Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާާން ހަނގުރާމަ

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކާޓްޒް ވިދާޅުވެފައި ވަނީ، އިޒްރޭލް އިން ނައްތާލަންް މަސައްކަތް ކުރި ފަރާތް ނައްތާލެވިފައިވާ ކަމަށާއި، އިންސާފު ޤާއިމު ކޮށްފައިވާ ކަމަށް. އަދި ނުބައި ފަރާތް ތަކުގެ ގުޅުމަށް ވަރަށް ބޮޑު ހަމަލާއެއް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 06:31
އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް

އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް | ރޮއިޓާސް

އެމެރިކާ އިން ދިން ހަމަލާ ތަކެއްގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް އުފާ ފާޅު ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކާޓްޒް ވިދާޅުވެފައި ވަނީ، އިޒްރޭލް އިން ނައްތާލަންް މަސައްކަތް ކުރި ފަރާތް ނައްތާލެވިފައިވާ ކަމަށާއި، އިންސާފު ޤާއިމު ކޮށްފައިވާ ކަމަށެވެ. އަދި ނުބައި ފަރާތް ތަކުގެ ގުޅުމަށް ވަރަށް ބޮޑު ހަމަލާއެއް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، ކާޓްޒް ވިދާޅުވީ އިޒްރޭލް އިން ފުރިހަމަ ބާރާ އެކު މަސައްކަތް ކުރާނެ ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ކާޓްޒްގެ ވާހަކަ އިން ދޭހަވަނީ އިޒްރޭލް އިން އަދި ވެސް ހަމަލާ ދިނުމާއި، އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ބައިނަލްއަޤުވާމީ މާހިރުން ބުނެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އެކުވެގެން ހޮނިހިރު ދުވަހު އީރާން އަށް ހަމަލާ ދޭން ފަށާފައިވާއިރު، އާދީއްތަ ދުވަހުގެ ހެނދުނު ވަނީ ޚާމަނާއީ އަވަހާރަ ވެފައިވާކަން ކަށަވަރުވެފަ އެވެ. އީރާންގެ ސަރުކާރުން ވެސް އެކަން ހާމަ ކޮށްފައިވާއިރު، ކާޓްޒް ވަނީ އެކަމާ މެދު އުފާާ ފާޅު ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، އެ ޤައުމުގެ އަސްކަރިއްޔާ އަށް ތަޙުނިޔާ ވެސް ފޮނުއްވައިފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން ހިންގި ހަނގުރާމައިގައި އީރާންގެ އެންމެ އިސް ލީޑަރު އަވަހާރަވެފައިވާއިރު، އެއީ މުޅި ސަރަަހައްދުގެ ހަަމަޖެހުން ގެއްލި، ސިޔާސީ ގޮތުން ވެސް ނުތަނަވަސްކަން ކުރިމަތި ވާނެ ކަމެކެވެ. އީރާން އިން މިހާރު ބުނަމުން އަންނަނީ، އެމެރިކާ އާއި އިޒްރޭލް އަށް އަމާޒުކޮށް އެ ޤައުމުން ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. 

ހަމަލާތައް ދިނުމުގެ ކުރިން ވެެސް، އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވެފައި ވަނީ އީރާންއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށެވެ. އަދި އީރާންގައި އޮތް ވެރިކަން ބަދަލު ކުރުމާއި، ޚާމަނައީ އަވަހާރަ ކޮށްލުމަކީ އެމެރިކާއާ އެއްވަރަށް، އިޒްރޭލް އިން ވެސް ބޭނުންވެފައި އޮތް ކަމެކެވެ. 

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް ކަޓްޒްއީރާން-އިޒްރޭލްމެދު އިރުމަތިބެންޖަމިން ނަތަންޔާހޫއީރާން-އެމެރިކާއާޔަތުﷲ އަލީ ޚާމަނާއީއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު