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެންސީއާދަމް އާޒިމްހުޅުމާލެ އެމްޑީޕީމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިވަން ކުރާނެކަމަށް ވިދާޅުވި ޝަރުއީ ނިޒާމު އޮތީ ސަރުކާރުގެ "އުނގުތެރޭގަ"

މިނިވަން ކުރާނެކަމަށް ވިދާޅުވި ޝަރުއީ ނިޒާމު އޮތީ ސަރުކާރުގެ "އުނގުތެރޭގަ"

25 ފެބުރުއަރީ 2026
ޕީއެންސީ ސަރުކާރުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެ މިދިޔަ ދެ އަހަރު ގެންދިޔައީ ދޮގު ހަދަމުން: އަބްދުﷲ ޝާހިދު

ޕީއެންސީ ސަރުކާރުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެ މިދިޔަ ދެ އަހަރު ގެންދިޔައީ ދޮގު ހަދަމުން: އަބްދުﷲ ޝާހިދު

25 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

25 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

25 ފެބުރުއަރީ 2026
ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު