Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެދުއިރުމަތި

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާތީ، އެ ސަރަހައްދުގައި އުޅޭ ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން މަދުކޮށް، އެ ގައުމުތަކުގެ ސަރުކާރުތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ. އަދި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެންމެ ކައިރީގައި ހުރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދި، މިނިސްޓްރީން ވަނީ އެހީތެރިކަން ހޯދޭނެ ހޮޓްލައިން ނަންބަރުތައް އާންމުކޮށްފަ. މިނިސްޓްރީއާއި އެމްބަސީތަކުން ދަނީ އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 19:09
އިޒްރޭލް އާއި އެމެރިކާ އިން ދިން ހަމަލާގެ ބަދަލުގައި، އީރާން އިން ދެމުން ގެންދާ ހަމަލާ ތަކުގެ ތެރެއިން

އިޒްރޭލް އާއި އެމެރިކާ އިން ދިން ހަމަލާގެ ބަދަލުގައި، އީރާން އިން ދެމުން ގެންދާ ހަމަލާ ތަކުގެ ތެރެއިން | ރޮއިޓާސް

މެދުއިރުމަތީގައި ފަށާފައިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކޮށްފި އެވެ. 

ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ،  ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހީން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މިނިސްޓްރީގެ އިތުރުން މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުން ދާ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހައި ދިވެހީން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ވެސް އެދިފައި ވެ އެވެ.

ފޮރިން މިނިސްޓްރީން ވަނީ މި ސަރަޙައްދުގައިވާ އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ހިއްސާ ކޮށްފަ އެވެ. އެއީ: 

ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+

ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 971501086689+

ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477+

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)

އީމެއިލް: consular@foreign.gov.mv

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ވަނީ ހޮނިހިރު ދުވަހު ދޭން ފަށާފަ އެވެ. މި ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ހަމަލާ ދީފައިވެ އެވެ. އީރާން އިން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ.

މެދު އިރުމަތިއީރާން-އިޒްރޭލްއެމެރިކާޔޫއޭއީފޮރިން މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

28 ފެބުރުއަރީ 2026
ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި

ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި

28 ފެބުރުއަރީ 2026
އިރާނުގެ ހަމަލާތަކަށް ސައުދީން ބަދަލު ހިފުމުގެ އިންޒާރު ދީފި

އިރާނުގެ ހަމަލާތަކަށް ސައުދީން ބަދަލު ހިފުމުގެ އިންޒާރު ދީފި

28 ފެބުރުއަރީ 2026
ދުނިޔޭގައި ތެޔޮ އެކްސްޕޯޓްކުރާ އެންމެ މުހިންމު މަގު - ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދު ކުރި ކަމުގެ މެސެޖުތައް ބޯޓުފަހަރަށް ފޮނުވަން ފަށައިފި

ދުނިޔޭގައި ތެޔޮ އެކްސްޕޯޓްކުރާ އެންމެ މުހިންމު މަގު - ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދު ކުރި ކަމުގެ މެސެޖުތައް ބޯޓުފަހަރަށް ފޮނުވަން ފަށައިފި

28 ފެބުރުއަރީ 2026
ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި ވާހަކަ އަކީ ދޮގެއް

ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި ވާހަކަ އަކީ ދޮގެއް

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު