Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީ

ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މައްކާގައި ތިބި އުމްރާވެރިންގެ ކަންކަން އިސްލާމިކް މިނިސްޓްރީން ގާތުން ބަލަމުންދާއިރު، މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިނެއް ގާއިމުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ދަނީ ކުރަމުން. ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓަށް އެންގުމަށާއި، ސައުދީ ސަރުކާރުގެ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2026 | އާދީއްތަ 10:05
ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި އުމްރާވެރިން ފުރަނީ.

ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި އުމްރާވެރިން ފުރަނީ. | އިސްލާމިކް މިނިސްޓްރީ

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ދިވެހިރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން އަދި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. 

އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ، މައްކާގައި ތިބި އުމްރާވެރީންގެ ކަންކަން މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އުމްރާވެރީންނަށް ޚާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް ވުޒާރާގައި ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ، ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު (966506894477+) އާއި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު (966530838329+) އަށް ވީ އެންމެ އަވަހަކަށް އެންގުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގުންތަކަށް އުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މެދު އިރުމަތިޢުމްރާއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި
01 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
01 މާރިޗު 2026

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު