Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ބިރުދެއްކުން

އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން މަޖިލިސް މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އެ ޕާޓީގެ ހަތަރު މެންބަރަކަށް ދައުވާކުރަން ފޮނުވުމުން، އެއީ ސިޔާސީ ބިރުދެއްކުމެއް ކަމަށް ބުނެ ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި. ފުލުހުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ގާނޫނާ ހިލާފަށް އެއްވެ، ދަތުރުފަތުރަށާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ. މި ފިޔަވަޅު އަޅާފައިވަނީ އެމްޑީޕީން އަންނަ މާރިޗު މަހު ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިއުލާންކޮށްފައި ވަނިކޮށް ކަމަށްވާތީ، މިއީ އިދިކޮޅު ހަރަކާތްތަކަށް ހުރަސްއެޅުމުގެ އަމަލެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 ފެބުރުއަރީ 2026 | ހޮނިހިރު 08:30
އެމްޑީޕީ ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީ ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް | އެމްޑީޕީ ސެކްރިޓޭރިއެޓް

ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް ބިރުދައްކައި ފުރައްސާރަކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން ކުރިއަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހިމެނޭހެން އެ ޕާޓީގެ ހަތަރު މެންބަރަކަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒް ވަނީ މި މައްސަލާގައި ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ފައްޔާޒް ވިދާޅުވީ، މި ބިރުވެރިކަމާއި ނާމާންކަން އޮތް ސަރުކާރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތު އޮންނާނީ މިފަދަ ގޮތަކަށް ކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރުދައްކައި، އިންޒާރުދީ އަދި ފުރައްސާރަކުރުމަކީ މި ސަރުކާރުގެ އާންމު އުސޫލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މި މައްސަލާގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި މެންބަރު މައުރޫފްގެ އިތުރުން ހިމެނެނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ފާތުމަތު ޒަހިއްޔާ (ޒާޔާ) އާއި، ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ އިތުރުން ހދ. ކުޅުދުއްފުށީ ޑިސްކް، އައިޝަތު ނަޖުދާ އަލީ އެވެ. ދައުވާކުރުމަށް ފޮނުވިކަން އަންގައި ފުލުހުން މި ފަރާތްތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އެ ރޭގެ މުޒާހަރާ ކުރިއަށް ގެންދިޔައީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކުރުމާއި، އާންމު ދަތުރުފަތުރަށް ހުރަސްއެޅުމާއި، ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ. މީގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ފަސް މަސް ކުރިން ކުރި މުޒާހަރާއެއްގެ މައްސަލާގައި އެމްޑީޕީގެ އިސް ބޭފުޅުންނަށް ދައުވާކުރަން މި ފޮނުވީ، އެ ޕާޓީ އިން އިތުރު މުޒާހަރާ އެއް އިއުލާންކޮށްފައި ވަނިކޮށެވެ. އަންނަ މާރިޗު މަހުގެ 21 ވަނަ ދުވަހު ބޮޑު މުޒާހަރާ އެއް ބާއްވާނެކަން އެމްޑީޕީ އިން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މުޒާހަރާ އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކީ މެންބަރު މައުރޫފެވެ. މައުރޫފަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީ އިން ކުރިއަށްގެންދާ ކެމްޕެއިންގެ ޓާސްކްފޯސް ތަރުޖަމާނު ވެސް މެ އެވެ.

ފައްޔާޒް އިސްމާއިލްއެމްޑީޕީމައުރޫފް ޒާކިރުލޫޓުވައިފި މުޒާހަރާޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

28 ފެބުރުއަރީ 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
27 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

27 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި
27 ފެބުރުއަރީ 2026

ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ

27 ފެބުރުއަރީ 2026
ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ
27 ފެބުރުއަރީ 2026

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު
27 ފެބުރުއަރީ 2026

ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ

27 ފެބުރުއަރީ 2026
ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު