Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ޓާގެޓަކީ އީރާނުގެ ލީޑަރު

އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހީ ލީޑަރު އަދި ރައީސް މަސްއޫދު ޕެޒެޝްކިއަންއަށް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ހަމަލާގެ ވަގުތުގައި ޚާމަނާއީ ހުންނެވީ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައި ކަމަށް ރިޕޯޓުތައް ބުނޭ. މި ހަމަލާތަކުގައި އައި.އާރް.ޖީ.ސީގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް، އެކަން އަދި ކަށަވަރުވެފަ އެއް ނުވޭ.

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 11:48
2026 ފެބްރުއަރީ 17 ވީ އަންގާރަ ދުވަހު ތެހެރާންގައި ދެއްވި ތަޤުރީރެއްގެ ތެރެއިން، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނައީ ފެންނަ ފޮޓޯ އެއް.

2026 ފެބްރުއަރީ 17 ވީ އަންގާރަ ދުވަހު ތެހެރާންގައި ދެއްވި ތަޤުރީރެއްގެ ތެރެއިން، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނައީ ފެންނަ ފޮޓޯ އެއް. | އޭއެފްޕީ

އިޒްރޭލާއި އެމެރިކާ ގުޅިގެން ހޮނިހިރު ދުވަހު އީރާނަށް ދިން ހަމަލާތަކުގައި، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީއަށް އަމާޒުކޮށްފައިވާ ކަމަށް އިޒްރޭލުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

އިޒްރޭލުގެ މަސްދަރަކާ ހަވާލާދީ "ކާން" ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކުރި މައިގަނޑު ފަރާތްތަކުގެ ތެރޭގައި އީރާނުގެ ލީޑަރު އަލީ ޚާމަނާއީގެ އިތުރުން ރައީސް މަސްއޫދު ޕެޒެޝްކިއަން ހިމެނިވަޑައިގަންނަވައެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން މީގެ ކުރިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަމަލާތައް ދިން ވަގުތު ޚާމަނާއީ ތެހެރާންގައި ވަޑައިގެން ނެތް ކަމަށާއި، އޭނާ މިހާރު ހުންނެވީ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައި ކަމަށެވެ.

އީރާނުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން ބުނި ގޮތުގައި، މި ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިސް ކޮމާންޑަރުންތަކަކާއި ސިޔާސީ ބައެއް އިސް ވެރިން ވަނީ އަވަހާރަކޮށްލާފައެވެ. ނަމަވެސް، މި ރިޕޯޓުތަކުގެ ސައްހަކަން މިނިވަން މުއައްސަސާއަކުން ރޮއިޓާސްއަށް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށްފަހު، ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ހާލުކޮޅު ރަނގަޅު ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހޮނިހިރު ދުވަހުގެ ކުރީކޮޅު ވަނީ ރިޕޯޓުކޮށްފައެވެ.

އީރާނުގެ އިރްނާ ނިއުސް އެޖެންސީގެ އިތުރުން މެހެރް އަދި އިސްނާ  އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މަސްއޫދު ޕެޒެޝްކިއަން ހުންނެވީ ސަލާމަތުންނެވެ. އަދި އޭނާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށްވެސް އެ އެޖެންސީތަކުން ބުނެފައިވެއެވެ.

އާޔަތުﷲ އަލީ ޚާމަނާއީމަސްޢޫދު ޕެޒެޝްކިއަންއެމެރިކާއައިއާރުޖީސީއެމެރިކާ-އީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އީރާނުގެ ރައީސް ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފި

28 ފެބުރުއަރީ 2026
އީރާނުގެ ރައީސް ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފި
28 ފެބުރުއަރީ 2026

އިޒްރޭލާއި އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ގަލްފް ގައި އެމެރިކާގެ ބޭސްތައް ހުންނަ ގައުމުތަކަށް އީރާނުން ހަމަލާ ދިނުމުން ސައުދީން ކުށްވެރި ކޮށްފި

28 ފެބުރުއަރީ 2026
އިޒްރޭލާއި އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ގަލްފް ގައި އެމެރިކާގެ ބޭސްތައް ހުންނަ ގައުމުތަކަށް އީރާނުން ހަމަލާ ދިނުމުން ސައުދީން ކުށްވެރި ކޮށްފި
28 ފެބުރުއަރީ 2026

އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!

28 ފެބުރުއަރީ 2026
އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު
28 ފެބުރުއަރީ 2026

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު