Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

އެމްޑިޕީ އިން ގަބޫލުކުރާ ގޮތުގައި ގެންނަން އުޅޭ ބަދަލަކީ ހުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވާނެ ކަމެއް ކަމުން، އެކަށީގެންވާ ވަގުތު ނުދީ އަވަސްއަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހޭ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ނަގާ މި ވޯޓުގައި "ނޫނެކޭ" ބުނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފަ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:42
އެމްޑީޕީ އިން ބޭއްވި ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން

އެމްޑީޕީ އިން ބޭއްވި ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓު ނެގުމާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކުރުމަށް އެމްޑީޕީ އިން ނިންމައިފި އެވެ. 

އެމްޑީޕީއިންް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަ ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު އެވެ. މައުރޫފް ވިދާޅުވީ،  ހުދުމުޚުތާރު ވެރިކަމަކަށް ރާއްޖެ އަނބުރާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވާން ޖެހޭ ކަމަށާއި، އެކަމުގައި އެމްޑީޕީ އިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

މައުރޫފް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށްޓަކައި އެމްޑީޕީ އިން ގިނަ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު މާޗު މަހުގެ 21 ވަނަ ދުވަހު އެކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ވެސް ބާއްވަން ނިންމާފައިވާކަން މައުރޫފް އިއުލާންކުރެއްވި އެވެ. 

މީގެ އިތުރުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓުގައި އެކަމަށް ނޫނެކޭ ބުނުމަށް ނިންމައިފަ އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ޤާނޫނުއަސާސީ އަށް ބަދަލު ގެނެސް ބިލު ދިރާސާ ކުރުމަށާއި ބިލާއި މެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން ބިލު ފާސްކުރުމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ  މެންބަރުން ވަނީ މަސައްކަތް ކޮށްފަ އެވެ. 

އެމްޑީޕީ އިން ފާހަގަކުރާ ގޮތުގައި ސަރުކާރުން އަމާޒު ހިފާފައި ވަނީ އެ ދެ އިންތިޚާބު އެއްކޮށްލަން ކަމަށް ވާއިރު ކައުންސިލް އިންތިޚާބާއި އެކު ރިފަރަންޑަމް އެއް ނެގުމަކީ ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި ހޭލުންތެރިކުރުމަށް އަދި ކެމްޕެއިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. 

އެމްޑީޕީމައުރޫފް ޒާކިރުރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026
5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

24 ފެބުރުއަރީ 2026
އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

24 ފެބުރުއަރީ 2026
އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

24 ފެބުރުއަރީ 2026
ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު