Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުން 1200 ބޮން އީރާން އަށް އަޅާފައިވާ ކަމަށް. މި ހަމަލާ ތަކަކީ އީރާންގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށްގެން ދެމުންދާ ވަރުގަދަ އަަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން ދީފައިވާ ހަމަލާ ތަކެއް ކަަމަށް ވެސް އިޒްރޭލް އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2026 | އާދީއްތަ 08:46
އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި ގެއްލުން ވެފައިވާ އީރާންގެ އިމާރާތެއް.

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި ގެއްލުން ވެފައިވާ އީރާންގެ އިމާރާތެއް. | ރޮއިޓާސް

އިޒްރޭލް އާއި އެމެރިކާ އެކުވެގެން އީރާން އަށް ދޭން ފެށި ހަމަލާ ތަކުގައި، އިޒްރޭލް އިން އެއް ދުވަސް ތެރޭގައި އީރާން އަށް 1200 ބޮން އަޅާފައިވާ ކަމަށް ހާމަ ކޮށްފި އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުން 1200 ބޮން އީރާން އަށް އަޅާފައިވާ ކަމަށެވެ. މި ހަމަލާ ތަކަކީ އީރާންގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށްގެން ދެމުންދާ ވަރުގަދަ އަަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން ދީފައިވާ ހަމަލާ ތަކެއް ކަަމަށް ވެސް އިޒްރޭލް އިން ބުނެފައިވެ އެވެ. 

އިޒްރޭލް އާއި އެމެރިކާ އެކުވެގެން އީރާން އަށް ދޭން ފެށި ހަމަލާ ތަކުގައި، އީރާންގެ ދެކުނުގައި އޮންނަ މިނާބް ސިޓީގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލް އަކަށް ވެސް ހަމަލާ ދީފަ އެވެ. މި ހަމަލާގެ އެންމެ ފަހުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، މިހާތަނަށް މަދުވެގެން 148 މީހުން މަރުވެފައިވާ ކަމަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. މީގެ އިތުރުން، މި ހާދިސާގައި އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

އެ ހަމަލާއާ ގުޅިގެން އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އިޒްރޭލް އިން ދިން މި ރަހުމު ކުޑަ ހަމަލާގައި އެތައް ބައިވަރު މައުސޫމު ކުޑަ ކުދިން ތަކެއް މަރާލާފައިވާ ކަމަށެވެ. އަދި މިފަދަ ލާއިންސާނީ އަމަލު ތަކަށް އީރާން އިން ހަނު ނޯންނާނެ ކަމަށާއި، މި ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ވެސް އަރާގްޗީ ވަނީ ދެއްވައިފަ އެވެ. 

އިޒްރޭލް އިން އީރާން އަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، އެމެރިކާ އިން ވެސް އަންނަނީ އީރާން އަށް ހަމަލާ ދެމުންނެވެ. އެމެރިކާ އާއި އިޒްރޭލް އެކުވެގެން ދެމުން އަންނަ ހަމަލާތައް އީރާންގެ އާންމު ރައްޔިތުންނާއި، އެ ރައްޔިތުން ދިރިއުޅޭ ސަރަހައްދު އަދި ތައުލީމީ މަރުކަޒު ތަކަށް އަމާޒު ކުރާތީ، ބައިނަލްއަޤުވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާނަށް ދެމުން އަންނަ ހަމަލާ ތަކުގައި އެ ޤައުމުގެ އެންމެ މަތީ ވެރިޔާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، ޑިފެންސް މިނިސްޓަރުގެ އިތުރުން އަސްކަރިއްޔާގެ އިސްވެރިން ތަކެއް ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްއެމެރިކާއައްބާސް އަރަގްޗީއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ އީރާން

އިތުރަށް ކިޔާލަން

01 މާރިޗު 2026

އީރާން އިން، ޔޫއޭއީ އަށް 346 މިސައިލް އަދި ޑްރޯން ހަމަލާ ދީފި

01 މާރިޗު 2026
އީރާން އިން، ޔޫއޭއީ އަށް 346 މިސައިލް އަދި ޑްރޯން ހަމަލާ ދީފި
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި
01 މާރިޗު 2026

ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

01 މާރިޗު 2026
ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ
01 މާރިޗު 2026

އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

01 މާރިޗު 2026
އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި
01 މާރިޗު 2026

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

01 މާރިޗު 2026
ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު