Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނު ބައިބައިކުރުމުގެ ފުރުސަތެއް ނުދޭނަން، އައު ވެރިއަކު ހޮވުމުގެ މަރުހަލާ އާދީއްތަ ދުވަހު ފަށާނެ: ލަރިޖާނީ

އީރާނުގެ ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީ ލީޑަޝިޕް ކައުންސިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލާރިޖާނީ ވިދާޅުވި. އާ ލީޑަރަކު އިންތިޚާބު ކުރެވެންދެން ގައުމު ހިންގުމުގެ ޒިންމާ އުފުލާނީ ރައީސާއި، ފަނޑިޔާރުގެތަކުގެ އިސްވެރިޔާގެ އިތުރުން ގާނޫނީ މާހިރަކު ހިމެނޭ ކައުންސިލަކުން ކަމަށް އޭނާ ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 09:53
އިންޑިއާގެ ކަޝްމީރުގެ ސްރީނަގަރުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން 2026 މާރިޗު 1 ވާ އާދީއްތަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށް އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައި ޝިއާރުތައް ވަނީ ގޮވާފައި.

އިންޑިއާގެ ކަޝްމީރުގެ ސްރީނަގަރުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން 2026 މާރިޗު 1 ވާ އާދީއްތަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށް އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައި ޝިއާރުތައް ވަނީ ގޮވާފައި. | ރޮއިޓާސް

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުގެ ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް އެ ގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލާރިޖާނީ ވިދާޅުވެއްޖެއެވެ.

އީރާނުގެ އެންމެ މަތީ ސަލާމަތީ މަޖިލިސް، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަދި ޚާމަނާއީގެ އެޑްވައިޒަރުކަން ވެސް ކުރެއްވި ލާރިޖާނީ ވިދާޅުވީ، ގައުމު ހިންގުމަށްޓަކައި ވަގުތީ ލީޑަޝިޕް ކައުންސިލެއް ވަރަށް އަވަހަށް އެކުލަވާލެވޭނެ ކަމަށެވެ. އަދި އާ ލީޑަރަކު އިންތިޚާބު ކުރެވެންދެން ގައުމުގެ ޒިންމާތަކާ ހަވާލުވާނީ ރައީސާއި، ފަނޑިޔާރުގެތަކުގެ އިސްވެރިޔާގެ އިތުރުން ގާޑިއަން ކައުންސިލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ މާހިރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ލާރިޖާނީ ވިދާޅުވީ، މި ކައުންސިލް ވީ އެންމެ އަވަހަކަށް ގާއިމުކުރެވޭނެ ކަމަށާއި، މިއަދުގެ ވަގުތެއްގައި ވެސް އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނު ބައިބައިކޮށްލުމަށް ކުރާ އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ވެސް އާދީއްތަ ދުވަހު ލާރިޖާނީ ވަނީ ދެއްވާފައެވެ.

އީރާނުގެ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވަމުން ލާރިޖާނީ ވިދާޅުވީ، އީރާނު ބައިބައިކުރަން އުޅޭ ގްރޫޕްތަކުން ކުރާ އެފަދަ ކަންކަމަށް ކެތްތެރި ނުވާނެކަން އެ ފަރާތްތަކުން ދަންނަންޖެހޭނެ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާންއާޔަތުﷲ އަލީ ޚާމަނާއީޢަލީ ލަރިޖާނީސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގާޑިއަން ކައުންސިލްއީރާން-އިޒްރާއިލް-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

01 މާރިޗު 2026
އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ރަސްމީ ރިޒާވްގައި އެބަހުރި: މިނިސްޓްރީ

އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ރަސްމީ ރިޒާވްގައި އެބަހުރި: މިނިސްޓްރީ

01 މާރިޗު 2026
ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

01 މާރިޗު 2026
އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު