Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް މި ސަރުކާރުން ގާއިމް ކުރީ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލުމުގެ ރިކޯޑް: މެންބަރު ޝަމްހީދު

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން، މެންބަރު ޝަމްހީދު ވަނީ މި ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ހަލާކުކުރި ސަރުކާރުގެ ގޮތުގައި ސިފަކުރައްވާފަ. ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ފުރުސަތު ދީގެން އާންމުން ކުރާ ވިޔަފާރިތަކަށް ސަރުކާރުން ވަންނަމުންދަނީ ރޭވިގެން ރައްޔިތުންނަށް ޖެއްސުން ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި. އެހެންކަމުން، ދިވެހި ވިޔަފާރިތަކަށް ސަރުކާރުން ދެމުންދާ މިފަދަ އަނިޔާތައް ވަގުތުން ހުއްޓާލުމަށް ޝަމްހީދު ގޮވާލެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 10:07
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް ރާއްޖޭގެ ކުދި ވިޔަފާރިތައް ފުނޑާލާފައިވާ ކަމަށް  ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ މި ސަރުކާރަކީ ދިވެހި ރާއްޖޭގެ ތާރީޚު ގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލި ސަރުކާރު ކަމަށެވެ. މިކަމާ ދެބަސްވާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ޝަމްހީދު ވިދާޅުވީ މިއީ ރޭވިގެން ކުރާ ކަމެއް ކަމަށާ ސަރުކާރުން އާންމުން ކުރާ ވިޔަފާރިތަކަށް ވަންނަމުންދަނީ ވެސް ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށެވެ.

މިހާރު ކަބަޑު ޖަހަނީ ޗައިނާއިން. މިފަދަ ކަންކަމަކީ ކުދި ވިޔަފާރިތަކުން ކުރަމުން އައި ކަންކަން ރަށްރަށުގައި. މިއަދު ސަރުކާރުގެ އެސްއޯއީތައް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ދީގެން މިކަންކަން ކުރަނީ. ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސް ދިވެހި ވިޔަފާރިތަކަށް މި ސަރުކާރުން ދޭ އަނިޔާ ހުއްޓާލަން ޖެހޭ،
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު 

އިދިކޮޅު ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިންނާ އާންމު ރައްޔިތުން ވެސް ވަނީ ސަރުކާރުން އަމިއްލަ މީހުންގެ ވިޔަފާރިތަކަށް ވަދެ ވިޔަފާރިތައް ހަލާކު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެގޮތުން އައިނު ހެއްދުމުގެ މަސައްކަތް ފާހަގަކޮށް ބައެއް ވިޔަފާރިވެރިން ވަނީ މީގެ ކުރިން އަމިއްލަ ވިޔަފާރިތަކުން ވެސް ނަންބަރު އައިނު ވިއްކަމުން ދިޔަ ކަން ފާހަގަ ކޮށްފަ އެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މި ސަރަހައްދުގައި ގައުމުތަކުގައި ދެމުންދާ ސަރވިސް އެކޮލިޓީގައި ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން އެކަން ކުރަމުން ދާއިރު މިއަދު ވެސް އެކަން ކުރަމުން އަންނަނީ އެގޮތަށް ކަމަށް ވެސް ބުނެފަ އެވެ. 

ކަން އެހެން އޮތްނަމަވެސް ފެންނަނީ، އައިނު ކުންފުންޏެއް ހަދާފައި ސަރުކާރުން އެ ވިޔަފާރިތެރިއަށް ވަތްތަން ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި މިއީ އެ ވިޔަފާރިތަކަށް ދޭ ބޮޑު ގެއްލުމެއް ކަމަށް ބުނެފައި ވެ އެވެ. 

އަހްމަދު ޝަމްހީދުވަޒީފާއާއި ބެހޭ ގާނޫނުރައްޔިތުންގެ މަޖިލިސްވިޔަފާރިވެރިންކުދި ވިޔަފާރިވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

17 ފެބުރުއަރީ 2026
މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

17 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

16 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮލުން: ރައީސް ސޯލިހުގެ ހިޔާލަކީ މަޖިލިސް އިންތިހާބުގެ ދައުރުގެ މެދުތެރެއިން ބޭއްވުން ނުވަތަ މިޑްޓަރމް އިންތިހާބެއް ވަކިން ބޭއްވުން

ދެ އިންތިހާބު އެއްކޮލުން: ރައީސް ސޯލިހުގެ ހިޔާލަކީ މަޖިލިސް އިންތިހާބުގެ ދައުރުގެ މެދުތެރެއިން ބޭއްވުން ނުވަތަ މިޑްޓަރމް އިންތިހާބެއް ވަކިން ބޭއްވުން

15 ފެބުރުއަރީ 2026
މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު