Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން، ޔޫއޭއީ އަށް 346 މިސައިލް އަދި ޑްރޯން ހަމަލާ ދީފި

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އީރާން އިން ވަނީ އެ ޤައުމަށް 137 މިސައިލް އާއި، 209 ޑްރޯން ހަމަލާ ދީފައި. މި ހަމަލާގައި އެކަކު މަރުވެފައިވާއިރު، އިތުރު ހަތް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އިދާރާ ތަކުން ވަނީ ހާމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 08:38
އީރާން އިން ޔޫއޭއީ އަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްގެ ތެރެއިން

އީރާން އިން ޔޫއޭއީ އަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްގެ ތެރެއިން | ރޮއިޓާސް

އީރާން އިން ޔޫއޭއީ އަށް ގިނަ އަދަދެއްގެ މިސައިލް އާއި ޑްރޯން އިން ހަމަލާ ދީފައިވާ ކަމަށް، ޔޫއޭއީގެ ޑިފެންސް މިނިސްޓްރީ އިން ހާމަ ކޮށްފި އެވެ. 

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އީރާން އިން ވަނީ އެ ޤައުމަށް 137 މިސައިލް އާއި، 209 ޑްރޯން ހަމަލާ ދީފަ އެވެ. މި ހަމަލާގައި އެކަކު މަރުވެފައިވާއިރު، އިތުރު ހަތް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އިދާރާ ތަކުން ވަނީ ހާމަ ކޮށްފަ އެވެ. 

ޔޫއޭއީގެ ވެރި ރަށް އަބޫދާބީގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާއެއް އަމާޒުވެފައިވާއިރު، އިދާރާ ތަކުން އެ ހާދިސާ ބަޔާން ކޮށްފައި ވަނީ "އިންސިޑެންޓެއް"ގެ ގޮތުގަ އެވެ. މި ހަމަލާގެ ސަބަބުން ދުނިޔޭގެ އެންމެ ބާރު ބޮޑު ދުބާއީގެ ވައިގެ ބަނދަރުގެ ޙަރަކާތް ތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ. 

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީ އިން ބުނީ، އީރާން އިން ދަތުރު ކުރި މިސައިލް އާއި ޑްރޮން ތަކުގެ ބޮޑު ބައެއް ވައިގެ ތެރޭގައި ވަނިކޮށް ނައްތާލެވިފައިވާ ކަމަށެވެ. ނަމަވެސް، ބައެއް މިސައިލް ތަކާއި ޑްރޯންތައް، ޔޫއޭއީގެ އެކި ސަރަހައްދު ތަަކަށް އަމާޒުވެފައިވާ ކަމަށް، ޑިފެންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. މި ހަމަލާގެ ސަބަބުން ޔޫއޭއީގެ އާންމު ރައްޔިތުންނަށް ވެސް ވަނީ ބިރުވެރި ޙާލަތެއް ކުރިމަތިވެފަ އެވެ. 

ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ މިހާރު ބަދަލު ކުރަމުން އަންނަ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، މި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ މި މައްސަލަ ބަލަން ފަށައިފަ އެވެ. 

މީގެ އިތުރުން ޔޫއޭއީގެ އިދާރާ ތަކުން ބުނެފައި ވަނީ، މިހާރު ޙާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ރައްޔިތުންގެ ސަލާމަތަށް ބޭނުންވާ ހުރިހާ ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށެވެ. އަބޫދާބީ އާއި ދުބާއީގެ ވައިގެ ބަނދަރު ތަކުގައި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. 

މި ހަމަލާ ތަކުގައި މަރުވެފައިވާ މީހާ އާއި، ޒަޚަމުވެފައިވާ މީހުންގެ ތަފްސީލެއް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. ހަމަލާގައި ޒަޚަމުވެފައިވާ މީހުންނަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލް ތަަކަށް ގެންގޮސްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-ޔޫއޭއީޔޫއޭއީއަބޫދާބީދުބާއީއީރާން-އިޒްރޭލްއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

01 މާރިޗު 2026
ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

01 މާރިޗު 2026
އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

01 މާރިޗު 2026
ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު