Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީ

މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ

1 މާރިޗު 2026 | އާދީއްތަ 11:08

މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް ކަމާބެހޭ ބައިނަލްއަގުވާމީ އިދާރާތަކާއެކު ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. މި ހާލަތުގެ ސަބަބުން ބައެއް އެއާލައިންތަކުގެ ޝެޑިއުލަށް ބަދަލު އައިސްފައިވާތީ، ދެކުނު އިރުމަތީ އޭޝިއާ އާއި އިންޑިއާ ފަދަ ސަރަހައްދުތަކުން އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފައި. މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިންނާއި ދަތުރުވެރިންނަށް ކުރިމަތިވެދާނެ ދަތިތައް މަދުކޮށް، ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރުން.

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2026 | އާދީއްތަ 11:08
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް. ފައިލް ފޮޓޯ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް. ފައިލް ފޮޓޯ | ވެލާނާ އެއާޕޯޓް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އާދިއްތަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތު، ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ، ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް  ޚާއްސަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއް ކަމަށެވެ. މިބަދަލާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއަރލައިންތަކާއި ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ  ދަތިތައް ކުޑަ ކުރުން ކަމަށެވެ.  

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް އެހެނިހެން އެއަރލައިންތަކުގެ ދަތުރުތައް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ. މިހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއަރލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގައުމެއްކަން ފާހަގަކޮށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެ ކަމަށެވެ. 

މެދު އިރުމަތިޓްރާންސްޕޯޓް މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 މާރިޗު 2026

ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

01 މާރިޗު 2026
ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި
01 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
01 މާރިޗު 2026

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި
28 ފެބުރުއަރީ 2026

މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

28 ފެބުރުއަރީ 2026
މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
25 ފެބުރުއަރީ 2026

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

25 ފެބުރުއަރީ 2026
އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް