Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ދަރަނި

މި ސަރުކާރުން އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

ފައްޔާޒު ވިދާޅުވީ ސަރުކާރުން ޑަބަލް ޑިޖިޓް އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިކަމުގެ ހަގީގަތް ހާމަކުރަން ޖެހޭ ކަމަށް. އޭޕްރީލް މަހު ސުކޫކު ދެއްކުމަށް ދައުލަތުގެ ރިޒާވް ހުސްވެދާނެ ކަމަށާއި، ބިދޭސީންނަށް ބިން މިލުކުރެވޭ ގޮތް ހަދައި ގައުމުގެ މިނިވަންކަމަށް ނުރައްކާ ވެދާނެ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 04:57
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް | އެމްޑީޕީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ. 

ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުން އިތުރަށް ދަތިވާނެ ފަދަ 'ޑަބަލް ޑިޖިޓް' ގެ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނެގުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިކަމުގެ ސާފު ޖަވާބެއް ސަރުކާރުން ދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނާއި ވިޔަފާރިތަކަށް މިކަން އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސުކޫކު ދެއްކުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަން ޑޮލަރު ނަގަން އުޅޭ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މި ލޯނާ ގުޅޭގޮތުން ސަރުކާރުން އެއްވެސް ޖަވާބެއް މިހާތަނަށް ދީފައިނުވެ އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެދާނެ ކަމަށެވެ. އަދި ބިދޭސީންނަށް ބިން މިލުކުރެވޭ ގޮތް ހަދައި ގައުމުގެ މިނިވަން ކަމަށާއި، ސިޔާދަތަށް ނުރައްކާތެރި ހާލަތަކަށް ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 

ގައުމު މިހާލަތުގައި އޮތްއިރު، މި ސަރުކާރުން ދަރަނި ނަގަނީ ސިޔާސީ އަމިއްލަ އެދުންތައް ފުއްދުމަށްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ސިޔާސީ ބޭނުމަށް އަސްކަރީ ޑްރޯންތަކެއް ގަނެފައިވާ ކަމަށާއި، ސިޔާސީ މީހުންގެ ލިސްޓު ވެސް އިތުރު ކުރަމުންދާ ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށާއި، ގިނަ ރަށްރަށުގެ އިގްތިސާދު ހުއްޓުވާފައިވާ ކަމަށެވެ. ރައްޔިތަކަށް މިއަދު އިގްތިސާދީ ގޮތުން ފައިދާއެއް ނުލިބޭ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެސްއެމްއީތައް ބަނގުރޫޓު ވަމުންދާ ކަމަށާއި، އެ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

މިފަދަ ސަބަބުތައް ފެންނަން ހުރުމުން ގައުމު މިދަނީ އިގުތިސާދީ ބަނގުރޫޓުވުމަކާ ދިމާއަށްތޯ ނުވަތަ ނޫންތޯ އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ބޮޑެތި އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް ވެސް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ އެމްޑީޕީގެ ސަރުކާރުގައި ކޮވިޑްގެ ކާރިސާ މެނޭޖްކުރި ގޮތާއި، ދަރަނި މެނޭޖްކުރި ގޮތަށް ވެސް އިޝާރާތް ކުރައްވާފަ އެވެ.

ރާއްޖޭގެ އިގްތިސާދު 65 އިންސައްތައަކީ ޓޫރިޒަމް ކަމަށާއި، އެސިނާއަތް އެއްކޮށް ހުއްޓިގެން ދިޔަ ހާލަތުގައި ވެސް ރައްޔިތުންނަށް ދަތިނުވާ ގޮތަށް މެނޭޖްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަރަނި ނެގީ ކޮވިޑާ ގުޅިގެން އާމްދަނީން ގެއްލުނު 25 ބިލިއަން ރުފިޔާގެ އުނިކަން ފޫބެއްދުމަށާއި، ވަޒީފާތަކާއި ވިޔަފާރިތައް ހިފެހެއްޓުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް މިސަރުކާރުގެ އިގުތިސާދީ އިސްލާހީ ރޭވުމެއް ނެތް ކަމަށާއި، ރާއްޖޭގެ ރިޒާވް އާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އެއްކޮށް ހުސްކޮށްލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުފައްޔާޒް އިސްމާއިލްކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލްސްކޫކްއިގްތިސާދުރާއްޖޭގެ ދަރަނި

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

18 ޖެނުއަރީ 2026
މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

18 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު