Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިޚާބު އެއްކުރުން

ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ނިންމީ އިދިކޮޅު މެންބަރުން މަޖިލީހުން ބޭރުކޮށް، ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި. މިއީ ރައްޔިތުން ބަސްބުނުމަށް ލިބޭ ފުރުސަތުތައް ހަނިކޮށް، ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2026 | ބުރާސްފަތި 18:22
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. 19.02.2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. 19.02.2026 | ސްކްރީން އިމޭޖް

ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަދައްކަވަމުން، ޝާހިދު ވިދާޅުވީ މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކުރާ ކަމަށެވެ.

މިއީ ނިޒާމީ ގޮތުން ވަރަށް ބޮޑަށް އޮޅުވާލުމަށް ހިންގާ އަމަލެއް ކަަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. ޝާހިދު ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމަށް ރިފަރެންޑަމް އެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގަދަކަމުން މަޖިލީހުން އިދިކޮޅު މެމްބަރުން ނެރެ، އުކާލުމަށް ފަހުގަ އެވެ. އެ މަރުހަލާ ކުރިއަށް ދިޔަ ގޮތަށް އެކަނި ބެލިއަސް މިއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ނޫންކަން ހާމަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައްޔިތުންގެ ފަރާތުން ބަސް ބުނުމުގެ ދެ ފުރުސަތެއް އެއް ފުރުސަތަކަށް އެއްކޮށްލަނީ. 5 އަހަރު ތެރޭގައި ބަހެއް ބުނުމަށް ފަހު ރައްޔިތުން ތިބެން ޖެހޭނީ އަނގަ ބަންދުކޮށްގެން." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައި ވަނީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ރައްޔިތުންނަށް ބަސް ބުނަން ފުރުސަތު ހޯދާދޭނެ ޕާޓީ އެއް ކަަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބަސްބުނަން ލިބޭ ފުރުސަތުތައް ހަނިކުރުމަކީ އެ ޕާޓީގެ ވިސްނުމެއް ނޫން ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީ އަކީ ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމަށް ތާއީދު ކުރާ ޕާޓީ އެއް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓުޑިމޮކްރަސީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

19 ފެބުރުއަރީ 2026
ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

19 ފެބުރުއަރީ 2026
16.1 މިލިއަން ރުފިޔާ ބަހަން ރައީސް މުޢިއްޒު ނިންމި މައްސަލަ އޭސީސީ އަށް، ގާދިއްފުށިން މުވައްޒަފުން އެހެން ރަށް ރަށަށް ފޮނުވާ މައްސަލަ އީސީ އަށް

16.1 މިލިއަން ރުފިޔާ ބަހަން ރައީސް މުޢިއްޒު ނިންމި މައްސަލަ އޭސީސީ އަށް، ގާދިއްފުށިން މުވައްޒަފުން އެހެން ރަށް ރަށަށް ފޮނުވާ މައްސަލަ އީސީ އަށް

19 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

19 ފެބުރުއަރީ 2026
ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު