Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންގެ ޚާއްސަ ކޮމިޓީ

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

މެދުއިރުމަތީގެ މަސްރަޙު ގޯސްވުމާ ގުޅިގެން ދިވެހީންނަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުލަވައިލައްވާފަ. މި ކޮމިޓީގައި ކަމާގުޅޭ މުހިންމު ވުޒާރާތަކުގެ ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ. އެ މިނިސްޓްރީން ބުނީ ހާލަތާ ގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާ ޙިއްޞާކުރަމުންދާނެ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ފެބުރުއަރީ 2026 | ހޮނިހިރު 21:44
ރައީސް މުއިއްޒުގެ ކެބިނެޓް

ރައީސް މުއިއްޒުގެ ކެބިނެޓް | ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހީންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ވަޒީރުންގެ ޚާއްސަ ކޮމިޓީ އެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ހޮނިހިރު ދުވަހުގެ ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ހީނާ ވިދާޅުވީ މި ކޮމިޓީގެ ޗެއަރ އަކީ ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން އާއި، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ގެ އިތުރުން، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު، ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން، ހޯމް މިނިސްޓަރ ޢަލީ އިޙްސާން، ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. 

ހީނާ ވިދާޅުވީ އެ މިނިސްޓްރީތަކުން ކަމާގުޅޭ އެންމެހައި މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުން ދާނެ ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ދޭން ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. މި ހަމަލާ ތަކުގެ ރައްދުގައި އީރާނުން ވެސް ހަމަލާ ދީފައިވެ އެވެ. އީރާނުން ދިން ވަރުގަދަ ޙަމަލާ އަމާޒުކޮށްފައި ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ވަނީ މެދުއިރުމަތީގައި ފަށާފައިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. 

ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހީން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެގައުމެއްގެ ސަރުކާރުން ސަލާމަތާއި، ރައްކާތެރިކަމަށް ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

ޑރ. މުހައްމަދު މުއިއްޒުމެދު އިރުމަތިޑރ. އަބްދުﷲ ޚަލީލްއީރާން-އިޒްރޭލްކެބިނެޓް މިނިސްޓަރުން

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި
28 ފެބުރުއަރީ 2026

މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

28 ފެބުރުއަރީ 2026
މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި
28 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

28 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"
28 ފެބުރުއަރީ 2026

ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި

28 ފެބުރުއަރީ 2026
ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި
28 ފެބުރުއަރީ 2026

އިރާނުގެ ހަމަލާތަކަށް ސައުދީން ބަދަލު ހިފުމުގެ އިންޒާރު ދީފި

28 ފެބުރުއަރީ 2026
އިރާނުގެ ހަމަލާތަކަށް ސައުދީން ބަދަލު ހިފުމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު