Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

އިންތިޚާބުތައް މަދުކުރުމަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކާ މެދު ސަރުކާރު ޖަވާބުދާރީވާ މިންވަރު ކުޑަވެ، ރައްޔިތުންގެ ބާރުވެރިކަން ގެއްލޭނެ ކަމެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ. އިންތިޚާބުތައް އެއްކޮށްލުމަކީ ސަރުކާރުން ރައްޔިތުންގެ ގާތަށް ދިއުން ހުއްޓާލުމަށް މަގުފަހިވާނެ ކަމެއް ކަމަށް ފާހަގަކުރައްވައި، މިއީ ރައްޔިތުންގެ މަސްލަހަތު އޮތް ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އިންތިޚާބުތައް އެއްކޮށްލުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި މިކަންކަމަށް ރައްޔިތުން ފުންކޮށް ވިސްނަންޖެހޭނެ ކަމަށް ޒިޔާދު ބަޔާންކުރެއްވިއެވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:21
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު. | ރާއްޖެ އެމްވީ

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަންތައް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އިންތިޚާބުތައް މަދު ވުމަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކާއި މެދު ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ މިންވަރު މަދުވުން ކަމަށެވެ.

Advertisement - newsAdvertisement

އަދި ކުއްލިއަކަށް ޤާނޫނުއަސާސީ ބަދަލުކޮށްގެން އިންތިޚާބުތައް މަދު ކުރުމަކީ ރައްޔިތުންގެ މަސްލަހަތާއި މަންފާ އޮތް ގޮތް ނޫން ކަމަށް ޒިޔާދު ވަނީ ސިފަކުރައްވާފަ އެވެ. 

" ހުޅުމާލޭގައި ވެސް އެނގިވަޑައިގަންނަވާނެ. ޕްރޮމޯޝަން ވެސް ދެނީ މިހެން. ހަގީގަތަކީ ރާއްޖޭގައި ކަން ހިނގަނީ މިހެން. ރަށްރަަށަށް ދަނީ ވެސް އިންތިޚާބެއް އޮތީމަ. އެހެންވީމަ އިންތިޚާބު މަދުވީމަ އެކަމުގެ ގެއްލުން ވާނީ އާއްމުންނަށް." ޒިޔާދު ވިދާޅުވި އެވެ.

އިންތިޚާބުތައް އެއްކޮށްލުމަކީ އެއްވެސް ސަރުކާރަކުން ރާއްޖޭގެ ރައްޔިތުން ކައިރި އަށް ނުދާނެ ގޮތަށް ކަންކަން މަގުފަހިކޮށްދިނުން ކަމަށް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު ވަނީ އެއީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލުން ކަމަށް ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު ފެންނަ ނުފެންނަ ވޯޓު ނަގާ އިރު ވިސްނަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ ބޭރު ޤައުމުތަކުގައި ވެސް މިޑް ޓަރމް އިލެކްޝަން އެއް ބާއްވާ ސަބަބަކީ ރައްޔިތުންނަށް ބާރުވެރިކަން ދިނުން ކަމަށެވެ. އެހެންވީމަ އިންތިޚާބުތައް އެއްކޮށްލުމަށް އާއެކޭ ބުނެގެން ނުވާނެ ކަަމަށް ޒިޔާދު ވިދާޅުވި އެވެ.

ހުސެއިން ޒިޔާދުވައިކަރަދޫއެމްޑީޕީހުޅުމާލެ ކައުންސިލް އިންތިޚާބުރިޔާސީ އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

24 ފެބުރުއަރީ 2026
އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

24 ފެބުރުއަރީ 2026
ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

23 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު