Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައްހަ ނޫން ލިޔުންތަކުގެ މައްސަލަ

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދެއްކުމަށް ސައްހަނޫން ލިޔުންތަކެއް އުފައްދައި އެޗްޑީސީއަށް ހުށަހެޅި މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި. މީގެ ތެރޭގައި ލިޔުންތައް އުފެއްދުމުގައި ބައިވެރިވި މީހުންނާއި އެނގިހުރެ އެ ލިޔުންތައް ބޭނުންކުރި މީހުން ހިމެނޭއިރު، މި މައްސަލާގައި ހިމެނޭ ކޮރަޕްޝަންގެ ބައިތައް އޭސީސީން ދަނީ ވަކިން ތަހުގީގު ކުރަމުން. މި އެންމެންގެ މައްޗަށްވެސް ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ސައްހަނޫން ލިޔުން އުފެއްދުމާއި ބޭނުންކުރުމުގެ ކުށުގައި.

މަޚްތޫމް
މަޚްތޫމް | 1 މާރިޗު 2026 | އާދީއްތަ 11:35
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން ގޯތިތަކާއި ހަވާލުވާން ގޮސް - ފައިލް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން ގޯތިތަކާއި ހަވާލުވާން ގޮސް - ފައިލް | ރާއްޖެއެމްވީ

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލާގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ 2026 މާރިޗު 1 ވީ އާދިއްތަ ދުވަހު އެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ސައްހަނޫން ލިޔުން އުފެއްދުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުﷲ އާއި ނ. ވެލިދޫ ޑޭޒީމާގެ އަޙްމަދު މާޒިންގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ދައުވާކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތުގައި އުޅެމުން، ބިމުގެ ހައްގުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުންތަކެއް އުފައްދާފައިވާތީ އެވެ.

މީގެ އިތުރުން، ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ މ. ފަޅުމަތީގެ އަރުޝަދު ޢަލީގެ މައްޗަށް ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް މި ދައުވާ ކުރަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅުނު އަޙްމަދު މާޒިންއާ ބައިވެރިވެގެން، ބިމުގެ ހައްގުވެރިންކަން ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުންތަކެއް އުފެއްދުމުގައި ބައިވެރިވެފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލާގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އިތުރު 9 މީހެއްގެ މައްޗަށް ވަނީ އުފުލާފަ އެވެ. އެ މީހުންނަކީ ސ. ހިތަދޫ ހަޒާރުމާގެ މަރްޔަމް ސާޢީ، މ. ޒޭވަރު މުޙައްމަދު ފަޟީލް ރަޝީދު، ޏ. ފުވައްމުލައް ދޫޑިގަން ދިލް އީމާ ވަހީދު، ދަފްތަރު ނަންބަރު ރސ 9044 ޢާއިޝަތު މަޢުރޫފާ، ހުޅުމާލެ ފްލެޓް ނަންބަރު 02-ޖީ-46 މުޙައްމަދު އާދަމް، ހއ. ދިއްދޫ ޖަމީލާގެ ޢަބްދުލްމަޖީދު މާހިރު، މ. ވެސްޓްކޯސްޓް ޙުސައިން ޒާހިރު ޒައިނު، މ. ފަޅުމަތީގެ އަޝްހަދު ޢަލީ އަދި މ. ފަޅުމަތީގެ އަޙްމަދު ޢަލީ އެވެ.

މި 9 މީހުންގެ މައްޗަށް ދައުވާކުރާ ސަބަބަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދެއްކުމަށާއި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށްޓަކައި، ސައްހަނޫން އެއްބަސްވުމާއި ރަޖިސްޓްރީ އެޗްޑީސީއަށް ހުށަހަޅާފައިވާތީ އެވެ. މި އެންމެންގެ މައްޗަށްވެސް ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުންނެވެ.

ޕީޖީ އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، ބިންވެރިޔާ ސްކީމާ ގުޅޭ މި މައްސަލާގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގު ނިމުމުން، އެ ބައިތަކުގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމްހުޅުމާލެ އެޗްޑީސީޕްރޮސެކިއުޓަރ ޖެނެރަލްއެންޓި ކޮރަޕްޝަން ކޮމިޝަން

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

28 ފެބުރުއަރީ 2026
އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް
26 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

26 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."
25 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

25 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް
25 ފެބުރުއަރީ 2026

ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

25 ފެބުރުއަރީ 2026
ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް
24 ފެބުރުއަރީ 2026

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

24 ފެބުރުއަރީ 2026
5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު