Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ އިންތިހާބު އެއްކުރުން

ދެ އިންތިޚާބު އެއްކޮށްލަނީ އެއްގޮތަކަށް ވެސް ޚަރަދު ކުޑަކުރާކަށް ނޫން، 2028 ގެ އިންތިޚާބު ހޯދަން: ފައިސަލް

އިންތިޚާބުތައް އެއްކޮށްލުމަކީ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. ޤާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާއެކު ކަމަށާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ޚަރަދުތައް ކުޑަކޮށްގެން ދައުލަތަށް ބޮޑު ސަލާމަތެއް ހޯދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި. ވަކި ބަޔަކަށް ފަސޭހަވާނެހެން ނިޒާމު ބަދަލުކުރުމަކީ ޤައުމުގެ މުސްތަޤުބަލަށް އޮތް ނުރައްކަލެއް ކަމަށްވެސް ފައިސަލް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 19:06
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް. | ރާއްޖެ އެމްވީ

ހަރަދު ކުޑަކުރުމުގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދިފާއުކުރުމަށްޓަކައި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ޤާނޫނުއަސާސީ އިޞްލާޙުކުރާ ކަމަށްވަންޏާ މިހާރު މި އޮތް ގޮތުން އެއީ ޕާޓީތަކުގެ މެދުގައި ވާހަކަދައްކައިގެން އެއްބަސްވެވޭ ގޮތެއް އެއްބަސްވެވޭން އެބަޖެހޭ ކަމަށެވެ. ނަމަވެސް ސުޕަރ މެޖޯރިޓީ އޮތީތީވެ ވެރިކަން ހިނގާ ޕާޓީއަށް ރަނގަޅުވާނެހާ ގޮތްތަކަށް ބަދަލުތައް ގެންނަމުން ދަނީ ކަމަށް ފައިސަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އެކަން ކުރިއަސް ދެ ވޯޓު އެއްކޮށްލަނީ ހަމަ ސީދާ 2028 ގައި ރިޔާސީ އިންތިހާބު ދިފާއުކުރުމަށްޓަކައި ކަމަށާއި މަގު ކުރުކޮށްލައިގެން ފަސޭހައިން އެކަން ކުރެވޭނެތީ ކަމަށެވެ. އެއްގޮތަކަށް ވެސް ހަރަދު ކުޑަކުރާކަށް ނޫން ކަމަށާއި ހަރަދުގެ ވާހަކަ ދައްކާ ކަމަށްވަންޏާ ވަރަށް ބައިވަރު ވާހަކަ ދެއްކިދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެއްގޮތަކަށްވެސް ޚަރަދުކުޑަކުރާކަށް ނޫން. ޚަރަދުގެ ވާހަކަ ދައްކާކަމަށް ވަންޏާ ވަރަށް ބައިވަރު. ވާހަކަ އަޅުގަނޑުމެންނަށް ދެއްކިދާނެ. އެއީ، މުޅިން އެހެން ކަމެއް ޚަރަދު ކުޑަކުރުމަށްޓަކައި ކުރެވޭނީ. ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ޚަރަދު ކުޑަ ސަރުކާރެއްގެ ގޮތުގައި ހިންގަން ފުރަތަމަވެސް ވިދާޅުވި ދެއްތޯ. އެގޮތަށް ވަޢުދުވީ ވެސް. އެކަމަކު ޚަރަދު އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި، ސްޓޭޓް މިނިސްޓަރުންގެ އަދަދާއި، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު އެއްކޮށްލީމަ ވެސް ގާތްގަނޑަކަށް މި ފަސް އަހަރުގެ ތެރޭގައި އެބަދޭ ބިލިއަނަކަށްވުރެ ބޮޑަށް. ބިލިއަނަކަށްވުރެ ބޮޑަށް. އެހެންވީމާ، ޚަރަދު ކުޑަކުރާ ކަމަށް ވަންޏާ ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި އިނގޭތޯ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ 2019 ވަނަ އަހަރު 23 ބިލިއަނުގައި އޮތް ސަރުކާރުގެ އާމްދަނީ 2020 ގައި ކޮވިޑުގައި 15 ބިލިއަނަށް ދަށްވެގެންދިޔަ ކަމަށާއި މިހާރު 2024 ގައި އެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވީމާ ހަރަދު ކުޑަކުރަން ކުރާ ކަމަށްވަންޏާ ހަމަ ފަސޭހައިން ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވަކިން ހާއްސަކޮށް ވޯޓުގެ ކަންތައްތަކުގައި ފުންކޮށް ވިސްނާލަން އެބަޖެހޭ ކަމަށެވެ. ވަކި ޕާޓީއެއްގައި ތިބީތީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި މިއީ ސީދާ ޤައުމުގެ މުސްތަޤުބަލާ ގުޅިފައި އޮތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އެހާ ފަސޭހަކަމާއެކު ބޭނުންހާ ގޮތަކަށް ކަންތައްތައް ކޮށްލެވޭނެ ނިޒާމެއް ރޭވިފައި އޮތުމަކީ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކަމަށެވެ. ފަހަރެއްގައި ވަގުތަކު ވެރިކަން ކުރާ ފަރާތަށް ދެން އަންނަނީ އެހެން ބައެއް ކަމަށްވަންޏާ ފަސޭހަ ގޮތްތަކަށް ޤާނޫނު އޮތް ކަމަށްވަންޏާ އެ ބަޔަކަށް ފަސޭހަވެދާނެ ކަމަށާއި އެއިން ރައްޔިތުންނަށް ފައިދާ ނުކުރާނެކަން ވަރަށް ސާފު ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ނަސީމްރައްޔިތުންގެ މަޖިލިސްގާނޫނު އަސާސީ އަށް ބަދަލު ގެނައުން2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

19 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު
19 ފެބުރުއަރީ 2026

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

19 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ
17 ފެބުރުއަރީ 2026

ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް މި ސަރުކާރުން ގާއިމް ކުރީ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލުމުގެ ރިކޯޑް: މެންބަރު ޝަމްހީދު

17 ފެބުރުއަރީ 2026
ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް މި ސަރުކާރުން ގާއިމް ކުރީ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލުމުގެ ރިކޯޑް: މެންބަރު ޝަމްހީދު
17 ފެބުރުއަރީ 2026

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

17 ފެބުރުއަރީ 2026
އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް
17 ފެބުރުއަރީ 2026

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

17 ފެބުރުއަރީ 2026
މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު