Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚާމަނާއީ އަވަހާރަކޮށްލުމުން އީރާނުން ބަދަލުހިފުން ވާޖިބު ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނައީ އަވަހާރަކޮށްލުމާ ގުޅިގެން، އެކަމުގެ ބަދަލުހިފުމަކީ ގައުމީ ފެންވަރުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ. ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި ޕެޒެޝްކިއަން ވިދާޅުވީ، މި ޖަރީމާ ހިންގި ފަރާތްތަކުގެ ކިބައިން ބަދަލުހިފުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 11:13
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެކަމުގެ ބަދަލުހިފުމަކީ އިސްލާމީ ޖުމްހޫރިއްޔާގެ ހައްގެއް ކަމަށާއި އެއީ އަދާކުރަންޖެހޭ ވާޖިބެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި ޕެޒެޝްކިއަން ވިދާޅުވީ، މި ބޮޑު ޖަރީމާ ރޭވި ފަރާތްތަކާއި އެކަން ތަންފީޒުކުރި މީހުންގެ ކިބައިން ބަދަލުހިފުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށާއި، އެއީ ގައުމީ ފެންވަރުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށް އީރާނުން ދެކޭ ކަމަށެވެ.

ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި އީރާނުގެ އަމާޒުތަކަށް ދިން އެންމެ ވަރުގަދަ ހަމަލާތަކުގައި، އެމެރިކާއާއި އިޒްރޭލުން ހޮނިހިރު ދުވަހު އަލީ ޚާމަނައީ އަވަހާރަކޮށްލާފައިވާކަން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އާދިއްތަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-އިސްރާއީލް-އީރާންޢަލީ ޚަމަނާއީމަސްޢޫދު ޕެޒެޝްކިއަންއިސްލާމީ ޖުމްހޫރިއްޔާ

އިތުރަށް ކިޔާލަން

01 މާރިޗު 2026

އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި

01 މާރިޗު 2026
އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި
01 މާރިޗު 2026

އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި
28 ފެބުރުއަރީ 2026

މިއީ އެމެރިކާ އިން ވަންނަން ނުވެސް ޖެހޭ ހަނގުރާމަ އެއް: އޮމާން

28 ފެބުރުއަރީ 2026
މިއީ އެމެރިކާ އިން ވަންނަން ނުވެސް ޖެހޭ ހަނގުރާމަ އެއް: އޮމާން
28 ފެބުރުއަރީ 2026

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ޓާގެޓަކީ އީރާނުގެ ލީޑަރު

28 ފެބުރުއަރީ 2026
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ޓާގެޓަކީ އީރާނުގެ ލީޑަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު