Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ އިންތިޚާބު އެއްކޮށްލުން

އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި 2028 ވަނަ އަހަރުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް މެމްބަރު ޑރ. އަހުމަދު ޝަމްހީދު ތުހުމަތު ކުރައްވާފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 17:35
އެމްޑީޕީ ހަރުގެ ޖަލްސާގައި ޝަމްހީދު ވާހަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި ޝަމްހީދު ވާހަދައްކަވަނީ | ރާއްޖެއެމްވީ

 އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޝަމްހީދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

2008 ގައި އެމްޑީޕީ އިން ދިވެހިންނަށް ހޯދައިދިން އެންމެ ބޮޑު ހައްގަކީ ވޯޓުލުމުގެ ހައްގު ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެ ހައްގު ނިގުޅައިގަންނަން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަނީ ޚަރަދު ކުޑަ ކުރުމަށް ކަމަށް ބުނި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ކައިރިއަށް ދާން ނުޖެހި ކޮންމެ 5 އަހަރަކުން އެއް ފަހަރު ނޫނީ ޕީއެސްއައިޕީ މަޝްރޫޢުތައް ނުހިންގާ ބޭއްވި ދާނެ. އެހެން ޚަރަދު ކުޑަ ވާނެ. އެ ނޫން ގޮތަކަށް ޚަރަދު ކުޑަ އެއް ނުވާނެ." ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ 2028ގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވާ ނަމަ މިހާރު ތިބި މެމްބަރުންގެ މަޖިލީސް ދައުރު ކުރުވާކަމަށެވެ. އެއީ ވެސް ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ޝަމްހީދު ފާހަގަކުރެއްވި އެވެ. ޝަމްހީދު ވަނީ މި ވެރިކަމުގައި ޤާނޫނުއަސާސީ އަށް ބަދަލު ގެންނަމުންދާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އަދި އިންތިޚާބުތައް އެއްކޮށްލުމުގައި އިޚުލާސްތެރިކަމެއް ނެތް ކަަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

 

އަހްމަދު ޝަމްހީދުހުޅުމާލޭ ދެކުނު ދާއިރާއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

20 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

20 ފެބުރުއަރީ 2026
މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު