Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ނުރައްކަލުގެ ސައިރަން އަޅައި ވައިގެ ދިފާއީ ނިޒާމުން ދަނީ މިސައިލްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން. އިޒްރޭލު ފުލުހުންނާއި ސަލާމަތީ ބާރުތަކުން މިހާރު ދަނީ ގެއްލުންލިބުނު ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 03:43
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން، ރައްދުގައި އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލްތަކެއް ތެލްއަވީވަށް އެރުމުގެ ސަބަބުން ކާރެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުން 2026 ފެބްރުއަރީ 28 ވަނަ ދުވަހު ހަރަކާތްތެރިވަނީ.

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން، ރައްދުގައި އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލްތަކެއް ތެލްއަވީވަށް އެރުމުގެ ސަބަބުން ކާރެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުން 2026 ފެބްރުއަރީ 28 ވަނަ ދުވަހު ހަރަކާތްތެރިވަނީ. | ރޮއިޓާސް

އިރާނުން އިޒްރޭލަށް ހޮނިހިރު ދުވަހު ދޭން ފެށި މިސައިލް ހަމަލާތަކުގައި، ތެލް އަވީވުން އަންހެނަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެ. މިއީ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ދެމުންދާ ހަމަލާތަކުގައި އިޒްރޭލުން މީހަކު މަރުވިކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ.

އިޒްރޭލުގެ ކުއްލި ހާލަތްތަކުގައި އެހީދޭ އިދާރާ، މޭގަން ޑޭވިޑް އެޑަމް އިން ބުނި ގޮތުގައި، ތެލް އަވީވްގެ މެދުތެރެއަށް އިރާނުން ފޮނުވާލި މިސައިލެއް އެރުމުގެ ސަބަބުން ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން، އުމުރުން 40 އަހަރުގެ އަންހެނަކު މަރުވެފައިވާކަން ޕެރަމެޑިކުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާއާ ގުޅޭގޮތުން އިޒްރޭލު އަސްކަރިއްޔާއިން އާންމުކުރި ވީޑިއޯއެއްގައި އެ ގައުމުގެ އިސް އޮފިސަރަކު ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިރާނުން މިސައިލް ފޮނުވަން ފެށި ފަހުން، މިއީ ހަމަލާއެއްގައި މީހަކު މަރުވިކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ތެލް އަވީވުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސައިލް އެރި ސަރަހައްދުގައި ފަޔަރ ފައިޓަރުންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހަމަލާ އަރާފައިވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކެއް ހުރި މަގަކަށް ކަމަށްވާއިރު، ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ އިމާރާތްތަކުގެ ކުރިމަތީ ފަރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑުތައް ނިއްވުމަށް ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުންދާއިރު، އެހީދޭ ފަރާތްތަކުން ދަނީ އަނިޔާވި މީހުން އެ ސަރަހައްދުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އިޒްރޭލުގެ ކުއްލި ހާލަތްތަކުގައި އެހީދޭ އިދާރާއިން ބުނި ގޮތުގައި، އަނިޔާވި 20 މީހަކު މިހާތަނަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިރާނުން ފޮނުވާލި އިތުރު މިސައިލްތަކަކާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ނުރައްކަލުގެ ސައިރަން އަޅާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ސިފައިން ދަނީ މިސައިލްތައް ހުއްޓުވުމަށާއި ރައްދު ހަމަލާ ދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އިރާނުން ފޮނުވާލި މިސައިލެއްގެ ބައެއް ނުވަތަ އެ ހުއްޓުވުމަށް އިޒްރޭލުން ފޮނުވާލި މިސައިލެއްގެ ބައެއް ގުދުސް (ޖެރޫސަލަމް) ސަރަހައްދަށް ވަނީ ވެއްޓިފައެވެ. ނަމަވެސް އެ ސަރަހައްދުން މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެ މުޅި ރޭގަނޑު ތެލް އަވީވް އާއި ގުދުސްގެ އިތުރުން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދިޔަ ކަމަށް އޭއެފްޕީގެ ނޫސްވެރިން ރިޕޯޓުކޮށްފައިވެއެވެ. މިއީ އިރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތައް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ ގައުމުގެ އެކި ސަރަހައްދުތަކަށް މިސައިލްތައް އަރާފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.

އީރާން-އިޒްރޭލްތެލްއަވީވްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

01 މާރިޗު 2026
ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

01 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު