Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

އީރާންގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މި ހަމަލާ ތަކަކީ، އެމެރިކާ އާއި އިޒްރޭލްގެ އުދުވާނަށް އެ ޤައުމުން ދޭ ހަރުކަށި ޖަވާބެކެވެ. އަދި ކުރިއަށް އޮތް ތަނުގައި، އީރާންގެ ސިފައިން ބަދަލު ހިފުމުގެ ތަފާތު އަދި މިއަށްވުރެ ވަރުގަދަ ފިޔަވަޅު ތަކެއް އަޅާނެ ކަަމަަށާއި، ޖެހި ޖެހިގެން ދެވޭ މި ހަމަލާ ތަކަކީ ދުޝްމަނުން ހިތާމަ ކުރާނެ ހަމަލާ ތަކެއް ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 05:22
އެމެރިކާގެ ބޭސް ތަކަކަށް އަމާޒުކޮށް އީރާން އިން ދީފައިވާ ހަމަލާ ތަކެއްގެ ތެެރެއިން

އެމެރިކާގެ ބޭސް ތަކަކަށް އަމާޒުކޮށް އީރާން އިން ދީފައިވާ ހަމަލާ ތަކެއްގެ ތެެރެއިން | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާނަށް ދެމުން އަންނަ ހަމަލާ ތަކަށް ބަދަލު ހިފުމުގެ ގޮޮތުން، މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާން އިން ވަރުގަދަ ހަމަލާ ތަކެއް ދީފި އެވެ.

މިކަން ހާމަ ކޮށްފައި ވަނީ އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވާ ގޮތުގައި، މިއީ އެމެރިކާ އާއި އިޒްރޭލް އިން އީރާނަށް ދެމުން ގެންދާ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ފެށި ބަދަލު ހިފުމުގެ ހަ ވަނަ މަރުހަލާ އެވެ. 

އައިއާރުޖީސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރޭލަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް، ފުޅާ ދާއިރާއެއްގައި މިސައިލް އާއި، ޑްރޯން ބޭނުން ކޮށްގެން ހަމަލާ ތަކެއް ދީފައިވާ ކަމަށެވެ. މި ހަމަލާ ތަކުގައި އެމެރިކާގެ 27 އަސްކަރީ މަރުކަޒެއްގެ އިތުރުން، އިޒްރޭލްގެ ތެލް ނޮފް އެއާ ބޭސް އަށާއި، ތެލް އަވީވްގައި ހުންނަ އިޒްރޭލް ސިފައިންގެ ކޮމާންޑް ހެޑް ކުއާޓާސް އަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. 

މީގެ އިތުރުން ތެލް އަވީވްގައި ހުންނަ ދިފާއީ ސިނާއަތުގެ ބޮޑު ކޮމްޕްލެކްސް އަކަށް ވެސް ހަމަލާ އަމާޒުވެފައިވާނެ ކަމަަށް އީރާނުން ވަނީ ބުނެފަ އެވެ. އީރާންގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މި ހަމަލާ ތަކަކީ، އެމެރިކާ އާއި އިޒްރޭލްގެ އުދުވާނަށް އެ ޤައުމުން ދޭ ހަރުކަށި ޖަވާބެކެވެ. އަދި ކުރިއަށް އޮތް ތަނުގައި، އީރާންގެ ސިފައިން ބަދަލު ހިފުމުގެ ތަފާތު އަދި މިއަށްވުރެ ވަރުގަދަ ފިޔަވަޅު ތަކެއް އަޅާނެ ކަަމަަށާއި، ޖެހި ޖެހިގެން ދެވޭ މި ހަމަލާ ތަކަކީ ދުޝްމަނުން ހިތާމަ ކުރާނެ ހަމަލާ ތަކެއް ކަމަށް ބުނެފައިވެ އެވެ. އަދި މިއީ "ހޫނު އެތި ފަހަރު ތަކެއް" ކަމަށް ވެސް އައިއާރުޖީސީ އިން ވަނީ ބުނެފަ އެވެ. 

މި ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އީރާނުން މިފަދަ ވަރުގަދަ ހަމަލާ ތަކެއް ދީފައި ވަނީ، އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައި ވަނިކޮށެވެ. އެ ހަމަލާ ތަކުގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްއީރާން-އެމެރިކާއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްމެދު އިރުމަތިއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

01 މާރިޗު 2026
ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު