Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނައީގެ ގެކޮޅަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނާއި އާއިލާގެ ބައެއް މެންބަރުން އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ މި ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައި. އެ އިދާރާއިން ނެރުނު ބަޔާނެއްގައި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޚާމަނައީ ދެއްކެވި މަގުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައި. އެހެންކަމުން، މި ޖަރީމާ ހިންގި ފަރާތްތަކަށް އިބުރަތްތެރި އަދަބެއް ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވޭ.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 03:01
އިސްލާމީ އިންގިލާބުގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ވަޒީރުންގެ މަޖިލީހުން އެގައުމުގައި 40 ދުވަހުގެ ގައުމީ ހިތާމައިގެ މުއްދަތެއް އިއުލާނުކޮށްފި.

އިސްލާމީ އިންގިލާބުގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ވަޒީރުންގެ މަޖިލީހުން އެގައުމުގައި 40 ދުވަހުގެ ގައުމީ ހިތާމައިގެ މުއްދަތެއް އިއުލާނުކޮށްފި. | ތަސްނީމް ނިއުސް އޭޖެންސީ

އީރާނަށް އަމާޒުކޮށް އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާތަކެއްގައި، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އެމަނިކުފާނުގެ ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތެހެރާންގައި ހުންނަ އާޔަތުﷲ ޚާމަނައީގެ ގެކޮޅަށް އަމާޒުކޮށް ދިން މި ހަމަލާގައި، އެމަނިކުފާނުގެ އާއިލާގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ އަވަހާރަވެފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި، ޅީދަރިކަލުންގެ އިތުރުން ކާފަދަރިކަލަކު ހިމެނެއެވެ.

އާޔަތުﷲ ޚާމަނައީ އަވަހާރަވިކަން އިއުލާންކުރުމާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް ގެއްލިގެން ދިޔައީ ވަރަށް މަތިވެރި ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ސާފު ސީދާ ރޫހެއްގެ ވެރި، އީމާންތެރިކަން ވަރުގަދަ، ކަންކަމުގައި ދުރުވިސްނޭ، ބޮޑާވެގަނެގެން އުޅޭ ބާރުތަކާ ދެކޮޅަށް ކެރިގެން ކުރިމަތިލެއްވި އަދި މާތްﷲގެ މަގުގައި ޖިހާދުކުރެއްވުމުގައި މި ޒަމާނުގައި ދެވަނައެއް ނެތް ފަދަ ޝަޚްސިއްޔަތެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ދުނިޔޭގައި ތިބި އެންމެ ނުލަފާ ޓެރަރިސްޓުންނާއި ގާތިލުންގެ އަތުން އެމަނިކުފާނު އަވަހާރަވުމަކީ، އެ މަތިވެރި ލީޑަރުގެ ހައްގުގޮތާއި، އެމަނިކުފާނު ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތައް ގަބޫލުކުރެވިފައިވާ ކަމުގެ ހެކިލިބިގެންދާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި އިސްލާމްދީނާއި އީރާނުގެ ހައްގުގައި ޝަހީދުވުމަކީ ނަސްރާއި ކާމިޔާބީއާ ގާތްވަމުންދާ ކަމުގެ ނިޝާނެކެވެ. އަދި އިމާމް ޚާމަނައީ އަވަހާރަވި ނަމަވެސް، އެމަނިކުފާނު ދެއްކެވި މަގާއި ދޫކުރެއްވި ތަރިކަ ހުއްޓުމެއް ނެތި، އިތުރު ވަރުގަދަކަމާއި ޝަރަފާއެކު ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެމަނިކުފާނު އަވަހާރަވި ނަމަވެސް، އޭނާ ދެއްކެވި އަލިގަދަ މަގުގައި ކުރިއަށް ދިއުމަށް އީރާނުގެ ރައްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ ނުލަފާ ސަރުކާރާއި ޒަޔަނިސްޓް ދައުލަތުން ހިންގި މި ޖަރީމާއަކީ ދީނީ، އަޚްލާގީ، ގާނޫނީ އަދި ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް އައި.އާރު.ޖީ.ސީ އިން ސިފަކުރެއެވެ. އެހެންކަމުން، އެމަނިކުފާނު އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދިނުމަށް އީރާނުގެ ރައްޔިތުންގެ ބަދަލުހިފުމުގެ އަތުން އެމީހުންނަށް ސަލާމަތް ނުވެވޭނެ ކަމަށް ބަޔާނުގައިވެއެވެ.

އައި.އާރު.ޖީ.ސީ އިން ވަނީ އަވަހާރަވި ލީޑަރުގެ މަގުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ވައުދުވެފައެވެ. އެގޮތުން އެމަނިކުފާނުގެ އަގުހުރި ތަރިކަ ދިފާއުކުރުމުގައާއި، އެތެރެއާއި ބޭރުގެ ރޭވުންތަކާ ދެކޮޅަށް ސާބިތުވެ ތިބުމުގެ އިތުރުން، އިސްލާމީ ވަތަނަށް އަރައިގަންނަ ފަރާތްތަކަށް އިބުރަތްތެރި އަދަބެއް ދިނުމުގައި ދެގޮތެއް ނުވެ ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު އިޒްރޭލާއި އެމެރިކާ އިން ދިން ވަރުގަދަ ހަމަލާތަކެއްގައި ޚާމަނައީ އަވަހާރަވިކަން އިއުލާންކޮށްފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އީރާންއެމެރިކާ-އީރާންއާޔަތުﷲ އަލީ ޚާމަނާއީއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

01 މާރިޗު 2026
އީރާނުން ދިން ހަމަލާ އެއްގައި އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގައި މަދުވެގެން އެކަކު މަރުވެއްޖެ

އީރާނުން ދިން ހަމަލާ އެއްގައި އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގައި މަދުވެގެން އެކަކު މަރުވެއްޖެ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި

ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި

01 މާރިޗު 2026
ދުނިޔޭގެ ތެޔޮ ސަޕްލައި ކުރުމުގެ އެންމެ މުހިންމު މަގު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން  އީރާނުން ރަސްމީކޮށް އިއުލާނު ކޮށްފި

ދުނިޔޭގެ ތެޔޮ ސަޕްލައި ކުރުމުގެ އެންމެ މުހިންމު މަގު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން ރަސްމީކޮށް އިއުލާނު ކޮށްފި

01 މާރިޗު 2026
އެމެރިކާގެ މަނަވަރުތަކަށް ޚިދުމަތްދޭ ދުބާއީގެ ޖަބަލް އަލީ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ

އެމެރިކާގެ މަނަވަރުތަކަށް ޚިދުމަތްދޭ ދުބާއީގެ ޖަބަލް އަލީ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ

01 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު