Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާންގެ ރަތް ރޮނގު ހުރަސްކޮށްފައި ކަމަށް. އެހެންކަމުން އެ ކަމުގެ އަގު ދައްކަން ޖެހޭނެ ކަމަށާއި، އީރާނުން ދޭނީ ބޮޑެތި އަދި ވަރުގަދަ ހަމަލާ ތަކެއް ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 06:00
 އީރާާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް

އީރާާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލުން ވަނީ ރަތް ރޮނގު ހުރަސްކޮށްފައި ކަމަށާއި، އޭގެ ރައްދުގައި އީރާނުން ވަރުގަދަ ހަމަލާ ތަކެއް ކުރިމަތި ކުރުވާނެ ކަމުގެ އިންޒާރު، އީރާާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވެސް ދެއްވައިފި އެވެ. 

އެމެރިކާގެ ހަމަލާ ތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަ ކޮށްލުމާާ ގުޅިގެން، އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ އެމެރިކާާ އާއި އިޒްރޭލްގެ ލީޑަރުންނަކީ "ނަޖިސް އަދި ޖިނާއީ ކުށްވެރިން" ތަކެއް ކަމަށެވެ. އަދި އީރާނަށް ދެމުންދާ ހަމަލާ ތަކާ ދެކޮޅަށް، އެ ޤައުމު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާނުގެ ރަތް ރޮނގު ހުރަސްކޮށްފައި ކަމަށެވެ. އެހެންކަމުން އެ ކަމުގެ އަގު ދައްކަން ޖެހޭނެ ކަމަށާއި، އީރާނުން ދޭނީ ބޮޑެތި އަދި ވަރުގަދަ ހަމަލާ ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެމެރިކާ އާއި އިޒްރޭލުން އަމިއްލައަށް އެދިފައިވާ އެދުމެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ.

މިއީ ހޮނިހިރު ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދޭން ފެށި ފަހުން، އެ ޤައުމުގެ މަތީ ފަންތީގެ އޮފިޝަލަކު ޓީވީ އިން ފެނިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

މާހިރުން ފާާހަގަ ކޮށްފައިވާ ގޮތުގައި، އީރާާނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ އިސް އޮފިޝަލުން މިފަދަ އިންޒާރުތައް ދިނުމަކީ ނުރައްކާތެރި ކަމެކެވެ. އަދި މިއީ ހަމަލާ ތަކުގެ ރައްދުގައި އީރާނުން ވަރުގަދަ ޖަވާބެއް ދޭނެ ކަމުގެ އިންޒާރު ތަކެއް ކަމަށް ވެސް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ގަލިބާފްގެ ވާހަކަ ފުޅުގައި ވަނީ އެމެރިކާ އާއި އިޒްރޭލްގެ ލީޑަރުންނަަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ ފަރާތްތަކުން އީރާނަށް ދެމުން އަންނަ ހަމަލާ ތަކަކީ އެއްވެސް މިންވަރަކަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ، 

މެދު އިރުމަތީގެ މަސްރަހު މިހާރު ވެސް ނުތަނަވަސްވެފައިވާއިރު، އީރާނުން އިންޒާރުގެ ބަސްތައް ދިނުމަކީ އެ ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެ، ވަރުގަދަ ކުރިމަތިލުން ތަކެއް ހިނގައިފާނެ ކަމުގެ ނިޝާނެއް ކަމަށް މާހިރުން ބުނެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

މުހައްމަދު ބާގިރު ގަލިބާފްއީރާންއީރާން-އިޒްރޭލްމެދު އިރުމަތިއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު