Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާާން ހަނގުރާމަ

ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

1989 ވަނަ އަހަރު އީރާންގެ އޭރުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަަހުން، ޚާމަނާއީ ވަނީ އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް އީރާން އިން ގެންގުޅުނު ނުގުޑާ ފަދަ ސިޔާސަތު ދަމަހައްޓަވައި، މެެދު އިރުމަތީގައި އީރާންގެ ނުފޫޒު ގަދަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 07:23
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ، އެމެރިކާގެ ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަ ވެފައިވާކަން ވަނީ ކަށަވަރު ވެފައި

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ، އެމެރިކާގެ ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަ ވެފައިވާކަން ވަނީ ކަށަވަރު ވެފައި | ރޮއިޓާސް

އެމެރިކާގެ ހަމަލާ ތަކުގައި އާދީއްތަ ދުވަހު އަވަހާރަވި، އީރާންގެ އެންމެ މަތީ ވެރިޔާ އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަކީ އެ ޤައުމުގެ ސިޔާސީ އަދި ދީނީ މަސްރަހު ބައްޓަން ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި، ހުޅަނގުގެ ބާރުތަކާ ދެކޮޅަށް އީރާން އިން ގެންގުޅޭ ހަރުކަށި ސިޔާސަތު ތަކުގެ މޭސްތިރިޔާ އެވެ. 

1989 ވަނަ އަހަރު އީރާންގެ އޭރުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަަހުން، ޚާމަނާއީ ވަނީ އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް އީރާން އިން ގެންގުޅުނު ނުގުޑާ ފަދަ ސިޔާސަތު ދަމަހައްޓަވައި، މެެދު އިރުމަތީގައި އީރާންގެ ނުފޫޒު ގަދަ ކުރައްވައިފަ އެވެ. 

ޚާމާނައީގެ ޒައާމަތުގައި އީރާން އިން ވަނީ ނިއުކްލިއާ ޓެކްނޮލޮޖީ އާއި، އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްފަ އެވެ. މިކަމުގެ ސަބަބުން، ބައިނަލްއަޤުވާމީ މުޖުތަމައުން އީރާންއާ ދެކޮޅަށް ގިނަ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް އެޅި ނަމަވެސް، ޚާމަނާއީ ވަނީ އެ ފިޔަވަޅު ތަކަށް ވެސް ގޮން ޖައްސަވައިފަ އެވެ. އަދި އީރާންގެ އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމުގެ، އިޤްތިޞާދީ އަދި ދިފާއީ ސިޔާސަތެއް ކުރިއަަށް ނެރުއްވި އެވެ. ޚާމަނާއީ ދެކެވަޑައިގެންނެވި ގޮތުގައި، ހުޅަނގުގެ ބާރު ތަކަށް އިތުބާރު ކުރުމަކީ އީރާންގެ މިނިވަން ކަމަށް އޮތް ނުރައްކަލެކެވެ. 

ސަރަހައްދީ ގޮތުން ބަލާއިރު، ލުބުނާންގެ ހިޒްބުﷲ ޖަމާއަތާއި، ޔަމަންގެ ހޫތީން އަދި ފަލަސްޠީނުގެ ހަމާސް ޖަމާއަތަށް އީރާން އިން ދޭ އެހީތެރިމަކަކީ ޚާމަނާއީގެ ސިޔާސަތުގެ މުހިންމު ބައެކެވެ. "މުގާވަމާ"، ނުވަތަ ދެކޮޅުވެރި ކަމުގެ މި ފަލްސަފާގެ ދަށުން، އިޒްރޭލްގެ ނުފޫޒު ކުޑަ ކުރުމަށާއި، މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރު ކުރުމަށް ޚާމަަނާއީ ވަނީ މެދު ނުކެނޑި މަސައްކަތް ކުރައްވައިފަ އެވެ. އެެ މަސައްކަތުގައި ވެސް ޚާމަނާއީ ފެނިގެން ގޮސްފައި ވަނީ، ބާރު ތަކުގެ ކުރިމީގައި ކުޑަ ކަކޫ ނުޖެއްސެވި ލީޑަރެއްގެ ގޮތުގަ އެވެ. 

އުމުރުފުޅުން 86 އަހަރުގައި ޚާމަނާއީގެ ޞިއްޙީ ޙާލު ކޮޅާ މެދު އެކި ފަހަރު މަތިން ސުވާލު އުފައްދާފައި ވީ ނަމަވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚާމާނާއީ ހުންނެވީ އީރާންގެ ދިފާއުގަ އެވެ. އެންމެ ފަހުގެ ނިންމުން ނިންމަވާ، އެންމެ މަތީ ވެރިޔާގެ ގޮތުގައި ޚާމަނާއީ ހުންނެވިއިރު، އެމަނިކުފާނުގެ އަޒުމަކަށް ކުޑަ ވެސް ބަދަލެއް އައިސްފައި ނުވެ އެވެ. އީރާންގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމާއި، އާންމުންގެ އިހުތިޖާޖުތަކާ ކުރިމަތިލާން ޖެހުނު ކޮންމެ ފަހަރެއްގައި ވެސް، ޚާމަނާއީ ވަނީ އިސްލާމީ އިންޤިލާބުގެ އުސޫލުތައް ދިފާއު ކުރައްވައި، ދައުލަތުގެ ބާރުވެރިކަން ދަމަހައްޓަވައިގަ އެވެ.

ޚާމަނާއީގެ އެ ހަރުކަށި އަދި ދޫ ނުދޭ ސިޔާސަތުގެ ސަބަބުން، އީރާން އަކީ މިއަދު މެދު އިރުމަތީގެ ބާރުގަދަ ޤައުމަކަށް އޮތީވެފަ އެވެ. ސަރަަހައްދުގައި އީރާންގެ އެކަނިވެރިކަންް ފެންނަނީ ވެސް އެކަމުގެ ސަބަބުންނެވެ. އެހެން ނަމަވެސް، އެއީ އީރާން، އެ ޤައުމާއި، ޤައުމުގެ ރައްޔިތުން އަދި މުސްތަޤުބަލަށްޓަކައި ޚާމަނާއީ ހިފެއްޓެވި އުސޫލު ތަކެކެވެ. 

މަސްދަރު: އަލް ޖަޒީރާ

އާޔަތުﷲ އަލީ ޚާމަނާއީއީރާން-އިޒްރޭލްއީރާން-އެމެރިކާއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއީރާންއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

01 މާރިޗު 2026
ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު