Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

މި ކައުންސިލް އެކުލަވާލުމުގެ މައިގަނޑު މަޤުސަދަކީ، ޤައުމުގެ އެންމެ މަތީ ވެރިޔާ އަވަހާރަވުލާ ގުޅިގެން އުފެދިފައިވާ ހުސްކަން ފޫބައްދައި، މެދު ކެނޑުމެއް ނެތި ދައުލަތުގެ ކަންކަން ކުރިއަށް ގެންދިޔުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 07:16
އީރާންގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އަލީ ލަރިޖާނީ

އީރާންގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އަލީ ލަރިޖާނީ | ރޮއިޓާސް

އީޜާންގެ އެންމެ މަތީ ވެރިޔާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއި އަވަހާރަ ކޮށްލުމާ ގުޅިގެން، ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އެކުލަވާލަން އީރާން އިން ނިންމައިފި އެވެ. 

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލާފައިވާކަން ކަށަވަރު ވެފައިވާއިރު، އީރާންގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އަލީ ލަރިޖާނީ ވިދާޅުވީ، ދެން ވެރިކަން ހިންގާނެ ވަގުތީ ކައުންސިލެއް އާދީއްތަ ދުވަހު އެކުލަވާލާނެ ކަމަށެވެ. 

އަލީ ލަރިޖާނީ މިކަން ހާމަ ކުރައްވާފައި ވަނީ، އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ބަޔާނެއްގަ އެވެ. އެނާ ވިދާޅުވީ، އާދީއްތަ ދުވަހު އެކުލަވާލާ ވަގުތީ ލީޑާޝިޕް ކައުންސިލް އަކީ، ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން އެ ޤައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން ޤައުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެޅި ވަގުތީ ފިޔަވަޅެއް ކަމަށެވެ. 

މި ކައުންސިލް އެކުލަވާލުމުގެ މައިގަނޑު މަޤުސަދަކީ، ޤައުމުގެ އެންމެ މަތީ ވެރިޔާ އަވަހާރަވުމާ ގުޅިގެން އުފެދިފައިވާ ހުސްކަން ފޫބައްދައި، މެދު ކެނޑުމެއް ނެތި ދައުލަތުގެ ކަންކަން ކުރިއަށް ގެންދިޔުމެވެ. އީރާންގެ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން، އައު ލީޑަރަކު އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޤައުމުގެ ސިޔާސީ އަދި އިދާރީ ހިންގުން ކުރިއަށް ގެންދާނީ މި ކައުންސިލްގެ ދަށުންނެވެ.

އީރާންގެ ރޫހާނީ ލީޑަރުގެ މަގާމުގައި ގިނަ އަހަރު ތަކެއް ވަންދެން ހުންނެވި ޚާމަނާއީ އަވަހާރަ ކޮށްލުމަކީ އީރާން އާއި، މުޅި ޤައުމު އަދި ސަރަހައްދުގެ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އަތުވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ދެކެ އެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ޤައުމުގެ ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި، ވަގުތީ ކައުންސިލެއް އެކުލަވާލުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އީރާންގެ ސަރުކާރުން ވަނީ ފާހަގަ ކޮށްފަ އެވެ.

އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށް ބެލެވޭ މި ކައުންސިލްގައި ހިމެނޭނީ ކޮން ބޭފުޅުންނެއް ކަމެއް އަދި ރަސްމީކޮށް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، އީރާންގެ ސިޔާސީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، މިފަދަ ކައުންސިލެއްގައި ދީނީ އިލްމުވރިންނާއި، ދައުލަތުގެ އިސް ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވާނެ އެވެ. އައު ލީޑަރަކު ހޮވުމުގެ މަސައްކަތް ކުރިއަށް ދާނީ އީރާންގެ "އެސެމްބްލީ އޮފް އެކްސްޕާޓް" މެދުވެރިކޮށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއާޔަތުﷲ އަލީ ޚާމަނާއީޢަލީ ލަރިޖާނީއެސެމްބްލީ އޮފް އެކްސްޕާޓްސްއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު