Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނުއަސާސީއަށް ބަދަލު ގެނައުން

ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގާނޫނުއަސާސީއަށް އިސްލާހު ގެނެސް އިންތިޚާބުތައް އެއްކޮށްލުމަކީ ޚަރަދު ކުޑަކުރުމަށްވުރެ ބޮޑަށް، ސަރުކާރުން ބާރުތައް ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފައިދާހުރި ގޮތަކީ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމާއި، ވިދިވިދިގެން މެންބަރުކަން ނުކުރެވޭ ގޮތަށް ހެދުން ކަމަށެވެ. އަދި އިންތިޚާބުތަކުގެ މުއްދަތަށް ބަދަލު ގެނައުމަކީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސަވާރުވުން ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 13:04
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް. | ރާއްޖެ އެމްވީ

ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ތަފާތު އެކި ބަދަލުތައް ގެންނަނީ ރައްޔިތުންނާއި މެދު ވިސްނާ ހަރަދު ކުޑަ ކުރުމަށްވުރެ ބޮޑަށް ސަރުކާރު އިތުރު ދައުރަކަށް ވިސްނާތީ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތުމުން ސަރުކާރުން ބޭނުންގޮތަކަށް ގާނޫނު އިސްލާހު ކުރުމުން ގާނޫނަކަށްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮންމެ ގޮތަކަށް އެއްޗެއް ޑްރާފްޓުކޮށްލިޔަސް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުން އެ ގާނޫނަކަށް ބަދަލުވާ ކަމަށާއި، ނަމަވެސް އެ ތަސްދީގުކުރެވޭ ގާނޫނަކީ ގަބޫލުކުރެވޭ އެއްޗަކަށް ވާން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ދެ އިންތިޚާބު އެއްކުރުން، ތިން އިންތިޚާބު އެއްކުރުން، ޓަރމް ލިމިޓެއް ނޯންނަ ގޮތަށް އުވާލުން، ދައުރު ދިގުދަންމާލުން، މިއީ މީހުން ކުރާ ޒާތުގެ ކަންތައްތަކެއް ނޫން ކަމަށެވެ. ފައިސަލް ވިދާޅުވީ ޤާނޫނުއަސާސީ އިން ތިން ބާރު ވަކިވެ, މުއްދަތުތަކެއް ދެވި ޓަރމް ލިމިޓުތަކެއް ވެސް އޮތީ ދެވިފައި ކަމަށެވެ.

މީގައި ބަދަލު ގެންނަ ކަމަށް ވަންޏާ ހިނގާށޭ ރައްޔިތުންގެ މަޖިލީހުގެ އަދަދު މަދުކުރަން. 100 އެއްހާ މެންބަރުން ތިބެގެން ކޮން ކަމެއްހެއްޔޭ ވަކި ކުރެވޭނީ، 50 މެންބަރުން ތިބެގެން ނުވާ ކޮންކަމެއް. މަޤާމުގައި ހުންނަ ބޭފުޅަކަށް، އެ މަޤާމުގައި ހުރެފައި ދެން ވިދިގެން އަންނަ، ދެން ޖެހިގެން އަންނަ ދައުރަކަށް ކުރިމަތިނުލެވޭ ގޮތަށް ހަދަންވީ ނޫންތޯ. އޭރުން ވަރަށް ޤައުމަށް ރަނގަޅުވާނެ. ވަރަށް ރައްޔިތުންނަށް ރަނގަޅުވާނެ. އެ ކޮންމެ ގޮތެއްވިޔަސް އިންސާނުންނަށް ވީތީ އެ މަޤާމުގައި ހުރެގެން، އެ މަޤާމު ދިފާޢުކުރަން އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، އޭގެ މަންޒަރުތައް، އެކި ކަންތައްތައް، އެކި ބަދަލުތައް، އިތުރު ވަޒީފާތައް ދިނުން. ހިތުހުރިހާ ގޮތަކަށް އެކިއެކި ޚަރަދުތައް ކުރުން. ބޭނުންހާ އިޞްލާޙުތަކެއް، މި ބަދަލުތަކެއް ގާނޫނުތަކަށް ގެނައުން. އެއީ، ރައްޔިތުންނަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ. ރައްޔިތުންނަކަށް ރަނގަޅެއް ނުވާނެ އެގޮތެއް.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް 

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކުރާ ކަމުގައިވާނަމަ، ވިދިވިދިގެން މެންބަރުކަން ނުކުރެވޭ ގޮތަށް ހެދިދާނެ ކަމަށެވެ. އަދި ޤައުމާ ދޭތެރޭގައި ވިސްނައިގެން، ވެރިކަމަށް އައުމުގެ ވިސްނުން ނުގެންގުޅެ ރައްޔިތުންނާއި ގައުމަށް ރަނގަޅުގޮތް ހެދިދާނެ ކަމަށެވެ. ނަމަވެސް މިހާރު މި ވިސްނަނީ އިތުރު ދައުރަކަށް ކަމަށާއި، ރައްޔިތުންނާއި މެދު ސަރުކާރުން ނުވިސްނާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ކަމަށް ވާ ނަމަ ބާއްވަންވީ ރިޔާސީ އިންތިޚާބާ ތަންކޮޅެއް ދުރުގައި ކަމަށެވެ. މިހާރު ލިބެނީ ގާތްގަނޑަކަށް 6 ވަރަކަށް މަސް ކަމަށާއި، އެއަށްވުރެ ވެސް ލަސްކުރުން ރަނގަޅުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވިސްނަންޖެހޭނީ، އެ ވަގުތަކު ވެރިކަންކުރާ ފަރާތަށް، ނޫނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރިމަތިލާ ފަރާތްތަކަށް ފައިދާ ހުންނަ ގޮތްތަކަކަށް ނޫން ކަމަށާއި، ބަލަންވީ ރައްޔިތުންނަށް މީގައި އެންމެ ރަނގަޅުވާނެ ގޮތްތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. 

މަޖިލީހުގެ މެންބަރަކީ ވެސް ހަމަ ރައްޔިތެއްގެ ގޮތުގައި ތާ ހުންނާނީ. އަބަދަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަދި ރައީސުލްޖުމްހޫރިއްޔާ ގޮތަށް ވެސް ހޮވޭ މީހަކު ނުހުންނާނެ. އަޅުގަނޑުމެން މި ގަބޫލުކުރަނީ، މީގެ ސަބަބުން ސަރުކާރު، އޭގައި އޮންނަ ބާރުގެ ތެރެއިން ގޮސް އެ މީހުން ބޭނުންވާ ކަންތައްތަކެއް ކުރުން. މިހާރުވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ ނޫންތޯ؟ އެހެންވީމާ، މީކީ ޚަރަދު ކުޑަކުރުމަށްޓަކައި ކުރާ ކަމެއް ނޫނޭ. ރައްޔިތުންގެ ގާތަށް ގިނައިން ދިއުމޭ ރަނގަޅީ އިންތިޚާބުތަކުގައި ރައްޔިތުންގެ ބަސް ހޯދަން. ރައްޔިތުންނަށް ފެންނަ ގޮތެއް ހޯދުމަށްޓަކައި ގިނަގިނައިން ދިއުމޭ އިންތިޚާބުގައި ވެސް. އަވަސް އަވަހަށް ބޭއްވުން މީ ރަނގަޅު ގޮތަކީ. ރިޔާސީ ދައުރުތަކަކީ ވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކި ވަރުވަރަށް މި ހުންނަނީ. ނުވަތަ 5 އަހަރާހާ، 4 އަހަރަށް. އެކަހަލަ ގޮތަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެކަހަލަ ގޮތަކަށް މި އޮންނަނީ. އެކި ޤައުމުތަކުގައި އޮންނަނީ އެކި މުއްދަތުތައް ދީފައި. އޮތްއިރު، މީގައި ރަނގަޅީ ރައްޔިތުންނާ ހަމައަށް ދިޔުން. އޭރުން ރައްޔިތުންނަށް ކަމުދާ ގޮތަކަށް އެ މީހުން ގޮތް ނިންމުމުގެ ފުރުޞަތު އެ މީހުންނަށް ލިބެންޖެހޭނެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް 

ފައިސަލް ވިދާޅުވީ މިހާރު ވާ ގޮތުން ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް ގޮތް ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް ގެއްލިގެންދާ ކަމަށެވެ.  މިއީ ކޮށްގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި، ޤައުމު މިއަދު މި އޮތީކީ މިކަހަލަ މިއީ ތާކުންތާކުނުޖެހޭ ކަންތައްތައް ކުރާ ހިސާބެއްގައި ނޫން ކަމަށެވެ. 

ފައިސަލް ވިދާޅުވީ ޤާނޫނުއަސާސީން އިޞްލާޙުކޮށް، ރާއްޖެއަށް 2008 އިން ފެށިގެން މިއަދާ ހަމައަށް 17، 18 އަހަރުގެ ތެރޭގައި މިއައި ބަދަލުތަކާއި، ޙައްޤުތަކާއި، މިނިވަން ކަމާ، ރާއްޖެއަށް ލިބުނު ތަރައްޤީއާއި، މީހުންނަށް ފުދުންތެރިކަމަށް އިތުރުވީ މިންވަރާއި، އަޅުގަނޑުމެންނަށް ދުނިޔޭގެ ޤައުމުތަކަށް ގުޅިފައި ހުރި މިންވަރާ، މި ހުރިހާ ކަމަކަށް ބަލައިގެން ތަހުޒީބު ޤައުމެއްގެ ގޮތުގައި  ތިބިއިރު އިންތިހާބު އެއްކޮށްލުމަކީ ކުރާވަރުގެ ކަންކަން ނޫން ކަމަށެވެ. އަދި މިއީ ކުރީ ޒަމާނެއްގެ ތެރެއަށް ވެއްޓުން ކަމަށް ފައިސަލް ސިފަ ކުރެއްވި އެވެ. 

ފައިސަލް ނަސީމްރައްޔިތުންގެ މަޖިލިސްގާނޫނު އަސާސީ އަށް ބަދަލު ގެނައުންރިޔާސީ އިންތިޚާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލަނީ އެއްގޮތަކަށް ވެސް ޚަރަދު ކުޑަކުރާކަށް ނޫން، 2028 ގެ އިންތިޚާބު ހޯދަން: ފައިސަލް

ދެ އިންތިޚާބު އެއްކޮށްލަނީ އެއްގޮތަކަށް ވެސް ޚަރަދު ކުޑަކުރާކަށް ނޫން، 2028 ގެ އިންތިޚާބު ހޯދަން: ފައިސަލް

22 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

19 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

19 ފެބުރުއަރީ 2026
ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް މި ސަރުކާރުން ގާއިމް ކުރީ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލުމުގެ ރިކޯޑް: މެންބަރު ޝަމްހީދު

ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް މި ސަރުކާރުން ގާއިމް ކުރީ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލުމުގެ ރިކޯޑް: މެންބަރު ޝަމްހީދު

17 ފެބުރުއަރީ 2026
އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު