Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" ސަޕޯޓް އުޅަނދަކަށް އީރާނުން މިސައިލް ހަމަލާދީފި

އިޒްރޭލާއި އެމެރިކާއިން އީރާނުގެ އެކި ސިޓީތަކަށް ދިން އުދުވާނީ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން އެމެރިކާގެ އަސްކަރީ އުޅަނދަކަށާއި އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ. އީރާނަށް ދިން އާންމުންގެ ގިނަ ބަޔަކު މަރުވި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާގެ އިތުރު އުޅަނދުފަހަރަށް ވެސް ހަމަލާދީފާނެ ކަމުގެ އިންޒާރު ދީފައި.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 10:06
މި ފޮޓޯއިން ފެންނަނީ އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރާ، "އެމް.އެސް.ޓީ-2" ގެ ނަމުން މަޝްހޫރުވެފައިވާ މޯބައިލް ޝިޕް ޓާގެޓް "އެމް.އެސް.ޓީ 2301" ބޯޓު.

މި ފޮޓޯއިން ފެންނަނީ އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރާ، "އެމް.އެސް.ޓީ-2" ގެ ނަމުން މަޝްހޫރުވެފައިވާ މޯބައިލް ޝިޕް ޓާގެޓް "އެމް.އެސް.ޓީ 2301" ބޯޓު. | ޕްރެސްޓީވީ

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން އުދުވާނީ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހިންގާ އޮޕަރޭޝަންތަކުގެ ދަށުން، އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" (އެމް.އެސް.ޓީ) ސަޕޯޓް އުޅަނދަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހޮނިހިރު ދުވަހު ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލައިފިއެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންގް (އައި.އާރު.އައި.ބީ) މެދުވެރިކޮށް އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިންގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އެމް.އެސް.ޓީ ޕްލެޓްފޯމަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ ދިން ހަމަލާއާ އެކަށީގެންވާ ފަދަ ވަރުގަދަ ރައްދެއް ދިނުމުގެ ގޮތުން ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނާއެކު އެކި ސިޓީތަކަށް އަމާޒުކޮށް ދިން އާ އުދުވާނީ ހަމަލާތަކާ ގުޅިގެންނެވެ.

މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނާއި، އަންހެނުންނާއި ކުޑަކުދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަނީ ކޯޑިނޭޓް ކުރެވިފައިވާ ބަދަލުހިފުމުގެ އޮޕަރޭޝަންތަކެއް ފަށައި، އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގައި ހުރި އަސްކަރީ އަދި ޖާސޫސީ މަރުކަޒުތަކުގެ އިތުރުން، ޕާޝިއަން ގަލްފް ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން މި އުދުވާނީ ހަމަލާތައް ދީފައިވަނީ، އޮމާން ސަރުކާރު މެދުވެރިވެގެން ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ނިއުކްލިއާ މައްސަލައިގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށްދަނިކޮށެވެ.

އެމެރިކާގެ ސަޕޯޓް އުޅަނދަށް ދިން ހަމަލާއަށްފަހު، އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން ވަނީ، ކުރިއަށްދާ ބަދަލުހިފުމުގެ އޮޕަރޭޝަންތަކުގެ ދަށުން އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހެން އުޅަނދުފަހަރުވެސް އީރާނުގެ މިސައިލާއި ޑްރޯންތަކުގެ ރޭންޖުގެ ތެރޭގައިވާ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން މީގެ ކުރިން ބުނެފައިވަނީ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" (އެމް.އެސް.ޓީ) އަކީ ކަނޑުގެ މަގުން ދޭ ހަމަލާތަކުގައި މުޅި މަންޒަރު ބަދަލުކޮށްލާނެ ފަދަ ވަރުގަދަ ހަތިޔާރެއް ކަމަށެވެ. އަދި އަސްކަރީ މާހިރުން ސިފަކުރާ ގޮތުގައި މިއީ ކަނޑުމަތީގައި ދުޝްމަނުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވުމަށް ފަރުމާކޮށްފައިވާ ހަތިޔާރެކެވެ.

މަލްޓި-މޯޑް ސީކަރ އެއް ހަރުކޮށްފައިވާ މި ސިސްޓަމަކީ ދަތުރުކުރަމުންދާ ހަނގުރާމަމަތީ އުޅަނދުފަހަރު ދެނެގަނެ، ދަތުރުމަތީގައި އަމާޒުތަކުގެ މައުލޫމާތު އާކުރަމުންދާ، އަދި ކަނޑުމަތީގައި ހަރަކާތްތެރިވާ އަމާޒުތަކަށް އިންތިހާއަށް ސައްހަކަމާއެކު ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެއް ކަމަށް ބުނެވެއެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާންއީރާން-އިޒްރޭލް-އެމެރިކާއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނު ބައިބައިކުރުމުގެ ފުރުސަތެއް ނުދޭނަން، އައު ވެރިއަކު ހޮވުމުގެ މަރުހަލާ އާދީއްތަ ދުވަހު ފަށާނެ: ލަރިޖާނީ

އީރާނު ބައިބައިކުރުމުގެ ފުރުސަތެއް ނުދޭނަން، އައު ވެރިއަކު ހޮވުމުގެ މަރުހަލާ އާދީއްތަ ދުވަހު ފަށާނެ: ލަރިޖާނީ

01 މާރިޗު 2026
އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

01 މާރިޗު 2026
ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

01 މާރިޗު 2026
ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު