Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

އިރްނާ އިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާ ތަކުގައި އީރާންގެ އަސްކަރިއްޔާގެ އިތުރު އިސް ކޮމާންޑަރުން ތަކެއް ވެސް ވަނީ އަވަހާރަވެފައި އަދި އަވަހާރަ ވެފައިވާ އެެހެން ކޮމާންޑަރުންގެ ނަންތައް ކުރިއަށް އޮތް ވަގުތު ތަކުގެ ތެރޭގައި ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 07:18
އީރާންގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދޭ

އީރާންގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދޭ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އެކުވެގެން ދެމުން އައި ހަމަލާ ތަކުގައި އީރާންގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދޭ އާއި، އެ ޤައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޢަބްދުއްރަހީމް މޫސަވީ ވެސް އަވަހާރަ ކޮށްލައިފި އެވެ.

މިކަން ކަށަވަރު ކޮށްދީފައި ވަނީ އީރާންގެ ރަސްމީ ނިއުސް އެޖެންސީ، އިރްނާ އިންނެވެ. އިރްނާ އިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާ ތަކުގައި އީރާންގެ އަސްކަރިއްޔާގެ އިތުރު އިސް ކޮމާންޑަރުން ތަކެއް ވެސް ވަނީ އަވަހާރަވެފަ އެވެ. އަދި އަވަހާރަ ވެފައިވާ އެެހެން ކޮމާންޑަރުންގެ ނަންތައް ކުރިއަށް އޮތް ވަގުތު ތަކުގެ ތެރޭގައި ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ހަމަލާ ތަކުގައި އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އަވަހާރަ ވެފައިވާ ކަމަށް އިއުލާން ކޮށްފައިވާއިރު، އާދީއްތަ ދުވަހުގެ ހެނދުނު އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ވެފައިވާ ކަމަށް ވެސް ވަނީ އިއުލާން ކޮށްފަ އެވެ. މީގެ އިތުރުން ޚާމަނާއީގެ ސެކިއުރިޓީ އެޑްވައިޒަރު އަލީ ޝަމްޚާނީ އާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއަރުޖީސީ)ގެ ކޮމާންޑާ އިން ޗީފް މުޙައްމަދު ޕަކްޕޫރު ވެސް ވަނީ އަވަހާރަވެފަ އެވެ. 

މި ހަމަލާ ތަކަކީ ފަހުގެ ތާރީޚެއްގައި އީރާންގެ އަސްކަރީ އަދި ސިޔާސީ އިސްވެރިންނަށް އަމާޒުކޮށް ދެވުނު އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ހަމަލާ ތަކެވެ. މި ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އީރާންގެ އިސްވެރިން ތަކެއް އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން އަންނަނީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްއަޒީޒް ނާސިރުޒާދެހްއަބްދުއްރަހީމް މޫސަވީއާޔަތުﷲ އަލީ ޚާމަނާއީއައިއާރުޖީސީއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު