Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިބްރާހީމް އަމީރު

ސުކޫކް އަނބުރާ ދައްކަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް ސަރުކާރު ހިންގަން ޚަރަދުތައް ހަމަ ޖައްސަން ޕެންޝަން އޮފީހަށް މަޖުބޫރުކުރުވުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް: ކުރީގެ މިނިސްޓަރ އަމީރު

ސަރުކާރުން ގެންގުޅޭ ދެފުށް ނުފެންނަ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖޭގެ މާލީ ހާލަތު ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާ ކަން ފާހަގަ ކުރައްވަމުން ކުރީގެ މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދަރަނި މެނޭޖުކުރުމުގެ ދުރުވިސްނޭ ސިޔާސަތެއް ނެތުމާއި ފަންނީ މުވައްޒަފުން އެއްފަރާތްކުރުމުގެ ސަބަބުން، އިގްތިސާދީ ކާރިސާއަކުން ސަލާމަތްވުމުގެ ގާބިލުކަން މުއައްސަސާތަކުން ކުޑަވެފައިވާކަމަަށް.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 10:15
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު. | ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން، ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް މަޖުބޫރުކުރުވުމަކީ، ހާއްސަކޮށް ސުކޫކް އަނބުރާ ދައްކަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް އެޅި ނުރައްކާތެރި ފިޔަވަޅެއް ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އަމީރު ވިދާޅުވީ، މީގެ އިތުރުން، ސަރުކާރުން ގެންގުޅޭ ދެފުށް ނުފެންނަ ސިޔާސަތުތަކުގެ ސަބަބުން، އިންވެސްޓަރުންގެ އިތުބާރު ވަނީ އިތުރަށް ގެއްލިފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ކާރިސާއަކީ މުޅިން ސަލާމަތްވެވެން އޮތް ކަމެކެވެ. ކޮންމެ ސަރުކާރެއްގެ ވެސް ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުގެ މައިގަނޑު އަސާސަކަށް ވާންޖެހޭނީ ދުރާލާ ރޭވުންތެރިކަމާއެކު ދަރަނި ބެލެހެއްޓުމެވެ. ދައުލަތުގެ މާލީ ހާލަތު ގޯސްވެ، ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އަދި އިގްތިސާދީ ކުރިއެރުމެއް ފެންނަން ނެތް ހާލަތެއްގައި، ދަރަނި އަދާކުރުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުކުރުމަކީ ބޮޑު ހަލާކަކަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި 2021 ވަނަ އަހަރު "ސަނީ ސައިޑް" ބޮންޑުގެ މައްސަލަ ދުރާލާ ހައްލުކޮށް، ދުރުވިސްނޭ ސިޔާސަތެއް ގެންގުޅުނުކަން ވަނީ ސާބިތުކޮށްދީފައެވެ."

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި ޖޫން 2022 ގައި މުއްދަތު ހަމަވި 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް، ދުރާލާ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުގެ ދަށުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ވަނީ މުއްދަތު ހަމަވުމުގެ އަހަރެއްހާ ދުވަސް ކުރިން އަނބުރާ ދައްކާފައެވެ. އެހެންކަމުން، ބޮންޑުގެ މުއްދަތު ހަމަވިއިރު ބާކީ އޮތީ އެންމެ 50 މިލިއަން ޑޮލަރު ކަމަށާއި، މީގެ އިތުރުން، މާލީ ނިޒާމު ހަރުދަނާކުރުމަށާއި، ދަރަނި ބެލެހެއްޓުން ރަނގަޅުކުރުމަށް ގާނޫނީ އަދި އިންސްޓިޓިއުޝަނަލް އިސްލާހުތައް ގެނެސް، މެދު ރާސްތާގެ ހަމަޖެހުމަށްޓަކައި އިތުބާރު ހުރި އިގްތިސާދީ ސިޔާސަތުތަކެއް ކުރީ ސަރުކާރުން ތަންފީޒުކުރި ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ މި އުސޫލުތަކާ ދުރަށް ޖެހިފައި ކަމަށާއި ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ތަރައްގީގެ ބައިވެރިން އަދި މާލީ އިދާރާތަކާ އޮންނަ ގުޅުން މި ސަރުކާރުން ވަނީ އެއްފަރާތްކޮށްފައި ކަމަށާއި، މިއީ ކާރިސާގެ ވަގުތުތަކުގައި ގައުމަށް އެންމެ ބޮޑަށް އެހީތެރިވެދެވޭނެ ފަރާތްތައް ކަން އަމީރު ފާހަގަ ކުރެއްވި އެވެ. ދައުލަތުގެ މާލިއްޔަތާއި ދަރަނި ބެލެހެއްޓުމުގެ ނިޒާމު ބަލިކަށިވެ، ފިނޭންސް މިނިސްޓްރީގެ ބާރުތައް ވަނީ ކުޑަކޮށްފައި ކަމަށް އަމީރު ވިދާޅުވި އެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ތަޖުރިބާކާރު ފަންނީ މުވައްޒަފުން އެއްފަރާތް ކުރުމުގެ ސަބަބުން، އެންމެ ބޮޑަށް ފަންނީ އެހީތެރިކަން ބޭނުންވި ވަގުތު މުއައްސަސާތަކުގެ ގާބިލުކަން ވަނީ ގެއްލިފައި ކަމަށާއި އެކަށީގެންވާ ދިރާސާއެއް ނުވަތަ މަޝްވަރާއެއް ނެތި، ހަމައެކަނި ސިޔާސީ މަގުސަދުގައި ނިންމާ ކުއްލި ނިންމުންތަކުގެ ސަބަބުން މައްސަލަތައް ވަނީ އިތުރަށް ގޯސްވެފައި ކަން އަމީރު ފާހަގަ ކުރެއްވި އެވެ.

ސުކޫކް އަނބުރާ ދައްކަން ދެ މަސްދުވަހަށް ވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފައިސާ ހޯދުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ސަރުކާރުން މަޑުކޮށްގެން ނުވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. މި ލަސްވުމުގެ ސަބަބުން، ދައުލަތް މިއަދު މިވަނީ ފައިސާ ދޭ ފަރާތްތަކުގެ މުށުތެރޭގައި ކަމަށާއި، މިއީ މުޅިން ސަލާމަތްވެވެން އޮތް ކާރިސާއެއް ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި މިހާރުން މިހާރަށް މިސްރާބު ބަދަލުކޮށް، އިތުބާރު ހުރި އިސްލާހީ ފިޔަވަޅުތަކެއް އަޅައި، މާކެޓާ ގުޅުން ބަދަހިކޮށް، ފަންނީ ގޮތެއްގައި ދަރަނި ބެލެހެއްޓުން އަލުން ގާއިމުނުކޮށްފިނަމަ، ހަމައެކަނި އުންމީދެއްގެ މައްޗަށް ނުވަތަ "ސްކޭމް" ފަދަ ފައިސާ ހޯދުމުގެ ހުށަހެޅުންތަކަށް ބަރޯސާވުމުން ލިބޭ ގެއްލުން ހަލުވިވާނެއެވެ.

"އެންމެ ކަންބޮޑުވާ ކަމަކީ، ގައުމުން މިކަމުގެ އަގު އަދާކުރަމުންދާއިރު ވެސް، ހާލަތުގެ ނުރައްކާތެރިކަން މި ސަރުކާރަށް އަދިވެސް ފަހުމް ނުވުމެވެ،" އަމީރު ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީޕެންޝަން އޮފީސްސްކޫކްސަނީ ސައިޑް ބޮންޑުއިބްރާހިމް އަމީރުރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ހޯމަ ދުވަހު، 2 ލޮރީ އެއްގައި އެމްއެމްއޭ އަށް ވެއްދީ ކޯއްޗެއްކަމެއް ނޭނގެ: މީޑިއާ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ

ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ހޯމަ ދުވަހު، 2 ލޮރީ އެއްގައި އެމްއެމްއޭ އަށް ވެއްދީ ކޯއްޗެއްކަމެއް ނޭނގެ: މީޑިއާ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ

02 ފެބުރުއަރީ 2026
މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ: ކުރީގެ ނައިބު ރައީސް ފައިސަލް

މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ: ކުރީގެ ނައިބު ރައީސް ފައިސަލް

02 ފެބުރުއަރީ 2026
ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

02 ފެބުރުއަރީ 2026
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒް އިސްތިއުފާ ދެއްވައިފި

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒް އިސްތިއުފާ ދެއްވައިފި

01 ފެބުރުއަރީ 2026
ސަސްޕެންޝަންގައި ހުރި އެފްއައިޔޫ ގެ ވެރިޔާ ސާޖިދު މަޤާމުން ވަކިކޮށްފި

ސަސްޕެންޝަންގައި ހުރި އެފްއައިޔޫ ގެ ވެރިޔާ ސާޖިދު މަޤާމުން ވަކިކޮށްފި

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު