Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާލު ހޯދުމުގެ ވޯޓު

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮލުމުގައި ހީލަތްތެރިކަން ވަރަށް ބޮޑު ކަމަށާއި، މި އިސްލާހާއެކު، ހިނގަހިނގާ އޮތް ދައުރެއް މުއްދަތު ބަދަލު ކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް. މިއީ އެންމެ ނުރައްކާތެރި އިސްލާހެއްކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ދައުރު ބަދަލުކުރެވޭ ގޮތަށް ކަނޑައެޅިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބަކީ ފެންނަ ނުފެންނަ ވޯޓަކުން ނިންމިދާނެ އެއްޗެއް ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 11:28
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓާއެކު، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަމްހީދު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމުގެ ހީލަތް ވަރަށް ބޮޑު ކަމަށާއި، މި އިސްލާހާއެކު، ހިނގަހިނގާ އޮތް ދައުރެއް މުއްދަތު ބަދަލު ކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.  މިއީ އެންމެ ނުރައްކާތެރި އިސްލާހެއްކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ދައުރު ބަދަލުކުރެވޭ ގޮތަށް ކަނޑައެޅިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބަކީ ފެންނަ ނުފެންނަ ވޯޓަކުން ނިންމިދާނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ޝަމްހީދު ވިދާޅުވީ، މިސަރުކާރަކުން ޑިމޮކްރަސީ ހަރުދަނާ ކުރާކަށް ގާނޫނެއް ނުގެންނާނެ ކަމަށާއި، ދިވެހި ރައްޔިތުން ބާރުވެރި ކުރުވުމަށް ވެސް މިސަރުކާރުން ގާނޫނެއް ނުގެންނާނެ ކަމަށެވެ. މިހާތަނަށް މިފަދަ މަންޒަރެއް ފެނިފައިނުވާ ކަމަށާއި، މިހާރު ގާނޫނުން ރައްޔިތުންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްގު ވެސް ނިގުޅައިގަތުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ، ޕީއެންސީން ދިވެހި މާލިއްޔަތު އިސްރާފު ކުރަމުންދާ ކަމަށާއި، ޕީއެންސީގެ އެއްޗެއްގެ ގޮތުގައި މާލިއްޔަތު ހަދާފައިވާ ކަމަށެވެ. 

ދިވެހި މާލިއްޔަތަށްވުރެ އިސްރާފު ކުރަމުން، ޕީއެންސީގެ އެއްޗެއްގެ ގޮތުގައި ދިވެހި މާލިއްޔާ ހެދި ބަޔަކު ނުތިބޭނެ ދިވެހިރާއްޖޭގެ 2008 ވަނަ އަހަރު ގާނޫނު އަސާސީ ވުޖޫދުވި ފަހުން. ދިވެހި މާލިއްޔާ މި ބޭނުން ކުރަނީ ޕީއެންސީއަށް ހަރަދު ކުރާ ތަނެއްގެ ގޮތުގައި. ޕީއެންސީގެ މުވައްޒަފުން ރަށްރަށަށް މި ނަގަނީ. އާރްޑީސީގެ ނަމުގައި ވެސް. އަދި ވެމްކޯގެ ނަމުގައި ވެސް ޕީއެންސީގައި. ޕީއެންސީގެ ހަމައެކަނި މަސައްކަތަކީ ޕީއެންސީއަށް ވޯޓު ހޯދައިދިނުން. އެހެންވީމަ ޕީއެންސީއަށް މިއަދު މުޅި މާލިއްޔާ ހަރަދު ކުރަމުންދާ ބަޔަކު ދިވެހި ރައްޔިތުން ވޯޓުލުމުގެ ހައްގަށްޓަކައި 30 ނުވަތަ 40 މިލިއަން ރުފިޔާ އެއީ ބޮޑު އެއްޗަކަށް ވެގެން އެކަން ބަދަލު ކުރަން ހެދޭނެ ކަމަކަށް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު 

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލު ކުރުމަށް ވެސް އެމްޑީޕީން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. 

އަހްމަދު ޝަމްހީދުއެމްޑީޕީޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

01 މާރިޗު 2026
ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

01 މާރިޗު 2026
އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"

އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"

28 ފެބުރުއަރީ 2026
ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

28 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު