Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލިފާނުގެ ހާދިސާ

ހުޅުމާލޭ އެޕާޓްމަންޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެންޑީއެމްއޭއިން އެ އާއިލާއަށް ބޭނުންވާ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މުދަލަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 10:01
ހުޅުމާލެ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

ހުޅުމާލެ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. | އެންޑީއެމްއޭ

ހުޅުމާލެ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ. 

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 11:00 ހާއިރު އެވެ. 

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ހުކުރު ދުވަހުގެ ރޭ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުން ތަކެއްވެފައިވާ ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީން އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 

ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓްގެ ބަދިގެ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ބަދިގޭގެ ކަބަނޑުތައް އަދާފައިވާއިރު، ސީލިންގަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

މިފަހުން ހުޅުމާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. ޖެނުވަރީ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 31 ޖެނުއަރީވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ފޭސް-1ގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވެ އެވެ.

ހުޅުމާލެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

19 ފެބުރުއަރީ 2026
ޕިކަޕެއް ދަށުގައި މަސައްކަތް ކުރަން އޮތް ދިވެހި ފިރިހެނެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިގެން އެ މީހާ މަރުވެއްޖެ

ޕިކަޕެއް ދަށުގައި މަސައްކަތް ކުރަން އޮތް ދިވެހި ފިރިހެނެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިގެން އެ މީހާ މަރުވެއްޖެ

16 ފެބުރުއަރީ 2026
ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

13 ފެބުރުއަރީ 2026
ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!

ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!

08 ފެބުރުއަރީ 2026
ރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

ރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު