Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

މެންބަރު މީކާއީލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވައި، ދައުލަތުގެ މާލިއްޔަތާއި ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް. އިންތިޚާބާ ދިމާކޮށް ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތު ބެހުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގައި ބާއްވާ އެންމެ "ހަޑި" އިންތިޚާބަށް ވާނެ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 08:56
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ރައްޔިތުންގެ ފަރުދީ މިނިވަން ކަމަށް އަރައިގަންނަމުންދާ ކަމަށެވެ. ސަރުކާރާ ދެކޮޅަށް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ގިނަ ފިއްތުންތައް ކުރިމަތިކުރުވާ ކަމަށާއި، އިންތިޚާބުގައި ވާދަކުރާތީވެ، ދަރިންނާއި، އާއިލާ ގުޅުންތައް އޮންނަ މީހުން ވަޒީފާއިން ވަކި ކުރަމުންދާ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.  އަދި ވިދާޅުވީ ބިރު ދެއްކުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި އެތައް ގުނައަކުން ފައިސާ ބަހާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އަރިކޮށްލާނެކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ މިހާރުވެސް ނުނަގަން ޖެހޭ އަދަދަށް މީހުން ވަޒީފާއަށް މީހުން ނަގަމުންދާ ކަމަށެވެ. 

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ އިންތިޚާބަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރަމުންދާއިރު، ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހަރު ކުރުމުގެ މަސައްކަތް ވެސް އެޗްޑީސީގެ މުވައްޒަފުން ލައްވާ ކުރުވަމުންދާ ކަމަށާއި، އެކަމުގެ ހެކި އެބަހުރި ކަމަށެވެ. އަދި މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަން ރައްޔިތުން ނުކުމެ ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހުޅުމާލޭގައި ޕީއެންސީ ކެންޑިޑޭޓުންނަށް ޕޯސްޓަރު ހަރުކޮށްދޭން ވެސް ތިބެނީ އެޗްޑީސީގެ ސްޓާފުން. ސީދާ ޔުނީފޯމްގައި އެނގޭތޯ. ވީޑިއޯ އެބަހުރި. ވީޑިއޯ ޑޮކިއުމަންޓް އެވިޑެންސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި އެނގޭތޯ ސީދާ އެޗްޑީސީގެ ޔުނީފޯމްގައި ތިބެގެން އެބޭފުޅުންގެ ކެންވަސް ހަރުކޮށްދޭ މަންޒަރު އަޅުގަނޑުމެން ރިކޯޑު ކޮށްފައި އެބަހުރި. އެހެންވީމަ މިއީ ނުފޫޒު ނުފޯރުވާނެ ކަމަށް ދައްކަން ވެސް ބޭނުންވާ ސަރުކާރެއް ނޫން. ދައްކަން ވެސް ބޭނުންވާ ސަރުކާރެއް ނޫން. އެމީހުން ނުފޫޒު ފޯރުވާކަން ދައްކަން ވެސް ބޭނުން. ނުފޫޒު ފޯރުވަން ވެސް ފޯރުވާނެ އަދި ދުވަސްކޮޅަކުން އޮޅޭ ހިސާބަށް ދާނެ އެޗްޑީސީގެ އެމްޑީއަކީ ކާކުތޯ ވެސް. މާލޭގެ މޭޔަރު ކަމަށް އެ ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓަކީ ވެސް އެޗްޑީސީގެ އެމްޑީގެ ގޮތުގައި ދުވަސްކޮޅަކުން ޕޯޓްރައި ކުރައްވަން ފައްޓަވާފާނެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް 

ކައުންސިލް އިންތިޚާބުގައި މާލޭގެ ކެންޕޭން މެނޭޖަރަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އެކަމުން ވެސް ނުފޫޒު އޮތް މިންވަރު ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބުގެ ކެންޑިޑޭޓުންނާއެކު މުލިއާގޭގައި އިންނަވައިގެން ރިޝްވަތުގެ ފައިސާ ބަހާނެކަަން އިއުލާން ކުރީ ވަރަށް ފާޅުގައި ކަމަށެވެ.

 އެހެންކަމުން މިއިންތިޚާބު ކަންކަން ދާނެ ގޮތް ހިތަށް ގެންނަން ވެސް ނޭނގޭ ކަމަށާއި، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ  މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ހަޑި އިންތިޚާބަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އެޗްޑީސީރައީސް ޑރ.މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

22 ފެބުރުއަރީ 2026
އިންތިޚާބަށް ރީ- ރަޖިސްޓްރީ ވާން ބާކީ 1 ދުވަސް، އަވަހަށް ރަޖިސްޓްރީ ވާން އެދެފި

އިންތިޚާބަށް ރީ- ރަޖިސްޓްރީ ވާން ބާކީ 1 ދުވަސް، އަވަހަށް ރަޖިސްޓްރީ ވާން އެދެފި

21 ފެބުރުއަރީ 2026
ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

21 ފެބުރުއަރީ 2026
ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

21 ފެބުރުއަރީ 2026
ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު