Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ގްރޭންޑްގެ ލިފްޓު ހަލާކުވުން

މާލޭ ގްރޭންޑްގެ އެއް ލިފްޓް ހަލާކުވެފައި ހުންނަތާ މަހެއް ވަނީ: ހައްލު ނުލިބި ވަނީ ސްޕެއާ ޕާޓްސް ނުލިބިގެން ކަމަށް އެޗްޑީސީ އިން ބުނޭ

17 ފެބުރުއަރީ 2026 | އަންގާރަ 02:17

މާލޭ ގްރޭންޑްގެ ލިފްޓެއް ހަލާކުވެފައި ހުންނާތީ އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އަންގާރަ ދުވަހުގެ ނިޔަލަށް ލިފްޓް މަރާމާތުކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީ އިން ބުނޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 17 ފެބުރުއަރީ 2026 | އަންގާރަ 02:17
މާލޭ ގްރޭންޑްގެ ހަލާކުވެފައިވާ ލިފްޓް

މާލޭ ގްރޭންޑްގެ ހަލާކުވެފައިވާ ލިފްޓް | ރާއްޖެ އެމްވީ

މާލޭ ގްރޭންޑްގެ އެއް ފްޓް ހަލާކުވެފައި ހުންނަތާ މަހެއް ވާން ކައިރި ވެފައިވާ ކަން ހާމަވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން އެތަނުގައި ދިރިއުޅޭ ބައެއް އާއްމުން ބުނީ އެ ލިފްޓު ހަލާކުވީ ޖެނުއަރީ 24 ވަނަ ދުވަހު ކަމަށެވެ. އަދި ބައެއް އާއްމުން ވަނީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ވެސް އެ ލިފްޓުގެ މައްސަލަ ދިމާވި ކަމަށް ފާހަގަކޮށްފަ އެވެ. ލިފްޓް ހަލާކުވުމާއި ގުޅިގެން އެ ތަން ބަލަހައްޓާ ކުންފުނި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ ލިފްޓުގައި އިއުލާނެއް ހަރުކޮށްފަ އެވެ. ޖެނުއަރީ މަހު ފަހުކޮޅު ހަރުކޮށްފައިވާ އެ އިއުލާން ހަރު ކުރި ތާރީހު އެނގެން ނެތް އިރު ބައެއް އާއްމުން ވަނީ އެއީ އެޗްޑީސީ އިން އެ ލިފްޓް ހަލާކުވެފައި ހުރި މުއްދަތު އެނގިޔަ ނުދިނުމަށްޓަކާ ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

Advertisement - newsAdvertisement

މި ނޫހާއި ވާހަކަދެއްކި އާއްމު މީހަކު ބުނީ މީގެ ކުރިން ވެސް އެ ލިފްޓް ހަލާކުވެފައި ހުރެގެން އެކަމާއި މެދު އެޗްޑީސީ އާއި ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް އެ މައްސަލަ ހައްލުވާނީ ކޮން އިރަކުން ކަން ސާފުކޮށް އެޗްޑީސީ އަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ސްޕެއާ ޕާޓްސް ނުލިބިގެން މައްސަލަ ހައްލު ނުކުރެވިވާ ކަމަށް އެޗްޑީސީ އިން ވަނީ މާލޭ ގްރޭންޑްގައި ދިރިއުޅޭ މީހުންނަށް އަންގާފަ އެވެ.

"މި މައްސަލަ ދިމާވެގެން ތަކުރާރުކޮށް ޝަކުވާ ކުރިން. އެންމެ ލިފްޓަކުން އެތައް ބަޔަކު ފައިބާ އަރާ އުޅެން ޖެހުމަކީ ބޮޑު ތަކުލީފެއް. ޚާއްސަކޮށް ސްކޫލް ގަޑިތަކާއި ދިމާކޮށް އުޅެން ޖެހެނީ ވަރަށް ދަތި ހާލަތުގައި." އާއްމު މީހަކު ވަނީ ބުނެފަ އެވެ.

އެޗްޑީސީ އިން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ މިހާރު އެ ލިފްޓް ރަނގަޅުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބިފައިވާ ކަމަށެވެ. އަދި އަންގާރަ ދުވަހު އެ ލިފްޓް ރަނގަޅު ކުރާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މިހާ ދުވަހު އެތަން ރަނގަޅު ނުކުރެވިފައި ވަނީ އެ މައްސަލަ ހައްލުކުރަން ބޭނުންވާ ބައެއް ތަކެތި ރާއްޖެ އިން ބޭރުން ނުގެނެވިގެންކަމަސް ވެސް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

މާލޭ ގްރޭންޑްހައުސިންގް މިނިސްޓްރީއެޗްޑީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރަން ގެންދިޔައީ ކަރަންޓު ނެތް، ކުރީގެ ހައުސިންގ މިނިސްޓްރީއަށް

07 ފެބުރުއަރީ 2026
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރަން ގެންދިޔައީ ކަރަންޓު ނެތް، ކުރީގެ ހައުސިންގ މިނިސްޓްރީއަށް
04 ފެބުރުއަރީ 2026

ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، އަލުން ޚިދުމަތް ދީފި

04 ފެބުރުއަރީ 2026
ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، އަލުން ޚިދުމަތް ދީފި
31 ޖެނުއަރީ 2026

ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

31 ޖެނުއަރީ 2026
ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ
31 ޖެނުއަރީ 2026

ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުރު ނަގަން ފަށައިފި

31 ޖެނުއަރީ 2026
ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުރު ނަގަން ފަށައިފި
31 ޖެނުއަރީ 2026

އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

31 ޖެނުއަރީ 2026
އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ
29 ޖެނުއަރީ 2026

ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން

29 ޖެނުއަރީ 2026
ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން
29 ޖެނުއަރީ 2026

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

29 ޖެނުއަރީ 2026
މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި
29 ޖެނުއަރީ 2026

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

29 ޖެނުއަރީ 2026
"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ
26 ޖެނުއަރީ 2026

ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ

26 ޖެނުއަރީ 2026
ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ
25 ޖެނުއަރީ 2026

278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި

25 ޖެނުއަރީ 2026
278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް