Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުނިޔޭގެ ތެޔޮ ސަޕްލައި ކުރުމުގެ އެންމެ މުހިންމު މަގު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން ރަސްމީކޮށް އިއުލާނު ކޮށްފި

އީރާނުގެ އަސްކަރީ ފައުޖުތަކުން އެމެރިކާގެ 14 އަސްކަރީ މަރުކަޒަކަށް ހަމަލާދީފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި. މި ހަމަލާތަކުގެ ތެރޭގައި އީރާނުގެ އައި.އާރް.ޖީ.ސީ އިން ވަނީ އެމެރިކާގެ 'އެމް.އެސް.ޓީ' ކޮމްބެޓް ސަޕޯޓް މަނަވަރަށް މިސައިލުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައި. މީގެ އިތުރުން، އެމެރިކާގެ ކަނޑުގެ ސިފައިންގެ އިތުރު ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާނެކަމުގެ އިންޒާރުވެސް ވަނީ ދީފައި.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 01:38
29 އޭޕްރީލް 2024 ވީ ހޯމަ ދުވަހު ބޭއްވި "ޕާޝިއަން ގަލްފް ނޭޝަނަލް ޑޭ" ފާހަގަކުރުމުގެ ކަނޑުގެ ޕެރޭޑުގެ ތެރެއިން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ހަލުވި ދުވެލީގެ އުޅަނދެއް ޕާޝިއަން ގަލްފްގެ ތެރެއިން މުދާ އުފުލާ ބޮޑު ބޯޓެއްގެ ކައިރިން ދަތުރުކުރަނީ.

29 އޭޕްރީލް 2024 ވީ ހޯމަ ދުވަހު ބޭއްވި "ޕާޝިއަން ގަލްފް ނޭޝަނަލް ޑޭ" ފާހަގަކުރުމުގެ ކަނޑުގެ ޕެރޭޑުގެ ތެރެއިން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ހަލުވި ދުވެލީގެ އުޅަނދެއް ޕާޝިއަން ގަލްފްގެ ތެރެއިން މުދާ އުފުލާ ބޮޑު ބޯޓެއްގެ ކައިރިން ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އެއްވެސް އުޅަނދެއް ދަތުރުކުރުން އީރާނުން މަނާކޮށްފިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ތަކުރާރުކޮށް ފޮނުވަމުންދާ މެސެޖުތަކުގައި ބުނެފައިވަނީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އެއްވެސް އުޅަނދަކަށް މިހާރު ނެތް ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާއާއި އިޒްރޭލުގެ އަމާޒުތަކަށް އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ބަދަލުހިފުމުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރަކުން ބުނި ގޮތުގައި، އީރާނުން ދެމުންދާ ހަމަލާތަކުގައި އެމެރިކާގެ 14 އަސްކަރީ މަރުކަޒަކަށް މިހާތަނަށް ވަނީ ހަމަލާދީފައެވެ.

މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ އެ ޖަމާއަތުގެ ކަނޑުގެ ސިފައިން ފޮނުވާލި މިސައިލްތަކުން އެމެރިކާގެ 'އެމް.އެސް.ޓީ' ކޮމްބެޓް ސަޕޯޓް މަނަވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން އިއުލާންކޮށްފައެވެ.

އައި.އާރް.ޖީ.ސީ އިން ބުނި ގޮތުގައި މިހާރު ކުރިއަށްދާ ހަމަލާތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހެނިހެން ވަސީލަތްތައް ވެސް ވަނީ އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ އަމާޒުފަތްގަނޑުގެ ތެރޭގައެވެ.

މަސްދަރު: ތަސްނިމް ނިއުސް އެޖެންސީ

އީރާން-އެމެރިކާއީރާން-އިޒްރޭލްހޮރްމޫޒް ކަނޑުއޮޅިއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްހޫނު ހަބަރު

އިތުރަށް ކިޔާލަން

01 މާރިޗު 2026

އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި
01 މާރިޗު 2026

ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟
01 މާރިޗު 2026

ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި
01 މާރިޗު 2026

ސަރަހައްދުގައި ހުރި އެމެެރިކާ އާއި އިޒްރޭލްގެ ހުރިހާ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އަނެއްކާ ވެސް އީރާނުން ދީފި

01 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެެރިކާ އާއި އިޒްރޭލްގެ ހުރިހާ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އަނެއްކާ ވެސް އީރާނުން ދީފި
01 މާރިޗު 2026

ޚާމަނާއި އަވަހާރަވި ވާހަކަ ދޮގު ކޮށްފި، އެކަމަކު ދަރިކަނބަލުންނާއި ކާފަ ދަރިކަލުން އަވަހާރަ ވެއްޖެ

01 މާރިޗު 2026
ޚާމަނާއި އަވަހާރަވި ވާހަކަ ދޮގު ކޮށްފި، އެކަމަކު ދަރިކަނބަލުންނާއި ކާފަ ދަރިކަލުން އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު